ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ރާއްޖޭގައި ގޯސްވަމުންދާތީ ފަރުވާދެވޭ ކެޕޭސިޓީގެ ތަފުސީލް ހޯދަން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އާއި ސުވާލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޚައިތަމް ތިން ސުވާލެއް ހުށަހަޅުއްވައިފިއެވެ.
ލިޔުމުން ޖަވާބު ހޯއްދަވާ ގޮތަށް ޚައިތަމް ތަފްސީލް ހޯއްދަވަން ހުށަހެޅުއްވި ތިން ކަމަކީ، ރާއްޖޭގައި ތިބި ސިއްޚީ ޚިދުމަތްތެރިންނާއި މާހިރުންގެ އަދަދާއި، ކޮވިޑް ބަލި ޖެހޭ މީހުނަށް ފަރުވާ ދިނުމަށް ބޭނުންވާ އެނދުތަކުގެ އަދަދާއި، އޮކްސިޖަނާއި ވެންޓިލޭޓަރާއި ބޭހުގެ އަދަދެވެ.
ވަސީލަތްތަކުގެ ތަފްސީލް ހޯދަން ޚައިތަމް އެދިވަޑައިގެންފައި މިވަނީ، މުޅި ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން ފެތުރި ހާލަތު ވަރަށް ބޮޑަށް ގޯސްވެ ގިނަ ބަޔަކު ނިޔާވެފައި ވެސް ވަނިކޮށެވެ. ރާއްޖޭގެ 70 ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް ބަންދުކޮށްފައި ވެސް ވެއެވެ.
ރާއްޖެ އިން ކޮވިޑަށް ދުވާލަކު ފައްސިވާ މީހުންގެ އަދަދު މިހާރު ހުރީ 1،000 އިން މަތީގައެވެ. މިމަހުގެ 12 ވަނަ ދުވަހު ކޮވިޑް ކޮންޓްރޯލް ކުރަން ސަރުކާރުން ބައެއް ފިޔަވަޅުތައް އެޅި ނަމަވެސް އަދިވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދެއް ނުވިއެވެ.
މިމަހު އެކަނި ވެސް ކޮވިޑް ޖެހިގެން ރާއްޖެ އިން ވަނީ 59 މީހުން ނިޔާވެފައެވެ. ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ 43 އިންސައްތަ މީހުން ނިޔާވެފައި ވަނީ މި މެއި މަހުއެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެ އިން 132 މީހަކު ވަނީ ނިޔާވެފައެވެ.
މިކަމާ ގުޅިގެން މާ ބޮޑު ފިޔަވަޅުތައް ނާޅާ ތިބޭތީއާއި ސިއްހީ ވަސީލަތްތައް އިތުރު ކުރުމުގައި ސަރުކާރުން މާ ބޮޑު އަހައްމިޔަތު ކަމެއް ނުދޭތީ ގިނަ ބަޔެއްގެ ކަންބޮޑުވުން ދަނީ އިތުރުވަމުންނެވެ. ހާލަތު ކޮންޓްރޯލް ކުރުމަށް ބޭނުންވާ ވަރަށް ސިއްހީ ޚިދުމަތްތެރިން ވެސް ނެތެވެ.
ދެބޯގެރިދުއްވުން ހުއްޓާލާ ރައްޔިތުންނައް ކަމެއްކޮއްދެވޭތޯ ބަލާބަލަ
ބަލަ ހައިތަމް! ރައީސުލްޖުމްހޫރިއްޔާއަކީ މީގެކުރިން ފައިސާގެބާރުގައި 25 އަހަރުދުވަހު ރައްރިތުންގެމަޖްލިސްގެ ގޮނޑިހޫނުކުރަން އިން މީހެއް! ސަރުކާރުގެ ވަޒީފާއެއް ދުވަހަކުވެސް އަދާކުރި މީހެއްނޫން! ނުކިޔަވައިހުރި ސޮހޮލެއް! ކަމެއްގެ ފާޑުވެރިކަމެއް ޤާބިލްކަމެއް ވައްޓަފާޅިއެއް ހުރި މީހެއްނޫން! މިފަދަ ސޮހޮލަކު މެނޭޖްކުރާ ޤަވްމެއްގައި ހުރިހާކަމެއް ދާނީ ފުލުން. ވެރިކަމާ ޙަވާލުކުި ހިސާބުން މިހާތަނަށް ވިސްނާލިޔަސް މިކަން އެއޮތީ އެގެން!
