ވިއްސާރަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެެރެފިއެެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ މިއަދު މެންދުރު 12:00 އިން ފެށިގެެން ހަވީރު 17:00 އާއި ހަމައަށް ރ. އަތޮޅުން ފެެށިގެން އައްޑޫސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފައެވެ.

މި ވަގުތުތަކުގައި އެ ސަރަހައްދުގައި ހިމެެނޭ އަތޮޅުތަތަކަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނެެއްގައި ވައި ޖެހޭނެ ކަމަށާއި، ކަނޑުތައް ގަދަވެ އުދަ އަރާފާނެ ކަމަށް ލަފާކުރެެވޭ ކަމަށްް މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެެ.

އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެެހޭނެ ކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެެންވާކަމަށާއި، ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

އަދި ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު އަންްނަނީ ކުރަމުންނެވެ.