ޏ. އަތޮޅު ފުވައްމުލައް ސިޓީން އިތުރު 45 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެ ސިޓީގެ ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސިޓީ ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް އޮފިސަރ ވިދާޅުވީ، ފާއިތުވި 24 ގަޑިއިރު ތެރޭގައި ފެނުނީ 45 ފައްސި ވޭދަނަ ކަމަށެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ 13 ފަރާތެއް ކަމަށް އާމިނަތު ވިދާޅުވިއެވެ.

މިއާއެކު އެރަށުން ކޮވިޑް ޖެހުނު މީހުންގެ އަދަދު 352 އަށް ވަނީ އަރާފައެވެ. އޭގެ ތެރެެއިން ބަލި ޖެހިފައި ތިބީ 245 ފަރާތެކެވެ.. އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 108 އަށް އަރާ ކަމަށް އާމިނަތު ވިދާޅުވިއެވެ.

އާމިނަަތު ވިދާޅުވީ، އެރަށުން މިހާތަނަށް 11،329 އަށް އަރާފައިވާއިރު، އަދި ގާތުން އެއްތާވި މީހުންގެ ތެރޭގައި 1008 މީހުން ހިމެނޭ ކަމަށެވެ.އަދި ގާތުން އެއްތާވި މީހުންގެ ތެރޭގައި ހިމެނޭ ހިރާސްބޮޑު 180 ފަރާތެއް ތިބި ކަމަށާާއި، ރޯގާގެ އަލާމާތްތައް ހުރި 389 ފަރާތެއް އެބަ ތިބި ކަމަށް އާމިނަތު ވިދާޅުވިއެވެ.

މިވަގުތު އެ ސިޓީގައި މޮނީޓަރިންގ ހާލަތުގައި 387 ގެ އެބަހުއްޓެވެ.

އެ ސިޓީން މިފަހަކުން ކޮވިޑްގެ ވޭދަނައެއް ފެނުނީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ ސިޓީން ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ކޮވިޑަށް ފައްސިވެއެވެ.