އެފްއޭއެމް ހައުސްގައި ސިފައިން ހަދަމުންދާ ފްލޫ ކްލިނިކްގެ 70 އިންސައްތަ މަސައްކަތް ނިންމާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްެޖެއެވެ.
އެމްއެންޑީއެފް ސަރވިސް ކޯރގެ ބެލުމުގެ ދަށުން ކުރަމުންދާ ފްލޫ ކްލިނިކް ހެދުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންދަން، އެމްއެންޑީއެފް ސަރވިސް ކޯރގެ ދަށުން މަސައްކަތްކުރާ ޔުނިޓެއް ކަމަށްވާ މިލިޓަރީ އިންޖިނިއަރސް (އެމްއީ) އާއި، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ) އަދި ސިގްނަލްސްގެ ސިފައިންނެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މި މަސައްކަތް ހަވާލް ކުރުމާއި އެކު، ސިފައިން މި މަސައްކަތް ފަށާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
އެދުވަހުން ފެށިގެން ހުއްޓާނުލައި ސިފައިން މަސައްކަތް ކުރަމުންދާއިރު، އެތަނުގެ ތެރޭގައި ކުރަންޖެހުނު ބައެއް މުހިންމު މަސައްކަތްތައް ދަނީ ހަލުވިކަމާއި އެކު ކުރެވެމުންނެވެ. މިގޮތުން، އެތަނުގައި ކުރަންޖެހުނު ސިމެންތި މަސައްކަތާއި، ކަރަންޓު ވަޔަރު ކުރުމާއި ކަރަންޓުގެ އެހެނިހެން މަސައްކަތްތަކާއި، އެތަނުގައި ސީސީޓީވީ ހަރުކުރުމުގެ މަސައްކަތުގެ އިތުރުން ކުލަލުމުގެ މަސައްކަތް ވެސް ސިފައިން ދަނީ ކުރަމުންނެވެ.
ފްލޫ ކްލިނިކެެއް ހެދުމަށް ސިފައިން ކުރަމުންދާ މަސައްކަތުގައި، ސަރުކާރުގެ އެހެން އެހެން އެޖެންސީތަކާއި، ކުންފުނި ތަކުން މަސައްކަތުގައި އެހީތެރިކަން ފޯރު ކޮށްދެމުން ދާކަން އެމްއެންޑީއެފް އިން ވަނީ ފާހަގަކޮށްފައެވެ.
އޭގެ ތެރޭގައި އެސްޓީއޯ، ވެމްކޯ، ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފިސް ހިމެނެއެވެ.
އެފްއޭއެމްގައި ފްލޫ ކްނިލިކެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައި ވަނީ މާލެ ސަރަހައްދުގައި ކޮވިޑް ފެތުރެމުންދާ ހަލުވިމިނަށް ބަލާފައެވެ.
ގައުމީ މަސައްކަތް މިކުރަނީ ސިފައިން އެކަނިތަ ކޮވިޑް ގެ ހާލަތުގައި އެހެން މުވަސަސާތަށް މަސަްއްކަތެ ނުކުރޭތަ' ޔުނީފޯމް އެލީމަ މަސައްކަތް މިމުނީތަ ނޫސްވެރިކަމަށް ސާބަސް
ކޮންފަތާތެއްގެ އެހީތެރިކަމެއްގަބާ އަޅޭފަހެ ދިވެހި މުއްސަދިން ތިބީ ނިދާފަދަ މި ގައުމު މިހާލަތަށްދާއިރު އެލެކުސް ފަހަތުން ނުދުވެ ރައްޔިތުންނަށް އެހީވެބަލަ ބުރުމާ ކޮބާ ހަމަ މިކަމަށް ބަހެއް ނުބުނެ އޯކޭ ތިބޭ ކޮންމެވެސްގޮތެއް ﷲމިންވަރުކުރައްވާނެ 10 12 މީހުން އެއްގޭގައި އުޅޭއިރު ވިސްނަވަލަ