އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވަންވީ ސ. ފޭދޫގައި ކަމަށް އެ ދާއިރާގެ މެމްބަރު އިބްރާހިމް ނިހާދު ރޭ ވިދާޅުވެއްޖެއެވެ.

އައްޑޫގައި ކޮންސިއުލޭޓެއް ގާއިމް ކުރުމަށް އިންޑިއާ ސަރުކާރުގެ ކެބިނެޓުން ފާސް ކުރި ނަމަވެސް އެކަމުގައި ދިވެހި ސަރުކާރުން އަދި ގޮތެއް ނުނިންމައެވެ. ކޮންސިއުލޭޓް ހުޅުވުމާ ދެކޮޅަށް މީސް މީޑިއާގައި ވަނީ "ސޭވް އައްޑޫ" ގެ ކެމްޕޭނެއް ވެސް ފަށައިފައެވެ.

ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާއަކީ ޒަމާންވީ އެކުވެރި ގައުމެއް ކަމަށާއި އެހީތެރިކަމަށް އެދޭ ކޮންމެ ހާލަތެއްގައި އެންމެ ގާތުން އެހީވަނީ އިންޑިއާ އިން ކަމަށެވެ. އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫ ސިޓީގައި ހުޅުވިގެން ދިއުން ވާނީ ދެކުނުގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށް ކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.

"އިންޑިއާ އަކީ ޒަމާންވީ އެކުވެރިއެއް. އެހީތެރިކަމަށް އެދޭ ކޮންމެ ހާލަތެއްގައި އެންމެ ގާތުން އެހީވާ އަވަށްޓެރިޔާ. އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫ ސިޓީގައި ހުޅުވިގެން ދިއުން ވާނީ ދެކުނުގެ ހުރިހާ ރައްޔިތުންނަށް ލިބިގެން ދާނެ ވަރަށްބޮޑު ފަސޭހަ އަކަށް" ނިހާދު ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ އެ އޮފީސް ފޭދޫ ގައި ހުޅުވައި ދިނުމަށް. ފޭދޫ އަކީ އެއާޕޯޓާ އިންވެގެން އޮތް އަވަށް ކަމުން އެ އަވަށަކީ މިކަމަށް އެންމެ ރަނގަޅު އަވަށް،"

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވަން އުޅޭކަމުގެ ވާހަކައާއެކު ގިނަ ބަޔަކު ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އޭގެ ތެރޭގައި އައްޑޫ އަށް އުފަން ގިނަ ބަޔަކު ވެސް ހިމެނެއެވެ.

ބައެއް މީހުން ބުނަމުންދާ ގޮތުގައި މިއީ އައްޑޫ ރައްޔިތުން އަޅުވެތި ކުރުމުގެ ބޭނުމުގައި އިންޑިއާ އިން ކުރަން އުޅޭ ކަމެކެވެ. އެކަމަކު އެކަމާ ހިޔާލު ތަފާތުވާ މީހުން ބުނާ ގޮތުގައި މިއީ ދެކުނު ރަށްތަކަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. 😁

  ގެރި ގާޑިޔާ

  16
 2. ގެރި

  ކަލޭ ބޮލު މެދުގަ ހުޅަވަބަލަ..

  21
 3. ބަބޫ

  މިކަހަލަ ތާކުންތާކު ނުޖެހޭ ބޯބުރާންތިން މިފަދަ މަގާމުތަކަށް ހޮވުނަކީ ކިހާ ނުރައްކާތެރިކަމެއް ކަމެއް މިހާރު ވިސްނޭނެ. ލާރިކޮޅަކަށް ވޯޓް ވިއްކާލުމުގެ ބަދަލުގައި ގާބިލު މީހާހޮވީމަ އަންބޮނޑި ވިއްކާނުލާނެ މިގޮތަށް.

  24
  1
 4. މޫސ

  ރިސޯޓްވޭޓަރުކަން ދެންމަޖްލިސްމެމްބަރ ކަން ކިހާމޮޅުވާނެ
  ބޯބުރާންތިތަށް

 5. Anonymous

  ފޭދޫގަތަ އިންޑޔާ މީހުން އެންމެ ގިނައީ؟. އިންޑިޔާ ކޮންސިއުލޭޓުން ޚިދްމަތ ްހޯދާނީ ހަމަ އެކަނި އިންޑިޔާ މީހުން. ދިވެހިންނަށް އެއްކަމެއްވެސް ކޮންދޭތަނެއްނޫން ތިއީ.

  10
 6. Anonymous

  ކިހާވަރެއް ނަގައިގެންތަ މިގައުމުން ބައެއް އިންޑިޔާ އަށް ދިނުމުގެ 2 ވަނަ ބޮޅު ތިއަޅަނީ؟ އައްޑު ރައްޔިތުން މެންބަރުންަށްހޮވީ އައްޑު ރައްޔިތުންނަށް ގައްދާރުވާނެ މީހުން ދޯ؟

  10
 7. ހަސަން/އައްޑޫ

  ނިހާދުގެ ގޭގައިހުޅުން މާރަގަޅުކަމަށް ފެނޭ!

 8. މ

  ޢައްޑު އެއްކޮށް ދީބަލަ އެރުން ކަލޭ މެންގެ ހިތް ފުރޭނީ

  12
 9. ދޮންކަލޯ

  ރޯނުއެދުރަށް ފުރަތަމަ އެގޭތަ ކޮންސިއުލޭޓް ހުޅުވާބޭނުން! ނި ހާދު ފުރަތަމަވީ އަސާސީ ތަޢުލީމު އުނގެނެން :ނުކިޔަވާތިއްބާ ތިފަދަމަޤާމުލިބުނީމާ
  ދެން ބުރުމާ އެނބުރޭނީ ” މޮޔަފުޅުވީތޯ“

 10. އައްޑޫ މީހާ

  ތީތި ސަޅި ކަލޭމެންގެ ގޭގައި ހުޅުވަންވީ ޕޮލިސް ޓްރެއިނިންގ ސްކޫލުގައި ހުޅުވައިގެން ނުވާނެ