ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އޮތް ދުވަސްވީ މީހާއަށް ރެއިން ފެށިގެން އަނިޔާ ކުރިކަމަށް އެ ފެސިލިޓީގައި ހުރި މީހަކު ބުނެފިއެވެ.
މިހާރު މީސް މީޑިއާގައި ވަނީ އެތަނުގައި އޮތް ބަލި މީހާކަށް ބިދޭސީއަކު އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެފައެވެ.
އެ ވީޑިއޯއިން ފެނިގެން ދަނީ އެ ބަލި މީހާ ކަމަކާއި ހިތްހަމަ ނުޖެހިގެން، އޭނާ ބަލަން އާއިލާއިން ފޮނުވާފައި ހުރި ބިދޭސީ މީހަކު އެމީހާ ކަންފަތްމަތީ ޖަހާ މަންޒަރެވެ. އަދި އޭގެ ފަހުން އެނދު ކައިރިން ދުރަށް ވަކި ހިސާބަތަކަށް ގޮސް އަނެއްކާ ވެސް ބަލި މީހާ އާއި ދިމާލަށް އިނގިލި ދިއްކޮށް އިންޒާރު ދީފައިވާ މަންޒަރު ވީޑީއޯއިން ފެނިގެން ދެއެވެ.
އެތަނުގައި އެދުމަތިކޮށްފައިވާ މީހަކު "ވަގުތު"އަށް މައުލޫމާތުދެމުން ބުނީ، ރެއާއި މިއަދުވެސް އޭނާ އުމުރުން ދުވަސްވީ މީހާއަށް އަނިޔާ ކުރި ކަމަށެވެ.
އަދި މިއަދު ހެނދުނު ނަރުހުން ކައިރީގައިވެސް އެތަނުގައި ތިބި މީހުން، ބިދޭސީ މީހާ އުމުރުން ދުވަސްވީ މީހާއަށް އަނިޔާ ކުރި ވާހަކަ ބުނެފައިވާނެ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް ނަރުހުން އެކަމަށް އަޅާލާފައި ނުވާކަމަށް ވޯޑްގައި ތިބި ބަލި މީހުން "ވަގުތު"އަށް މައުލޫމާތު ދެމުން ބުނެފައެވެ.
މިއަދު ހެނދުނުވެސް އެ ބިދޭސީ މީހާއަށް ވަނީ އުމުރުން ދުވަސްވީ މީހާގެ އަނގަމަތި ފަޅާފައެވެ.
"އަނިޔާ ކުރާ މަންޒަރު ތަކުރާރުކޮށް ފެނި އެކަން ނަރުހުންގެ ސަމާލުކަމަަށް ގެނައިމަވެސް އަޅާނުލީމަ ހިތައް ކެއްނުވެގެން މިތާގައި އޮވެ ވީޑިއޯ އާއްމު ކުރީ. މަންޒަރު ފެނުނު ބަލި މީހަކު "ވަގުތު"އަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.
އެ ވީޑިއޯ އާއްމުވުމާއި ގުޅިގެން ރައީީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތްް ބަލި މީހަކު ބެލުމަށްޓަކައި އާއިލާގެ ފަރާތުން ހަމަޖެއްސި، މީހަކު އެ މީހާއަށް އަނިޔާ ކުރި މައްސަލައެއް ފެންމަތިވެގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަދި މިހާރު އެ މީހާ އެތަނުން ނެރެފައިވާ ކަމަށާއި، އެކަން މިހާރު އާއިލާއަށްވެސް އަންގާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވިގޮތުގައި، މިހާރު އެ މީހާގެ ކަންކަން ބަލަމުން ދަނީ އެތަނުގައި ތިބި މެޑިކަލް އޮފިސަރުންނެވެ.
އަހަރެންގެ ތިމާގެ މީހަކަށް ތިވަރު ކުރިނަމަ ....
