އައްޑޫ ސިޓީގައި ހުންނަ އޭޝިއަން އެކަޑެމީ އޮފް އޭރޮނޯޓިކްސް (އޭއޭއޭ) ގައި ޕައިލެޓްކަން ކިޔަވަމުންދާ ދަރިވަރުންނަށް ލިބުުނު ގެއްލުމުގެ ބަދަލު ދޭން ޖެހޭ ކަމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

އޭއޭއޭގައި ކިޔަވާ ދަރިވަރިވަރުންގެ ޝުއޫރުތައް ބަންޑުންކޮށްލުމުން ރޮޒައިނާ ވިދާޅުވީ އެ ސްކޫލުގައި ކިޔަވާ ދަރިވަރުންނަށް "ލައްކަ އަހުވަ" ދައްކައިފި ކަމަށެވެ. ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ލަސްނުކޮށް ކޯޓަށް ދިއުމަށް އޭނާ ވަނީ ދަރިވަރުންނަށް އިލްތިމާސް ކޮށްފައެވެ.

"އަޅުގަނޑު ސަޖެސްޓް ކުރަނީ ހުރިހާ ސްޓޫޑެންޓްސް (ދަރިވަރުން) މި މީީހުން ގޮވައިގެން ކޯޓަށް ދާން. ކޮމްޕެންޒޭޝަން (ގެއްލުމުގެ ބަދަލު) ހޯދަން. ތި ކުދިންނަށް ތި އޭއޭއޭ އިން ކޮމްޕެންޒޭޝަން (ގެއްލުމުގެ ބަދަލު) ދޭން ޖެހޭ. ލައްކަ އަހުވަ ދައްކައިފިއެއްނު" ރޮޒައިނާ ވިދާޅުވިއެވެ.

އޭއޭއޭގެ ދަރިވަރުން ބުނީ އެ ކުދިންގެ ބޮލުގައި އެޅިފައިވާ ދަރަނި 4 މިލިއަނަށް ވުރެވެސް ގިނަ ކަމަށެވެ. އެހެންނަމަވެސް އެ ފައިސާ ކިޔެވުމަށް ހޭދަކޮށްގެން ލިބުނު ފައިދާއެއް ނެތް ކަމުގައި އެ ކުދިން ބުނެއެވެ. އަދި އުމުރު ދުވަހު އެކުދިންގެ އާއިލާތައް އުޅެން ޖެހޭނީ އޭއޭއޭއަށް ފައިސާ ދައްކަން ނެގި ލޯނުތައް ދެއްކުމުގައި ކަމަށް އެ ކުދިން ބުނެއެވެ.

ފްލައިން ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލަ ބޮޑުވެގެން އެ ސްކޫލްގައި ކިޔަވާ 86 ދަރިވަރަކު ވަނީ ކަމާ ބެހޭ އިދާރާތަކަށް ޕެޓިޝަންއެއް ހުށަހަޅައިފައެވެ. އެކި ސަބަބުތައް ދައްކައިގެން އެ ޕެޓިޝަންގައި ސޮއިކުރި ބައެއް ދަރިވަރުން އެ ސްކޫލުން ވަކިކޮށްފައިވެއެވެ.

ފްލައިން ސްކޫލްގައި ހުރި މައްސަލަތަކާއި ގުޅިގެން ދަރިވަރުން ޝަކުވާ ކުރަމުން އަންނަތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް ބޮޑެތި އެއްވެސް މައްސަލައަކަށް ހައްލެއް ގެނެސްދެވިފައެއް ނުވެއެވެ.

އެހެންނަމަވެސް މިމަހުގެ 11 ވަނަ ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯންތަކަށް ލުއި ގޮތްތަކެއް ހަމަޖައްސަވާދޭނެ ކަމުގައި ވިދާޅުވެފައެވެ. އެ ސްކޫލާއި ގުޅޭގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޯޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ހެޑް އޮފް ޕައިލެޓް ޓްރެއިނިންގ އާއި އެކައުންޓެބަލް މެނޭޖަރގެ މައްސަލަ އިތުރަށް ބަލާ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ސްކޫލްގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޯޑިޓެއް ހަދައި، އިހުމާލުވެފައި ވާ ނަމަ، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްވެސް ރައީސް ވަނީ ނިންމާފައެވެ. ދަރިވަރުން ވަކާލާތު ކުރަމުން ދަނީ ކޯސް ފީ ދެއްކުމަށް ނެނގި ބޮޑެތި ލޯންތަކުން ވީ ގެއްލުމުގެ ބަދަލު ފްލައިންގް ސްކޫލުން ދޭން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. Anonymous

  އީސަ އައްވެސް ގެއްލުމުގެ ބަދަލުލިބެންޖެހޭޔޭ ބުނިނަމަ ؟

  8
  1
 2. ސާހިބާ ކަމަނާ

  ދިވެހި ރައްޔިތުންގެ ފައިސާއިން ދީގެން ނުވާނެ. ފްލައިން ސްކޫލް އެ ދަރަޖައަށް ދިޔައީ ތިޔަ ސިޔާސީ ވެރިން ފިނޑިކަމުން، ނުވަތަ އެބައިމީހުންނަށް ވިކިފަ ތިބީމަ. އެމީހުން އަތުން ބަދަލު ހޯދާފައި ގެއްލުން ލިބުނު ފަރާތްތަކަށް ހޯދާ ނުދެވޭނަމަ ވަގުތުން ވަގުތަށް ސަރުކާރު އިސްތިއުފާދީ.

  11
 3. އާޝޯހު

  އަދިވެސް ދަރިވަރުން ކޯޓަށް ދާންވީވެސް! ކޯޓުގައި އެތައް އަހަރެއް ވަންދެން މައްސަލަ ބަލާނެކަމުގެ އުންމީދުގައި މި ކުދީންގެ މުސްޠަޤުބަލު ޤުރުބާން ކުރަންވީ! ތިޔަ ސްކޫލު މި ސަރުކާރަށް ވުރެ ބާރުގަދަވާންވީ ކޮންސަބަބުތަކަކާއި ހުރެގެންތޯ؟ މި ރާއްޖޭގެ ހުރިހާ ކަމަކަށް އަތް ބާނަމުން ދުވާ ރައްޔިތުން މަޖިލީހަށް މިކަން ޙައްލު ނުކުރެވިގެން މި އުޅެނީ ކޮންކަމެއްވެގެންތޯ؟ މި ކުދީންގެ ހައްޤުތައް ގެއްލި އުމުރުގެ ބޮޑުބައެއް ބޭކާރުގޮތުގައި ހޭދަވަމުންދާ ދިޔުމަށް ޒިންމާ ނަގާނެ ފަރާތެއް މި ރާއްޖޭގައި އެބަ އުޅޭބާ؟

 4. Anonymous

  އަނގަފިޔަފާޅި ހެދިގެން ނޫޅޭ.
  ޙައްޤު ބަސް ބުނާކަށް ނުކެރޭނެ އިސްތިއުފާ.

 5. ސީޑީ

  އަނެއްކާ ދަރިވަރުން އިތުރަށް ދަރަނިވެރިވާންތަ، ބޮޑުލާރިގަނޑެއް ވަކީލުންނަށްދީފަ އެއްކަމެއްވެސްނުވާނެ މިސަރުކާރަށް. ސަރުކާރުން މިހާހިސާބަށް އައި ސިރުވެސް ހައްލެއްހޯދައި ދެވިފައި ނުވާކަމަކަށް އަނެއްކާ ހަރާންލާރި ބަނޑު އަޅައިގެން އުފަލާ އަރާމުގަ ދިރިއުޅޭ ސަރުކާރާއި މުއްސަނދިންގެ ޕަޕެޓުންގެ ގާތައްތޯދާންވީ. މަންޖެމެން ހަރާންލާރި ކައިގެން ކެނެރީ މަޖިލީހުގަ ގޮނޑި ހޫނުކުރަން ތިބެބަލަ. މިނޫނަސް ދުވަހެއް އޮތްކަންވެސް ނޭގޭ ބީތާއިން ތަކެއްތީ ދެއްތޯ؟

 6. އޭކު ސަވާލް

  މަޖުލީހުގެ މެންބަރުންނަން ބަދަލެއް ލިބޭނެ މައްސަލައެއް އުފަން ކުރެވޭނެ ގޮތެއް ނެތްތޯ؟

 7. Anonymous

  ބަދަލު ދޭން ޖެހޭ ރަނގަޅު މައްސަލަ ކީ ދެވިފާ ނެތް ކަން. ދޭން މަސައް ކަތްވެސް ނު ކުރާ ކަން.

 8. މާތް ކަލާކޯ

  އަބަދު ކޮންމެވެސް ތަނަކަށް ކޮންމެސް ބަދަލެއް ދޭން ޖެހިފަ މި އޮންނަނީ. މިކަމުން އަރައިގަނެވޭ ތަނެއް ނުފެނޭ. އަދި ކުރިއަށް އޮތީ ކޮންކޮން ބަދަލުތަކެއް ކަމެއްވެސް ނޭނގޭ