ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފްއާ ގުޅޭ ގޮތުން ހުށަހެޅި ސުލޫކީ މައްސަލަ ތަހްގީގުކޮށް، އެ މައްސަލަ ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ތަހުގީގުކޮށްފައިވާ ސުލޫކީ މައްސަލައަކީ މިދިޔަ އަހަރުގެ މާޗް މަހު ހުށަހެޅި މައްސަލައެކެވެ. އެ މައްސަލަ ސާބިތުނުވާ ކަމަށް ނިންމާފައިވަނީ މި މަހުގެ 16 ދުވަހު ބޭއްވި ކޮމިޝަންގެ ޖަލްސާގައެވެ.

ނަމަވެސް ޖޭއެސްސީން ބަލާފައިވަނީ، ގާޒީގެ އާރިފްގެ ސުލޫކަށް އަސަރުކުރާ ކޮން މައްސަލައެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ސިޔާސި "ހައި ޕްރޮފައިލް" މައްސަލަތައް ބެއްލެވި ގާޒީ އަރީފް މީގެ ކުރިން ހުންނެވީ ކްރިމިނަލް ކޯޓުގައެވެ. ޑްރަގް ކޯޓަށް ބަދަލުކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.

ޖޭއެސްސީން ދަނީ މި ފަހަކަށް އައިސް ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށައެޅޭ ގިނަ މައްސަލަތަކެއް ބަލައި ފިޔަވަޅު އަޅަން ޖެހޭ ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅަމުންނެވެ. ކޮމިޝަނުން މަސައްކަތްކުރަނީ ނުނިމި ހުރި މައްސަލަތައް ބާރު ސްޕީޑެއްގައި ނިންމާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު