ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ދިވެހި ސަރުކާރަށް ގޮންޖެހުންތައް ކުރިމަތިވެ، ހާލަތު ގޯސްވުމުން ޗައިނާގެ އެހީއަށް ސަރުކާރުން އެދުމަށް ގިނަ ބަޔަކު ގޮވާލަމުން ދަނިކޮށް ޗައިނާގެ އެހީއަށް ނޭދި ސަރުކާރުން އިންޑިއާ އާއި ބަންގްލަދޭޝްގެ އެހީއަށްއެދިއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞާލިހް ވިދާޅުވީ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން އިންސާނީ ވަސީލަތުގެ ދަތިކަން ރާއްޖެ އަށް ކުރިމަތިވެފައިވާ ކަމަށާއި އެހެންކަމުން އިންޑިއާ އާއި ބަންގްލަދޭޝް އިން ޑޮކްޓަރުންނާއި ނަރުހުން ފޮނުވައި ދިނުމަށް މިހާރު ދިވެހި ސަރުކާރުން އެދިފައިވާ ކަމަށެވެ.
އިންޑިއާ އާއި ބަންގްލަދޭޝްގެ އެހީއަށް ރާއްޖެ އިން އެދުނުއިރު އެދެގައުމުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ، ދެގައުމު ވެސް އޮތީ ސިއްހީ އެހީތެރިންގެ އެހީއަށް ބޭނުންވެފައެވެ.
ރައީސް ޞާލިހް ވެސް ވަނީ އިންޑިއާ އާއި ބަންގްލަދޭޝްގެ ހާލަތު އޮތް ގޮތުން އެދެގައުމުން އެހީތެރިކަން ހޯދަން ދަތިތައް ކުރިކަމަށް ވިދާޅުވެފައެވެ.
ޗައިނާ އަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި މުޅި ދުނިޔެ އިން ވެސް އެންމެ ކާމިޔާބު މަސައްކަތްތައް ކުރި އެގައުމެވެ. ޗައިނާ އިން ވަނީ ދުނިޔޭގެ ބައެއް އެހެން ގައުމުތަކަށް ޑޮކްޓަރުންނާއި ނަރުހުންގެ ޓީމްތައް ވެސް ފޮނުވާފައެވެ.
ރައީސް ޞާލިހް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ޗައިނާ އާއިއެކު ރާއްޖެ އިން ވަރަށް ގާތް ގުޅުމެއް ބާއްވަމުން އައެވެ. ނަމަވެސް އެމަނިކުފާނު ވެރިކަަމަށް ވަޑައިގެންނެވި ފަހުން ޗައިނާ އާއި އޮތް ގުޅުން ވަނީ ހީނަރުވެފައެވެ.
ނުކުރޭނެ ލަދުފުޅުން
ލަދެއްނެތި އަތް ދިމާކުރުމީ ތިމާގެ އެދުންތަކާމެދުގައި
ޔާމިންއަށް ލުޔެއްނުދޭންވެގެން ޗައިނާ އަށް އަތްދިއްކޮލަން ނުކެރިގެން އުޅެނީ
ކޮބައިތޯ ޗައިނާއިން ހުޅުމާލޭގައި ހަދާދިން ކޮޮވިޑް ފެސިލިޓީ؟ އެ ފެސިލިޓީގެ ވާހަކަ ނުދައްކަވާ މުޅިން އާ ފެސިލިޓީ އެއް ހަދަން ނިންމެވީ ކޮންބަޔަކަށް މިލިޔަން މިލިޔަނުން ރުފިޔާ ދޭންތޯ؟ މިނިސްޓަރު ނަސީމުގެ ވިސްނުމެއްތޯ؟ ޗައިނާއިން އެހީނުހޯދިތާ، ޗައިނާއިން ހަދައިދިން ސަޅި ކޯވިޑު ފެސިލިޓީ ވެސް ކުށްވެރިވީތޯ؟
އިންޑިޔާ އެއުޅެނީ އަމިއްލަ ހާލައިގެންވެސް ނޫޅެވިގެން. ގޮތްދޫނު ކުރާތި މިގައުމު އަޑިއަށް ދިޔަޔަސް. މޯދީ ހިތުގަ ޖެހިދާނެ ޗައިނާއޭ ދިވެހި ސަރު ކާރުން ބުންޏަސް.. މިވަރަ ކަށް ގައުމެއް އަޅުވެތިވާނީ. ސަރު ކާރުގެ ސޯޓު ބޭލިއޮރިޔާން ވެއްޖެ. އަދިވެސް އެއުޅެނީ އިންޑިޔާއިން ކެޔޮފަތެއް ހޯދައިގެން ނިވާ ކުރަން.