މިގަައުމުގެ ހުރިހާކަމެއް މިވަނީ ފާލުން ނެއްޓިފަ!! 25 އަހަރު ދުވަސް ވަންދެން މަޖްލިސްތެރޭ ހުރި ޅޮސް ގަހެއް ރައްޔިތުން ނަގައިގެންގޮސް ރައީސް އޮފީސްތެރޭ އިންދިޔަސް ވާނީ ހަމަ ޅޮސް ގަހަކަށް!! އާރެއް ނުހުންނާނެ!! ކޮރަޮޕްޓް ދައުލަތްތަކުންނާއި ނާގާބިލް ވެރިން ތިބޭ ދައުލަތްތަކުން ފެންން ހުރިހާ ޢަލާމާތެއް މިހާރު މިރާއްޖެއިން މިދަނީ ފެންނަމުން!! ހުރިހާ ފައިދާއެއް އިންޑިޔާއިން އަޑީގައި އޮވެ މިގައުމުން އެގެންދަނީ ނަގަމުން!! ފަސް އެނބުރި ބަލާއިރު އޮންނާނީ ވާނެ ހައެތިވެ ނިމިފަ!! ރައްޔިތުންނަށް އަދިވެސް އެބައޮތް ރަގަނޅުކުރަން ފުރުސަތު! ކެރިގެން އެންމެންޖެހެނީ ކަންކަމާ ކުރިމަތިލާން!!
ތަންކޮޅެއް ކުރީ ޒަމާނެއްގައި ކޮންމެ ތަނެއްގައި އިންތިޒާމު ސެކްރެޓެރީ ކިޔާ މީހަކު ހުރޭ. އޭނާގެ ކަމަކަށް އޮންނަނީ ތަނުގެ އިންތިޒާމު ބެލެހެއްޓުން. ފަހަކަށް އައިސް އެމަގާމަށް ސުޕަވައިޒަރޭ ކިޔަނީ. މިތަނުގައި އަތަށް ފަޔަށް ގުޅިނުކާވަރުގެ ބޮޑެތި ރޯނުއެދުރު ސެޓުފިކެޓްތައް ހިފައިގެން ތިބި މީހުން ކަންކަން އިންތިޒާމުކުރަން ތިބެފައި، ތަން ބަލަހައްޓާނެ މީހަކު މިތަނުގައި ބަހައްޓަން ނޭނގުނީތީ ކޮސްވެފައި މިހުރެވެނީ. މީ ދެން ފުކެއް ބޮޑުވަރު.
ވަގުބަންގާޅިންނަށް ގައުމުގެ ހުރިހާކަމެއް ހަވާލުކޮށްފަ ދިވެހިން ތިބޭނީ ފޮނިކަނޑަން ކޮފީތަކުގަ.
އެތައް ފަހަރަކު އަނިޔާކުރާތަންފެނި އެކަން ނުހުއްޓުވާ ނޫސްތަކަށް އިންޓަވިއުދެނީ ލަދެއް ހަޔާތެއް ރަހުމެއް ހަމްދަރުދީއެއްނެތީމަ.. ތިމީހަކުވެސް ހައްޔަރުކުރަންފެނޭ..
ބަލަ މިހިރަ މޮޔަޔާ ކުރެވެން ހުރިކަން އެމީހާ އެއޮތީކިޔާދީފަ. ދަރުމަ ވޭހެއް ކަބަރާކޭފެއިތޯ ބަޔާން ލޭފެލަ.
😂😂😂😂 ތަތޭތޯ ނުން
ރަގަޅަށް ކަމެއް ނުކުރެވޭތާގައި ގޯސްކޮށް ކުރެވުނު ކަންތަށް ރަގަޅުކުރަންވެސް ނޫޅެ އެއްމެފަހުން ބަލިމީހަކު ވީޑީކޮށް އެއްމެންގެ ސަމަލުކަމަށް ގެނައީމާ ދެންމިބުނަނީ ފުލުހުން މައްސަލަ ބަލނީއޭ ، ތިވާހަކަ ބުނީމާ އަޅަނުލި ނަރުހަށް ވެސް ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ވަރިހަމަ ކިތަންމެ މަދަސް އިންސާނިއްޔަތުކަމެއްނެތް މީހަކު އިންސާނުންނަށް ޚިދުމަތް ކުރަން ބަހައްޓާނެކަމެއްނެތް. އަނެއްކޮޅުން ގޭމީހުންނަށްވެސް އެގުނީ ބެރުމީހަކު އެތަނުގައި ބަހަށްޓަން ދެންވިސްނާ އެމިހުންގެ ހާލަތާއިމެދު.
ހިތާމަ ހުރި. ބަންގާޅީންގެ ކިބައިން މިނިވަންކަން ހޯދަން ޖެހޭ ހިސާބަށް ގޮސްސި
ރެއިންފެށިގެން އަނިޔާކުރަމުންދާއިރު އެއްވެސްމެޑިކަލްއޮފްސަރަކަށް ނުފެނުންއެއީ އެތަނުގެހާލަތުއަންގައިދޭ މިސާލެއް ކޮޓަރިއެއްނޫން ހޯލެއްގެތެރޭގައިއޮންނަމީހަކަށް އަނިޔާކުރާއިރުނުފެނުންއެއީ ހިތާމަހުރިކަމެއް އަދި ސުވާލުއުފެދޭކަމެއް
އަހަންނައް ގޯހީ އެ ބިދޭސީ މީހާއައްވުރެ އެ ބަލި މީހާގެ ދަރިން.. ބިދޭސީ އަކާ ވަހާލް ކޮއްފާ ބައިން ބަފައިން އެހެން ދޫކޮއްލާން ހެއޮ ނުވާނެ.. ކުޑައިރު ކަލޭމެން ބަލަން ބިދޭސިންނާ ވަހާލް ނުކޮއް އަމިއްލަ އައް ބެލި މައިންބަފައިންނައް މިއަދު ތިޔަ ހަދަނީ އެންމެ ރަނގަޅުގޮތްތޯ؟؟
އެކަމާސަރުކާރާއޮތީކޮން
ގުޅުމެއް މިހާރުދަރިން
ނައްމައިންބަފައިންނުބެލެނީ
އެމީހުންމުސްކުޅިވީމަކޮންމެވެސްބޭރުމީހަކާހަވާލުކުރާނީމީއަރުމެންދިވެހިންގެހާލު
ބަލަ އެމީހާއެތަނުން ނެރުނީމަ ނިމުނީތަ؟ އެއީތަ ކަލޭމެންގެ ސަރުކާރަށް ކުރެވޭވަރަކީ؟ ނުވަންޔާ ބުނެލާފަ ފައިބައިގެން ދޭބަލަ. ކުރިން ދިޔަހެން.
އެމީހާ އެތަނުން ނެރެންވީއެއް ނޫން، އެމީހާ ޖަލަށް ލާންވީ. ދިވެއްސަކަށް، އެވެސް މުސްކުޅިވެފައިން އެހީއަށް ބޭނުންވާ ނިކަމެއްޗަކަށް އަނިޔާކުރީމަ ކަލޯގެ ސަރުކާރަށް ކީއްތޯ ކުރެވެނީ؟ އެހެންވީމާ ކަލޯގެ ސަރުކާރެއް މިތާއޮތުމުގެ ބޭނުމެއް ނެތެއްނު.
މިހާރު މިކަމާ ސަރުކާރާއޮތް ގުޅުން، މިސަޓަރ ބޮނޑިބަތްގަނޑު ކާގެންހުރި ވާނުވާއަށް އެނގިއްޖެތޯ؟ މިއަށްވުރެން ބޮޑަށް ސާފުކޮށްލަން ބޭނުމިއްޔާ ކަލޯގެ ރައީސް ގެންގުޅޭ ބަނގާޅު ލޭޑީބޯއި ކާރިދެން އަހާލާ. އޭރުން ކަލޯއަށް ވިސްނިދާނެ. އެވެސް ފަހަރެއްގަ. ކަލޯގެ އިންނަނީ ބޮނޑިބަތް ސިކުނޑިއެއްވީމަ އެހެންބުނަން މިޖެހެނީ. ނޯހާރޑް ފީލިންގްސް އިނގޭތޯ.