ހައިތަމް އެމްޑީޕީ މަޖިލީސް މެމްބަރަކަށް ވީ އިރު ހާދަ އެއްޗެއް ނޭގެޔޭ، މާލެ ވިލިގިލި ބްރިޖް ދަށުގައި ފްލޯޓިން ހޮސްޕިޓަލް އެ އޮތީ ، އައްޑޫ އާއި ފުވައްމުލަކު އާ ދޭތެރޭ ފްލޯޓިން ހޮސްޕިޓަލް އެ އޮތީ، ކިވިޑްގެ ސީރިޔަސް ހާލަތު އައި ކަމަށް ރައީސް މީހާ އަށް ޤަބޫލު އަދި ނުކުރެވޭތީ ވެންޓިލޭޓަރ ތަށް ހުރީ ގުދަން ކޮށްފަ ، އޮކުސިޖަން ، ފެޗިލިޓީސްތައް ހުރީ ތައްޔާރަށް ، މީ އަޅުގަނޑު ކިޔާ އެއްޗެއްނޫން ރައީސް މީހާ ޓީވީތަކަށް އަރާ ކީރިތި ކުރަށްވަމުން ރައްޔަތުންނަށް ދިން އުފާވެރި ޙަބަރު، ހައިތަމް އަޑު ނާއްސަވަން ދެއްތޯ؟ ހައިތަމް ސުވާލު ކުރަން ވީ އަދިވެސް ރައީސް މީހާ އެ ވިދާޅުވާ ހާލަތު މި ރާއްޖެ އަށް ދިމާ ނުވަނީތޯ؟ މިތަކެތީހެ ހިދުމަތް ތަށް ފަށާނީ ކޮން އިރަކުން ތޯ ؟ މިސުވާލު ދެއްތޯ؟
ކެރަފާ ނަސީމަށް ކުރެވޭނެ ކަމަކީ އިންޑިޔާއިން ދިވެހިގައުމު ހިފުމަށް ގޮވާލުމާއި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓު ކުރުމަށް ގޮވާލުން ނަސީމު ވަނީ މިދެކަމުގައި ވަރަށްތަފާތު ދައްކާފައި ވަރަށް ވެދުން....
ބޭހެއްދިއަސް ބޮޑުވަރެއް
ކެރަފާ ނަސީމު އައި ފަހުން މި ކޮވިޑު މުޅިރާއްޖެއަށް ފެތުރިގެން މިދަނީ ގަސްތުގައި ރައްޔިތުން ނެތިކޮށްލުމަށް ކުރާކަމަކަށްވާތީ ދެން އޮތް ކަމަކީ ރައްޔިތުން އެކައްޗެއް ކިޔާފައި ކޮވިޑުފެށިލިޓީތަކަށާއި މަގުމައްޗަށް ނިކުމެ މިފެއިލުވެފައި އޮތް ނުކުޅެދޭ މީހުންގެ ސަރުކާރު ބަދަލުކުރަން ނިކުންނަންވީ މީ އޮތްހައްލަކީ ދެން
ހައިތަމް އެވެ. ތިޔަ މަޖިލީހުގަ ކަލޭމެން ކޮވީޑޭ ކިޔައިގެން ދެއްކިވާހަކަތައް. އަޑުއަހާލަބަ. މިނސްޓަރު ނަސީމުއާ އޭގެފަހުން ސުވާލު ކޮއްބަލަ. މިހާރު ކޮންސުވާލެއްކުރާކަށް. ކަލޭމެންނޭ މުޅި ސިސްޓަމް ހަލާކު ކުރަނީ. ކޮންމެހެން އެހެން މީހުންގެ ބޮލަށް ކަޑާލަން ނޫޅެބަލަ.
އޮކްސިޖަން ފުޅިންކުރި ވައްކަމުގެ ވާހަކަ ނުދައްކަނީ އެމްޑީޕީގެ އިކުރާމުމެން ކުރިކަމަކަށްވާތީތޯ؟؟
ނަސީމް އަކީ އެެ ކުރާކަމެއް ކުރަން ޤާބިލް ބޭފުޅި އެއްކަން މި ހާރު އެބަ ޤަބޫލުުކުރެވޭ . ޢެކަމަކުއެއީ 20 ވަނަ ޤަރުނުގަަ ހެލްތު މިނިސްޓަރ ކަން ކުރަން ކަމުދާ އެއްވެސް ކަމެއް ނުކުރެވޭ ހާލުވެސް ހައްދަވަނީ ދޮގު ކަޑާނީފޮނި