ޢިންޑިއާ ރުޅި އަތުވެދާނެތީ ޗައިނާގެ އެހީއަށް އެދެން ނު ކެރުނީ އަޅުވެތިވާނީ ދެން މިހާ ކަށްހާ ވަރަށް
ޗައިނާ އިން އެހީޔަށް ނޭދެނީ ގެރިމޯދީ ބޮޑާ ހާކާފާނެތީ އެތައް މުސްލިމުންގެ ލޭއޮރުވާފަ ހުރި މުޖުރިމެއް ތި މޯދީ އަކީ ކުށެއްނެއް މުސްލިމުން މަރމުންދާ އިޒުރޭލައް ތާއީދުކުރާ ބޯ ބުރާންޗެއް
ބަލަ ނިދާފަތަ ތިޔަ ހުންނަނީ އިންޑިޔާ އެއުޅެނީ އަމިއްލަ ހާލާއިގެން ސަލާމަތް ނުވެވިގެން، އަދިވެސް އެމީހުންތަ ގެންނަންވީ،
މީނައާއި ހެދި ބޮއި ހަލާކު ވާވަރުވެެއްޖެ މިހާރު
އެހެންނުވާނީ މިސަރުކާރު އޮތީ އިންޑިއާ އަތްދަށުވެ ނިމިފަވިއްޔާ .
ޗައިނާގެ އެހީއަށް އެދެފިއްޔާ ވެރިކަމުން ބާލަފާނެ
ބަލަ އިބިރިހިމާ ކަލޭ ހަމަ ތިޔައީ އަޅެ ބީތާއެއްތަ؟ ރައީސެއްތަ ތިޔައީއެ؟ ކަލެއަށް ނުފެންނަނީތަ ؟ ނޫނީ ހަމަ ވާނުވާ ނޭގެނީތަ؟ އަޅެދެން ކީކޭ ބުނާނީ އިންޑިއާ އެއޮތީ އޮތް ހާލަތު ބަނގްލަދޭޝް އެއޮތީ އޮތް ހާލަތު އެމީހުން އަމިއްލަ ހާލައިގެން ނުއުޅެވިގެން ތެޅެނީ އެކަމަކުވާ ބޮޑުވަރު ބޮޑުސިންގާ ފިރިހެނެކޯ މިވެސް އަޅެ ކީއްތަވާނީ ޗައިނާގެ އެހީ ހޯދީމަ މޮހޮންދީ ރުޅިއައިސް ދާނެތީ ދޯ؟ ބުނަން މިދަނޑިވަޅުގައި ރައްޔިތުންނަށް ހެޔޮއެދޭ ވެރިއެއް ކަމުގައި ވަންޏާ މޮހޮންދީއަށް ބެލުމެއް ނެތި ޗައިނާގެ އެހީއަށް އެދޭނެ މިހެން ބުނަންޖެހޭ ސަބަބަކީ ޗައިނާގައި ގާބިލްކަން ހުރީ މި1ވަގުތު މިކަމުގެ ތަޖުރިބާ ލިބިފަތިބި ޑޮކްޓަރުންނާއި ނަރުހުންވެސް ތިބީ ޗައިނާގަ އަދި ވަސީލަތްތައްވެސް ހެޔޮނުވާނެ މޮޔަގަނޑާ ތިޔަަކަހަލަ މޮޔަ ހިޔާލު ދޫކޮށް ރައްޔިތުން ސަލާމަތްކުރަން ވިސްނާ ފަހުން ސިޔާސީ ކުޅި ކުޅޭނީ ޗައިނާއިން ކަން ކޮށްދިނަސް އިންޑިއާއޭ ބުނެލީމަ އޯކޭ ވާނެ
ބަލަ ބޮޑު ބޭބެ މޮޑީ ރުޅި ގަދަވާނެ؟ ބަލަކިހެނެއް ޗައިނާއާފަދަމުއްސަދިގައުމަކުން ދިވެހިރައްޔަތުންނައްއެހީވާހިތިނަ އާދޭސްކުރަމުންދާއިރު ސަރުކާރުން ގެރި މޮޑީ ބިރުގަތީމާ ކޮބައި މިނިވަންކަން؟؟އިންޑިޔާއަކައްޗައިނާޔާ ހަމަ ހަމަ ނުވާނެ ގިންއެހީވީޗައިނާއިން ޢިންޑިޔާގެ ރައަޔަތުންނާއަޅާލާ؟މިގައުމައް ބިރުނުދައްކާ؟؟
އިންޑިޔާ ރުއްސަން .