ވުޑްޔޫލައިކް ސަމްޓީ؟ އިންދަ ބަކިންގްހަމް ޕެލެސް؟
ބަލަ ބީތޔާ އެތާގަ ކުރިން މެޑިކަލް އޮފިސަލުން ނުތިބޭތަ؟
އެ އެންމެން ތިއްބަޔެއް ނޫންތަ އަނިޔާ ތަކުރާރުކޮއް ކުރާތީ އެވާހަކަ އެބުނީ އަދިއެވަރުންވެސް ކެތްނުކުރެވިގެން އެ ވީޑިއޯ އާމުކުރީމަތަ ކަމަކައް ވަނީ؟
ދެންބުނޭ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އާއިލާއިންނޭ އާއިލާއިން ބަލަން ފޮނުވި މީހެކޭ އަނިޔާކުރީ.. ހަމަ އެންމެންވެސް ފެއިލް ވަކިން ހާއްސަކޮއް ޓީވީއައް އަރާ ދޮގުހަދާ ސާލިހް އާއި އޭނަގެ އައުވާނުން އެއްކޮއް ފެއިލް،
ގައިމު ހާމަޔައް އޮންނަތަނެއްގަ އެއްވެސް މެޑިކަލް އޮފިސަލެއް ނަރުހެއް އުޅޭނަމަވެސް ފެންނާނެ،
މިކަމުން ޔަގީންވާ ކަމަކީ ގަޑި ޖެހުނީމަ ބޭސްހިފައިގެން އަދި ޑޮކްޓަރ ބަލާގަޑީގަ އެކަނިކަން އޭގެން މީހަކު ބޯވެސް ދިއްކޮއްލަނީ..
އެ ވާނީ ދައްތަ ގެން ގުޅޭ ބަންގާޅީ އެއް ކަމަށް!
ފެއިލް ސަރުކާރެކެވެ. ތިމުސްކުޅިމީހާއަކީ ކުއްވެރިއެއްވެސްނޫނެވެ. ނަމަވެސް ހަދާނަށް އަންނަނީ މައުމޫނުގެ ވެރިކަމުގައި އީވާންނަސީމަށް އަނިޔާކުރިކަމަށްބުނެ އެމްޑީޕީ ދުވިވަރެވެ. އީވާނަކީ ކުއްވެރިވެގެން ޖަލުގައި ހަތިމް ވީދިމީހެކެވެ. ފަހަރެއްގައިވެސްމިބުނީ ޖަލުގަ އަނިޔާކުރާށެކޭނޫނެވެ. ބުނަންމިއުޅޭވާހަކައަކީ އެމްޑީޕީވެރިކަމެއްގަ ހިގާމިފަދަކަންކަން އެމްޑީޕީއަށް އޯކޭވާކަމެވެ.
މިއީ ދިވެހިސަރުކަަރުންް ބަލަހައްޓާ ތަނެއް.
މިފަދަ ރަހުމް ކުޑަ އަނިޔާކުރާއިރު ޒިންްމާވަނީ ކާކު. ތިބާގެ އަމާ އޮތީ ބޮޑް ހޮސްޕިޓަލްގައިވިޔަސް އޭނާއަށް މީހަކު އަނިޔާކުރަން ރުހޭނެ ހެއްޔެވެ. ވޯޑްްްތަކުގައި ފުލުހުން ބާތިއްބާ
އޯގާތެރި ނަރުހުން މިގައުމުގަ އަދިވެސް މަދުވެގެން މިއުޅެނީ. ބޯޑު މުސާރަ ދީފަ ބަހައްޓާ
މިއީ އޯގާތެރި އާޅާލާ ސަރުކާރެވެ. ނަމަވެސް އަޅާލަނީ މޫނުމަތީގައި އެތިފަހަރެކެވެ.
މިހާރު ތަނަކަށް ރިޕޯޓް ކުރިޔަސް ކަމެއްނުވާނެ ހުރިހާ ކަމެއްވެސް ޖެހޭނީ ސޯޝަލް މީޑިއާ އަށްލާން ވަގުތުން ފިޔަވަޅު އަޅާނެ އޭރުން
ތިހެން ބުނި އަޑު އަހާލަންވެސް ވަގުތެއް އެމީހުންނަށް ނުވާނެ މާ ބުރަކޮށް ހިދުމަތުގަޔޯ އުޅުއްވަނީ
ސޯސަލްމީޑިޔާއިން ގައި ޖަހާގެން ހުރިހާ ކަމެއް ކުރަންމިޖެހެނީ ވަގުތުން ަމވަގުތައް އިސްތިއުފާ
ތަހުގީގުކުރަން ކޯއްޗެއް އޮތީ މީގަ މި ޕޮލިހުން ދިހަ ބާރަ ފަހަރު ބެލީމަ ތަފާތު އެއްޗެއް ފެންނަނީތަ. ވަގުތުން ހައްޔަރުކޮށް ހުކުމް ކުރަންވީ މިބޮޑު މާލޫދަށް ނުހަދަ .
