ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާ މުވައްޒަފުުންނަކީ ރާއްޖޭގެ އިގުތިސޯދުގެ ފަހުރުވެރި ދިފާއީ ބަތޮލުން ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޑރ. މައުސޫމް މިގޮތަށް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ނ. ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސައާ ގުޅޭ ގެވެށި އަނިޔާގެ މައްސަަލައާ ގުޅިގެން ބައެއް މީހުން ދައްކާފައިވާ ވާހަަކަތަަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.
މެންބަރު އީސަ އަކީ ކުރިން ރިސޯޓްގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އެ މައްސަލަ ފެންމަތިވުމާއެކު ޓްވީޓްގައި ކުރި މީހަކު ވަނީ އެއީ ރިސޯޓްތަކުގެ ރޫމް ބޯއީއެއް މަޖިލީހުގެ މެންބަރަކަށް ވުމުން ފެންވަރު އޮޅުނީ ކަމަށެވެ.
އެ މީހާ ކުރި އެ ޓްވީޓާއެކު އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ.
ޓޫރިޒަމް ދާއިރާގަ މަސައްކަތްކުރި/މަސައްކަތް ކުރާ މަދު ފަރުދެއްގެ ނޭއްގާނި އަމަލާއި ލާޖައްސާ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ނިސްބަތްކޮށް ކުޑައިމީސް ބުނުމަކީ ވަރަށް ދެރަވަރުކަމެއް. އެކަން ބަލައެއްނުގަނެވޭ!
ފަތުރުމުވައްޒަފުުންނަކީ ރާއްޖޭގެ އިގުތިސޯދުގެ ފަޚުރުވެރި ދިފާއީ ބަތޮލުން.— Abdulla Mausoom (@Mausoom_Maus) May 21, 2021
އެ ޓްވީޓާއި ގުޅިގެން މިނިސްޓަރ މައުސޫމް ވިދާޅުވީ، ޓޫރިޒަމް ދާއިރާގަ މަސައްކަތްކުރި/މަސައްކަތް ކުރާ މަދު ފަރުދެއްގެ ނޭއްގާނި އަމަލާއި ލާޖައްސާ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ނިސްބަތްކޮށް ކުޑައިމީސް ބުނުމަކީ ވަރަށް ދެރަވަރުކަމެއް ކަމަށާއި، އެކަން ބަލައެއްނުގަނެވޭނެ ކަމަށެޗެ.
ސާބަސް ޑރ އަބްދުﷲ މައުސޫމް ޠިޔަ ތައުރީފަ
ތިޔައީ މެން އަހްޜޭން ފަހުރްވެރިވަން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންދާތި
މޮޅެތި ވާހަކަ ދައްކާނެކަމެއްނެތް. ޑރ.މަޢުސޫމް. އަދިވެސް ތިޔައުޅެނީ އިންޑިޔާ ފަތުރުވެރިން ނުގެނެވިގެންނޫނތަ. މަގާމު ދިފާޢުކުރަން ގެވެށިއަނިޔާއަށް އޯކޭތޯ ނޫންތިޔަބުނެވެނީ.
ފުރަތަމަ މަނިކުފާނުގެ ވުޒާރައިގަ ތިބި މުއައްޒިފުންގެ ހައްގައް ވަކާލަތުކޮށްފަ ދެން ސިނާއަތުގެ މުވައްޒަފުންގެ ވާާހަކަ ދައްކަވާ
އެހެންވެދޯ އެންް މެ ކުޑަ އިނާޔަތް ނުދެވިގެން މިއުޅެނީ ކިތައް ރިސޯޓްގަތޯ ހަ މަމުސާރަދެނީ ، ރިސޯޓް މުއައްޒަފުން ތިބެނީ ގޯނި ފުލަށްލާފާ
ބައެއްދިވެހިން ހިސާބައްވުރެ ގަ މާރުވު މަކީ މައްސަލައެނޫން. ފެންނަން އޮތް ހަގީގަތަކީ މިގައު މުގެ އިގްތިސޯދު މިވަރަށްވެސް ހިފެހެއްޓިފަ މިޢޮތީ ރިސޯޓް މުވައްޒިފުންގެ ގަދަހިއްވަރުން. ޜިސޯރޓް މުވައްޒިފުން ދެކެ ވަގުން ކިތައް މެ ރުޅިއަޔަސް ހިއްވަރަކަށް ބަދަލެއް ނާންނާނެ... ސުކްރިއްޔާ..
ތިކުރަށްވާ މަސައްކަތަށް ތައުރީފް ހައްގު. ޢަވަހަށް ކޮވިޑުން ސަލާމތްވޭތޯ ބަލަންވީ
މިގައުމުގެ އިގުތިސޯދުގެ ފަހުރުވެރި ހަތުރުންނަކީ މޑޕ ގައުމައް ވަންނަހާ ފައިދާއެއް ބަނޑައްލަނީ.
މިހާރުވެސް އެމްޑީޕީ ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާގަ އުޅޭ މުއަށްޒަފުންގެ ޑޮލަރުކޮޅު ކާލަން މަސައްކަތްކުރަނީ އިންޑިއާބޭންކުގަހުރި މުއަށްޒަފުންގެ ޑޮލަރާބެހެނީ އެކަމަކު ޓޫރިޒަމް މިނިސްޓަރު މިކިޔަނީ ރިސޯޓު ބޯއިންނަކީ ފަހުރުވެރި ބަތަލުންނޭ ކޮބާތަ އިންސާފު.