ޗައިނާ ގެ އެހީ ބޭނުން ނުވަނީ
. ރައްޔިތުންގެ ފުރާނަޔައް ވުރެ އިންޑިޔާ މުހިންމީތޯ؟؟؟؟؟
ލަދެއް ނުގަނޭތަ އިންޑހޔާ ބަންގުލަދޭސް އިން އެހީއަށް އެދެން.. އެމީހުން މިހާރު އިތިބީ ހިންދެމި ނުލެވިފަ. އަހަރުމެން އެމީހުނަށް އެހީވިއްޔާ މާތާހިރުވާނެ. ޗަަިނާ އިން އެހީ ހޯދަން ލަދުގަތީދޯ. ޕިޗޯރު
ވަކިމީހެއް ނުވަތަ ވަކި މުއައްސަސާއެއްގެ ބޮލަށް ކަނޑާލާއިގެން މިކަމެއް ވާކަށް ނެތް، ހުރިހާ އެއްމެންވެސް މިކަމުގެ ޒިއްމާ ނަގަން ޖެހޭނެ، ގައުމުގެ ވަލިއްޔުލް އަމުރުން، ރައްޔިތުންގެ މަޖިލިސް، އިދިކޮޅު ޕާޓީތަށް، އަދި އާންމު ފަރުދުންވެސް ޒިންމާ ނަގަން ޖެހޭނެ. ހެޗްޕީއޭއިން ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއިދޭން ޖެހުނު ސަބަބަކަށްވީ ލޯކަލް ކައުންސިލް އިންތިހާބު، ވޯޓުލާން ބޮނޑިޖެހިގެން ދިޔަ އެންމެ މި ކަމުގެ ޒިއްމާ ނަގަން ޖެހޭނެ، ޔާމީނު މިނިވަން ކުރަން މަގުތަކުގައި ލާ ހުރުނު ގުރޫއްޕް މިކަމުގައި ޒިންމާ ނަގަން ޖެޙޭނެ، ކެމްޕޭނުކުރަން ގޭގެޔަށް ގުރުއްޕް ހަދާފަ ދިޔަ މީހުން ޒިންމާ ނަގަން ޖެހޭނެ، ކޮވިޑަކީ އާދައިގެ ރޯގައެއްކަމަށް ގޮވި މީހުން މިކަމުގެ ޒިންމާ ނަގަން ޖެހޭނެ، މާސްކު ދަތްދޮޅީގައި އަޅައިގެން ކަންމަތި ތަކުގައި ކޮފީބޯން ތިބި މީހުންވެސް ޒިންމާ ނަގަން ޖެހޭނެ.
ދެންއެދޭނީ ޔަމަނާ ، ސީރިޔާ، ފަލަސްތީން، ސޮމާލިޔާ، މަލާވީ ފަދަ ގައުމުތަކުގެ އެހީއަށް.....ލަދުކޮބާބާ؟؟؟؟
ގެރި މޯދީ ދެކެ ބިރުން
ޗައިނާ އަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި މުޅި ދުނިޔެ އިން ވެސް އެންމެ ކާމިޔާބު މަސައްކަތްތައް ކުރި އެގައުމެވެ. ބަލަ އެގައުމުން އުފެއްދި އެއްޗެއް ކޮންޓްރޯލް ނުވާންވީ ސަބަބެއް ނެތޭ!
ދެން މިވަރުވާއިރުވެސް ހަމަ އަތްޖަހާލަ ޖަހާލާ ތިބެންވީތަ. އަހަރެމެން މިހެން ހޭލާތިއްބާ ހިނގާ ކަންތަށްމީ. ސިޔާސީ ގައުމަށްވުރެ އިސްކޮށްގެން އުޅޭތަން މިފެންނަނީ. މިމީހުން ކިތައްމެ ވަރަކަށް ތެޅިއެރުވިޔަސް އޯކެތާދީ މިމީހުންނާ މިމީހުންގެ އާއިލާއުންވަނީ މޮޅުވެކްސިން ގެނެސްގެން އާއިލާއާއި އެއްކޮށް ޖަހާ ނިންމާފަވިއްޔާ. ޗައިނާއިން އަޅެ އެހީއަށް އެދިބަލަ ދެންވެސް.