އާމުން އަތްމައްޗައް މިގޮތައްކަންކަން ނަގައިގެން ކަމެއްވާނީ. ތިތާ ތިނޭ ނަރުހުންނައް އެއްގޮތަކައްވެސް ޑިޕެންޑް ނުކުރެވޭނެ. އެޙާވެސް އަގަލު ކުޑަ އެމީހުން. ވަޒީފާއެއް ހޯދަން ނަރުސް ކަން ކިޔަވާނީވެސް.
ރަނގަޅު ވާހަކައެއް
ނަރު ހުހުންނަކީ ވެސް ހާދަ އަގަލު ކުޑަ ބަޔެކޭ ދޯ އަނިޔާކުރާ ވާ ހަކަ ބުނީމަވެސް އަޅާނުލީ . ދެން ކުއްވެރި ވާނީ ތިޔަ ވީޑިއޯ ކުރިމީ ހާ ނޫން ކަމެއްވެސް ނޭނގެ
އައިޖީއެމްއެޗްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިގޮތަށް މީހެއްގެ ގައިގައި ޖެހުމަކީ ޖިނާއީ ކުށެއް ކަމުން، އެެކަން ފުލުހުންނަށް ހުށަހެޅި ކަމަށެވެ.
ބަލި މީހުންނަށް އަނިޔާކުރުމަކީ މިރާއްޖޭގައި އާންމު ކަމެކެވެ. އޭޑީކޭ ހޮސްޕިޓަލުގައި އޮތް މުސްކުޅި އަންހެނެއްގެ ގައިގައި ޑަކުޓަރަކު ތެޅިތަން ލޮލުން ދުށީމެވެ. އެ މުސްކުޅި މީހާ ނިދިފައި އޮންނައިރު ޑަކުޓަރު ގޮސް އޭނާ ހޭލެއްވުމަށްޓަކައި ކުރާ ކަމަކީ އޭނާގެ ގައިގައި ބާރުގަދަ އެތިފަހަރެއް ޖެހުމެވެ. ޑަކުޓަރުންގެ ކަންތައް ހުރީ މިގޮތަށް ކަމަށްވާއިރު ބަންގުލާދޭޝްގެ ޢިއްޒަތްތެރި ބޭފުޅުންގެ ކަންތައް ހުންނާނީ ކިހާހިސާބެއްގައިތޯއެވެ. ވގ ނޒލ ވަނީ ވަގު ބަންގާޅީން ބޭފުޅުންނަށް ހަދާފައި ނޫންތޯއެވެ.
އެވަރުންވެސް ވީޑިއޯ ކުރި މީިހާ ދޯ ގޯސް މި ވީ
މާދަމާ ރަނގަޅަށް ވިއްޔާ ކުއްވެރިވާނީވެސް ތިބަލި މީޙަ ބަނގޅާ ޢިން އުޅެން ދަނޭ ދައްތަ ނުވަތަ ބޭބެ ބުނެ ރުހުން ހޯދާ މަކްރުވެރިކަމާްއި ވައްކަން އިންތިހާ ބަންގާޅަ ވަގެއް ވެއްދި ތަނެއް ލޫޓުވާލަފަ ނޫނީ ނުދާނެ މިދުނިޔޭގައި ނުއުޅޭނެ ތިވަރު ވަގު މަކަރުވެރި ވެރިންނަށް ނުކިޔަމެންތެރި ޤާނޫނުތަކަށް ބޯނުލަބާ ގޮތެއް ފޮތެއް ނެތް ގޮތްކުޑް ބައެއް މިޤއުމުގެ ރައްޔިތުންނަށް ވުރެ މިޤައުމުގައި ތިބައިގަނޑުގެ ބާރުގަދަ ބޮޑު މުސީބާތެއް ކޮރޯނާ ފަދަ ވަބާއެް ތީ
ތިޔަ ހުޅުމާލެ ފެސިލިޓީގައި ބޮޑު މުސާރަ ދީފައި ޕޮލިޓިކަލް މަޤާމެއްގައި މީހަކު ބަހައްޓަން ވީނު؟ ތިތާ ދިރިއުޅެންވެސް ވާނީ އެމީހަކު.