ދިވެހިރާއްޖޭގެ އާބާދީގެ ކޮންމެ 9 މީހަކުން އެކަކު ކޮވިޑުއައް ޕޮޒިޓިވު ވެފަ ވާއިރު މީ ބޮޑުވަރު އޮޅުވާލުމާ މަކަރުންފުރިފަ ތިބިބައެއްތީ.....
ގެރި ގޮޜު ނޫނީ ކަމަކުނުދޭ މި ސަރުކާރަކަށް ޗައިނާގެ އެހީ ލިނުނުނަމަ މި ހާރު މިކަމުން އަރައި ގަނެވިއްޖައިސް އެކަމަކު ކީއްކުރާނީ ނަސީދު ބޭނުންވާނީ ގެރި ގުއި
ރިހޭ ފައި މަށްޗަށް ފޮއި ވެއްޓިފަހުރި ރައީސެއް ހަދާނެގޮތެއްނޭނގި ވާނުވާ އޮޅިފަހުރި ީ....... ދެން ފަހުވަގުތު އުނބަށްޖަހާނެ މަޑުކޮށްލާ.
ރޭގައި އޮތީ ރައީސަލު މިހާތަނަށް ދިން އެއްމު ހުތުރު ޕުރެސް.ރަނގަޅު އެއްވާހަކަ ވެސް ނުދެއްކެވުނު. އަދި މަރުވެގެން ދިޔަ މީހުންގެ ހަނދާންވެސް އާނުކޮށްލި...ޗއިނާގެ އެހީއަށް އެދެން ބެނުންނުވަނީ ރައްޔިތުނަނށް ހެޔޮނެދޭތީވެ. ކެރަފާ ނަސީމުވެސް ބުނަނި ޗައިނާ ވެކުސިން ނަމަވެސް ޖަހާލާށޯ. ހީވަނީ އެއީ ފެކު ވެކްސިނެއްހެން.
ދެބުރަށް
އެމް. ޑީ. ޕީ. އަށް ވެރިކަން ލިބިއްޖެ.
ވެރިކަން ކުރާކަށް ނޭގުނު. ނުވެސްކުރެވުނު.
ދިވެހި ރއްޔިތުންނަށް ވުރެ ލޯބިވޭ އިންޑޔާ ދެ ކެ. އަމިއްލަ އެދުން.
އަމިއްލަ ޤައުމުގެ ރައްޔިތުންނަށް ފަރުވާނުދެވޭ ޙާލަތުގައި އޮތް ދެޤައުމުގެ ކިބައިން އެހީއަށްއެދިގެން އުޅޭވާހަކަބުނަނީ ކީއްކުރަން. ޤައުމުގެ އެކިހިސާބުގައި، އިންޑިއާ ސިފައިން ގެނެސް ބައިތިއްބައިގެން ތިއުޅެނީ އެކަންކުރަން އުޅޭވާހަކަ ރައްޔިތުންނަށް އަންގާފަތަ؟
ޗައިނާގެ ރައީސް ވަ ކި ރަނގަޅުތަ؟؟ މޯދީ ވެސް މުސްލިމުންނަށް އަނިޔާ ކުރޭ
ހަމަ އެއާއި އެއްވަރަށް ޗައިނާގެ ޝީ ޖިން ޕިން 2014 އިން ފެށިގެން
ޒިންޖިއަންގް ގައި އުޅޭ ހުއި ދަރިފަސް ކޮޅުންނައް ހާދަ ޖެއްސުމަ ކާ ބަލާއެއް ކުރެޔޭ
އަދި އޭގެ އިތުރުން އުއިގާ މީހުންނާއި ކަޒަ ކް މީހުންނާއި ހާދަ ވަރެއް ކުރެޔޭ
ދެން އެހެނޭ ކިޔާފަ ކޮވިޑް އިސްލާމީ ޤައުމުތަކަށް ނާރަނީތަ... ނޮންސެންސް
ކޮވިޑް ކޮންޓްރޯލް ކޮއްފަ އޮތް ޤައުމެއްގެ އެހީތެރިކަން ހޯދުން މުހިއްމު،
އިންޑިއާ އާއި ބަނގްލަދޭޝް އާއި ދެޤައުމަކީ މިހާރުވެސް ކޮވިޑް ކޮންޓޮރޯލް ނުވެގެން އުޅޭ ދެޤައުމު ކަން ދުނިޔެ ޤަބޫލު ކުރާ ދެޤައުމު
ޗައިނާ އަކީ ފުލްކޮންޓްރޯލްގައިވާ ޤައުމެއްކަން ދުނިޔެ ޤަބޫލުކުރާ ޤައުމެއް
ގައުމުގެ މިނިވަންކަން ގެއްލުވާ ނުލާށޭ. އިސްތިއުފާ ދީފަ ގޮސް ގޭގަ ތިބޭ. ޕަލަސްތީނުގެ ބިމަށް ޒަޔަނިސްޓުން ވެރިވެގަތީ ކިހިނެތްކަން އިނގޭތޯ؟ ކަޟްމީރުގެ ބިންތަކަށް ހިންދޫ އެކުސްޓުރީމިސްޓުން ވެރިވެގަތީ ކިހިނެއްތޯ؟ ފާޅުގަ މުސްލިމުން މަރަމުން، މުސްލިމުން ނިކަމެތި ކޮށްލާ ކޮންމެ ބަޔަކަށް ސަޕޯޓު ކުރަމުން ދާ ބަޔަކަށް ގައުމު ވިއްކާތިލަނީ ކީއްވެގެންތޯ؟ ކަލޭމެން ޖަވާބުދާރީ ވާނެ ދުވަސް އަންނާނެކަން ޔަގީނެވެ.