ހިތާމަކުރަން ޖެހޭ ކަމެއް މީ ސައްތައިން ސައްތަ މުސްލިމުން އުޅޭކަމަށް ދައުވާކުރާ މުޖުތަމައެއްގައި މައިންބަފައިން ނުވަތަ ޢާއިލާ މީހަކު މުސްކުޅިވުމުން ނުވަތަ
ދިވެހިންގެ ހަާލު ވިސްނަވަާ ފުރަާނަ ގުރުބަން ކޮއްގެންގެންގުޅެބޮދުކުރަާ ދހަރިން ބަލިވަާދުވަހު ބަލަހ ހައްޓަން ބިދެޭސިންނަާއި ހަވަލު ކުރަނިީ
މުސްކުޅި މީ ހާއަށް އަނިޔާކުރި މީ ހާއަށް ހައްގު އަދަބު ލިބޭނެކަމަށް އުންމީދުކުރަން.
މެޑިކަލް ފެސިލިޓީތަކަކީ އޯގާތެރިކަމާ އަޅާލުން ލިބެން ޖެހޭތަންތަން ހާއްސަކޮށް މުސްކުޅިންނަށް. ރާއްޖެގަ މި އުޅޭ އިންޑިއާ ނަރުހުން މަދުކުރަން އެބަޖެހޭ އެމީހުންގެ ހިދުމަތް މޮނިޓަރ ކުރަންޖެހޭ. ވަރަށް ހިތް ހަރު އިންޑިއާ ނަރުހުންއުޅޭ. ރާއްޖެގަ އެބަތިބި ނާރސިން ހަދައިގެން ވަޒީފާ ހަމަނުޖެހެ ބައިވަރުކުދިން. މި ކުދިންނަށް ފުރުސަތުދީފަ ތިޔަ އިންޑިއާ ނަރުހުންތައް ބޭރު ކުރޭ. މިހެބުނިނަމަވެސް އެނގޭ މި ސަރުކާރަކުން އިންޑިއާ މީހަކަށް ފިޔަވަޅު އަޅަކަށް ނުކެރޭނެކަން. ބޮޑުކަމަކަށް ގައުމަށް ފޮނުވާލާނީ ކިތަންމެބޮޑު ޖަރީމައެއް ހިންގިޔަސް
ހިތާމަކުރަން ޖެހޭ ކަމެއް މީ ސައްތައިން ސައްތަ މުސްލިމުން އުޅޭކަމަށް ދައުވާކުރާ މުޖުތަމައެއްގައި މައިންބަފައިން ނުވަތަ ޢާއިލާ މީހަކު މުސްކުޅިވުމުން ނުވަތަ އެނދުމަތިވުމުން އެމީހުން ބަލަން " ދުރުހިލޭ މީހުންނާ ހަވާލުކުރާތީ... ގިޔާމަތް ދުވަހުން އަހަރެމެންގެ ހުރިހާ އަމަލެއް ހިސާބުކުރެވޭނެކަން ޔަޤީން އެދުވަހުން ކޮންތާކަށްބާ ވަންނާނީ؟؟ ބައެއް (އުފަން ދަރިންވެސް އެމީހުންގެ މައިންބަފައިންނަށް ކަންތައްކުރަނީ މިހެން. ތިމާ މިދުނިޔޭގައި އަރާމުގަ މި އުޅެވެނީ އެމީހުންގެ ސަބަބުން ކަމެއް ހިތަކަށް ނާރާ. ޔާ ﷲ އަޅަމެންގެ މި މުޖުތަމަޢު އިސްލާހު ކޮށްދެއްވާށި! އާމީން.
މި ހާލަތުގައި އެބަލި މީހާގެ ޢާއިލާ ބޭފުޅުންނަށް ބުނެލަން އޭނާ މަރުވުމާ ހަމައަށް ތިބޭފުޅުންގެ ޒިންމާ ކެނޑިގެން ނުދާނެ އިނގޭތޯ!! އެވެސް މިދުނިޔެމަތިން އަދި ކުރިޔަށް އޮތީ... ވަޒީފާ ގެއްލިދާނެތީވެސް ބައެއް މީހުން އަޅާނުލާނެ. ހޮސްޕިޓަލުތަކުގަވެސް އެހާ ރަހުމުކުޑަ މީހުން މަސައްކަތް ކުރޭ. ސޮއިކޮށްފަ ނޫނީ ފިންގަރ ޕްރިންޓް ޖަހާލާފަ ގޮސް ޑިއުޓީ ގަޑީ ތިބޭނީ ގޭމު ކުޅެން. އެފަދަ މީހުންނަށް ވަރުގަދަ އިމްތިޙާނު ކުރިމަތި ކުރައްވަވާ ފިލާވަލެއްދެއްވާށި! އާމީން. ބަލިމީހުންނަށް، މުސްކުޅިންނަށް، ކުޑަކުދިންނަށް ، މައިންބަފައިންނަށް އޯގާތެރިވުމުގެ މުހިންމުކަމާ އޭގެ ދަރުމަ އިނގޭނަމަ އެހާ ކެއަރލެސް ނުވާނެ. ތިމާމެންގެ ޒިންމާވެސް ނޭންގޭ. ކީއްކުރާނީ އަދުގެ ހާލަތު.
ކަމާބެހޭ ހުރިހާ ފަރާތެއްގެ އިޙްމާލު މިކަމުގައި ބޮޑެވެ. ބަލި މީހުންތަކެއް ތިބޭ ތަނެއްގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ނުކުރުމަކީ އިންސާނިއްޔަތަށް ކުރާ ޤަދަރަށް ވެވޭ އިހާނެތި ކަމެކެވެ.
ކަމާބެހޭ ހުރިހާ ފަރާތެއްގެ އިޙްމާލު މިކަމުގައި ބޮޑެވެ. ބަލި މީހުންތަކެއް ތިބޭ ތަނެއްގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ނުކުރުމަކީ ވަރަށް ވެސް ބޮޑު އިހްމާލެކެވެ.
މަ ނުގެންދާތި ތިތަނަށް،،،،
ޢެތަނަށް ގެންދާ މީހުން ހަމަ މަރާލަނީ.. ނުބަލާ ރަނގަޅު ނަރުހެއް ވެސް އުޅެފާނެ . ޢެކަމުކު އަޅާނުލާ ނަރުހުން ބައިވަރު.
ތިތަނަށް ނުނިދާ ރަގަޅު ސަރަނގެއް ލާން ވެއްޖެ
ނުރައްކާތެރި ބައްޔެއް ކަމަށް ބުނެ ހީލަތްތެރި ކަމުގެ މަޅީގައި ޖައްސާލައިގެން ގެންގޮސް ފެޓާލިޓީ ވޯޑު ތަކުގައި ކުރާ އަނިޔާ ފާޅާ އަރަނީ 😆
އަދި އެހާވަރަށް ވަނަވާރާ ކަންކަން އޮންނަނީ ސިއްރު ކުރެވިފައި. ވަޅުލެވެނީ ކާކުކަންވެސް ވަޅުލެވުނު ކަމެއް ވެސް ނޭނގި ވީނުވީއެއް ނޭނގި ގެއްލުވާލަނީ...
ޑރ ނަރުހުން ތިތަނުގައި މަސައްކަތްކުރަނީ އެލަވަންސަށް 500 ރުފިޔާ ލިބޭތީ އެހެންވީމަ އެމީހުން ބަލާނީ ބަންގާޅީއެއް އަތުންވިޔަސް މީހަކު މަދުވޭތޤ
ބަންގާޅިންނައް އެހީތެރިން ގޮތުގަ ދެވޭ ތިތަނައް މިއުޅެނީ އަމިއްލަ މަންމަ ބަލިވެގެން ތިތަނައް ގެންދިޔައީމަ ނުދެވިގެން.
ބޭރު މީހުން މިތަނަށް ފޮނުވަން މިޖެހެނީ ދިވެހިން ފެއިލްވީމާ. ބިދޭސީން އުޅޭތީ ހަޅޭއްލަވާއިރު މައިންބަފައިން ބަލަން ފޮނުވަން މިޖެހެނީ ބިދޭސީއެއް. އަދި މިކަމުގައި ތިޔަކަން އިންތިޒާމުކޮށް ތިތަން ބަލަހައްޓަން ތިބި މީހުންގެ ދައުރު ވަކިކުޑައެއް ނޫން. ބޮޑެތި ބަލިމީހުން ކައިރީގައި ތިބެންވާނީ ތަމްރީނު ދީފައި ތިބޭ ބަޔަކު. ކޮވިޑް އޮވެގެން އަހަރުވެގެން ދިޔައިރު މިފަދަ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ބަލިމީހުންގެ ކައިރީގައި ތިބޭނެ ތަރުޖަމާނަކުވެސް ހޯދިފައިއެއް ނެތްތާނގައި ނަރުހުންނަށް އެހީތެރިވުމަށް ބަޔަކު މީހުންނަށް ތަމްރީނެއްހާ ހިސާބުވެސް ހިންގާލެވިފައި ނެތް. ކުރީގައި ވިއްޔާ ކޮމިއުނިޓީ ހެލްތު ވޯކަރޭ ކިޔާ ބަޔަކު ތިބޭނެ. ހައްތާވެސް ގޮވަނީ މީހުން މަދޭމަދޭ. މިހެން ގޮވައިގެން މީހުން އިތުރުވާކަމެއް ނުދެނަހުރިން.