ޢިކޮނޮ މިކް މިނިސްޓްރީން ހުއްދަ ލިބެނީ ކޮންލިންކަކުންކަން ބަލައިދީބަލަ ،
މި ސަރުކާރު ވައްތާލަން ޖެހޭ
މަތި އޮމާންކުރަން ރައީސް ޔާމިން އާއި ރައީސް ވަހީދުގެ އެހީތެރިކަން ބޭނުމޭ ކިޔާގެން ރައްޔިތުން ގުނބޯ ހައްދާނެ ކަމެއް ނެތް .. ރައްޔިތުންނައް ޢިޚްލާސްތެރި ކަމެއް ހުރިނަމަ މިދަނޑިވަޅު އެހީހޯދާނީ ކޮންޓްރޯލުން ނައްޓާގެން އަމިއްލަ އަށް މަރުވާން ބަލި މީހުން ދޫކޮށްލާ ޤައުމު ތަކަކުން ނޫން ޗައިނާގެ އެހީ ހޯދަން ލަދުގަންނަނަ ނަމަ އިސްތިއުފާދީފަ ގެއައް ދޭ ރައްޔިތުންދެކެ ލޯބިވާ ވެރިއެއްނަމަ މިއަދު ޢަމަލު ކުރާނީ އެގޮތައް...
އިންޑިޔާއިން އެހީތައް ހޯދި އިރު ޗައިނާއިން އެހީ ނުހޯދުމަށް، އަދި ކޮންޓެކްޓްވެސް ނުކުުމަށް ޝަރުތުކޮށްފައިވާކަމަށް ފެނޭ
ސަލާން ޖެހު މުގެ ސަގާފަތް ދޫކޮށް ލާފަ، ރާއްޖެ 4ކަށި މަތި މަށްޗަށް ތެދުވަން ވެއްޖެ ނުން! ރައިތުންގެ ގަޔަށް ޖަހަން ވެކްސިން ގަނެވޭނެ، ސަރުކާރައް،،،ޗައިނާ އިންވެކްސިން، ލިބޭނެެެ ،،،އޭގެ ފަހަތުގަ އަޑިނޭގޭ ވަރަށް ގިނަކަންތަކެއް ވޭެ....ގައު މު ހިންގަން ޖެހެނީ ޓެކުސް ބުރެކެޓް ހެދި ،ލޭބަރުންގެ މުސާރަ ހެދި، ގަބޫލު ކުރާ ކެޓެގަރީ އިން މަތިން ނެގޭ ޓެކުސް ސަރުކާރަށް،ލިބި، ،،،،ވިޔަފާރި ވެރިން ގެ ޖީބުން ބޭރު ވެގެން،،،،،ވެރި މީހާ ދެންތިބި ބަޔަކު އަތުޖެހުނު ދި މާލަކުން ކައި ހުސްކުރަނީި،،،
މިގައުމުގެ ގިނަފައިސާ ނޭރުމީހުނަށް އެއްމެގިނައިން ހަރަދު ކުރެވުނު ދެ ގައުމަކީ ބަންގާޅުންނާއި އިންޑިއާ އަށް އެހެންވީމަ އެމީހުން އަތުން ހޯދުނު އެއެއްޗެއް ވީގޮތަކުން ހޯދަންވީ. ސަރުކާރުން އެހެދީ ހެޔޮކޮށް