އާރކަމް އެސައިލަމް
ތިޔައިން ބޭފުޅެއްގެ ބައްޕައަށް އަނިޔާކުރިނަމަވެސް ތިހެންތޯ ވިދާޅުވާނީ. ބަލަމުންދާކަމަށްތޯ. ވަގުތުން ވަގުތަށް ަ. އެމީހަކު ހައްޔަރުކޮށް ލިބިފައިވާ ބާރު ވަގުތުންވަގުތަށް ތަންފީޒުކުރާނެކަން ޔަޤީން.
އެބިދޭސީ މީހާ ހައްޔަރުކޮށް ދަޢުވާކޮށް އަދަބު ދެވެންޖެހޭ ަ. އެހހެން މީހުންނަށްވެސް ޢިބްރަތަކަށް
އެފް ބީގައި ،އެބަލިމީހާގެ މައުލޫމާތު އެނގޭ މީހަކު ބުނެފައިވާގޮތުން އެއީ ނުކުޅެދުންތެރިކަން ހުންނަ ބަލޮމީހެއް
އެއި ދަރިޔަކު ހުރިމީހެއްނޫން. އެމީހާ ބަލާބަލަހައްޓަން ބަންގާލިއެއް ހަމަޖައްސާފަ އެވަނީ އާއިލާއިން ކަމައް ވެސް ބުނެފައިވޭ. ކޮންމެގޮތެއގާނަމަވެސް ދައުލަތުގެ ކަމާބެހޭ މުއައްސަސާ ނުވަތަ ތަނެއްގަ އޮތް އެފަދަ ބަލިމީހަކާ މެދު
އެވަރު އިހާނެތިކޮށް ކަންތައް ކުރަމުންދާްިރު އއތަނުގަ ތިބޭކަމާބެހޭ މީހުންނައް ނޭންގިނުދާނެކަން ކަށަވަރު. އެއީބަލަންޖެހޭކަމެއް . އަދި އެނގިތިބެ އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅެންޖެހޭނެ ކަމެއް. ވަކިކަމެއްގެ ވާހަކަދެއްކުމެއްނެތް މުޅިގައުމުގެ ކަންކަން ފާލުންނެއްޓި ދައުލަތެއްގެ ސިފަވަންތަ ކަންގެއްލިއްޖެ. ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން ހިތްދަތި ކަމާއެކު ހިތާމަ ކުރަން. ޙަސްބުނައްﷲ ވަނިއުމަލްވަކީލް
ހުޅުމާލެ ހޮސްޕިޓަލް ފެސިލިޓީއަށް އެހީތެރިންނެތް ނުވެއްދެޔޯ ކިޔާތީއިވޭ... މިމީހާ ވެއްދިގެން މިއުޅެނީ ޚާއްސަ ހުއްދައެއްގެ ދަށުންތޯ
އަހަރެން ތިތީ ތިމަންޒަރު ބަލަން ނެތްކަން އެއީ ތިޔަބޭރުމީހާގެ ނަސީބު.
ތިތާގަ ތިބީ ބޭރުނަރުހުން ކަންނޭގެ
އެހެންޏާ ފަހެ ނަރުހުންގެ ސަމާލު ކަމައް އަނިޔާ ވާހަކަ ބުނުމުން އަޅާނުލީތީ އެމީހުންހުންވެސް ކުއްވެރި ވާންޖެހޭނެ
މިއޮތީ ޒަމާން ބަދަލުވެފަ، ޓްވިތަރު ނެތިއްޔާ ސަރުކާރުން އެއްވެސް ކަމެއް ނުބަލާ ހިސާބަށް ކަނުވެފަ.