ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުންނާ މެދު ނަފްރަތު އުފެދޭ ގޮތަށް އަމަލު ނުކުރެއްްވުމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އިލްތިމާސް ކުރައްވައިފިއެވެ.

އަލީ ޒާހިރު އެހެން އިލްތިމާސް ކުރައްވާފައިވަނީ ޓްވިޓާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ސަލާމަތީ ހިދުމަތްތަކުގެ އިސްބޭފުޅުން މަސައްކަތަށް ސީރޔަސްތޯ އަދި މުހިއްމު ބައްދަލުވުންތަކަށް ސިފައިން ވަޑައިނުގަންނަވާ ކަމަށް ބުނެ ޓްވިޓާގައި ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަލީ ޒާހިރު ވިދާޅުވީ، އެފަދަ އެއްވެސް މައްސަލައެއް ދިމާވެފައިނުވާނެ ކަމަށެވެ. ސިފައިންގެ އަގު ވައްޓާލަން މަސައްކަތް ނުކުރަން އަލީ ޒާހިރު އިލްތިމާސް ކުރެއްވިއެވެ.

"ސަލާމަތީ ހިދުމަތްތަކުގެ ބޭފުޅުންނާ މެދު ނަފްރަތު އުފައްދާ، އެ ބޭފުޅުންގެ އަގުވައްޓާލަންކުރާ މަސައްކަތް ހުއްޓާލަން ޖެހޭ" އަލީ ޒާހިރު ޓްވިޓާގައި ލިޔުއްވިއެވެ.

ސަލާމަތީބާރުތަކާއި މެދު ނަފްރަތު އުފައްދަން މަސައްކަތް ނުކުރުމަށް އަލީ ޒާހިރު އިލްތިމާސް ކުރައްވާފައިމިވަނީ، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު އެމްއެންޑީއެފަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ހަމަލާ އަށް ފަހު އެމްއެންޑީއެފްގެ އިންޓެލްޖެންސާ އާއި މެދުވެސް އެތައް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. ހަމަލާގެ އެއްވެސް މައުލޫމާތެއް ކުރިން ލިބިފައިނުވާ ކަމަށް ސިފައިން ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފުން ނަޝީދަށް ފޯރުކޮށްދެމުން ދިޔަ ސެކިއުރިޓީ ބަލިކަށިވި ގޮތުގެ އިންކުއަރީއެއް، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ކޮމިޓީ (241) އިން ދަނީ ކުރަމުންނެވެ. ކޮމިޓީގެ އަމާޒަކީ ޖޫން މަހުގެ ނިޔަލަށް ރިޕޯޓް ނިންމާލުމެވެ. އެ ހަމަލާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމަށް ސްޕެޝަލް ޕްރްޓެކްޝަން ގްރޫޕް (އެސްޕީޖީ) އަށް ވަނީ ބަދަލުތަކެއް ގެންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    ކަލެޭ ތިމަގަާމުގަ ތިއިނިީ ފިތުނަ ފަސަަާދަ އުފައްދަިގެން

    17
    • ބަލާއެެއް

      ސަރުކާރުގެ އިސް ސަފުގައި ތިބި އެތައް ބަޔަކީ އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގެ 'ޕޭ ރޯލް'ގައި ތިބި މީހުންނެވެ. އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑީގައި ހަަދައި، އައްޑޫއަށް ނިސްބަތްވާ މަޖުލިސްހަތް މެމްބަރުންނާއި އައްޑޫގެ މޭޔަރާއި އެކު އަށެއްކަ މީހުންގެ ތާއީދު އިންޑިއާއަށް އޮތުމުން އައްޑޫގައި ދެން ހިނގާނީ، ނުސީދާ ގޮތުގައި، އިންޑިއާގެ ވެރިކަމެވެ.

  2. އިސްލާލު

    ބަލަމީގެކުރިންވެސް ބަޔަކު ވެރިކަންކޮއްފަހިނގައްޖެ މިފަދަފާޑަކައް ތެޅޭބަޔަކުނުދެކެން ޑިފެންސުމިނިސްޓަރުނަށަނީ ޖެނެރެލުންވެސްނަށަނީ ތިތަނައްއެންމެގިނައިން އެއްޗެހިކިޔާ ގައުމްހިފަންގޮވި މީހުންލައިގެން ތިތަންނަފުތަތުކީއްކުރަން އަގެއްވެސްނެއް ތިޔައީމަގޭ ނަޒަރުގަ ޑިސްކޯއެއް. ހަރުކަށިފިކުރު ކޮބާ މަޑުކަށިފިކުރު ހުރިހާ މަޑުކަށި ޖަރުމަނުގަ ރައްޔަތުންގެތެރޭ ސިފައިންމެދުވެރިކޮއް ފިތުނައުފެއްދުންހުއްޓާލާ ކަލޭ ދާންވީ

    13
  3. ވެރިން

    ނުރަންގަޅު ކަމެއް ވެއްޖެއްޔާ ވަރަށް އަވަހަށް ދަސްވެސްކުރާނެ މީ އިންސާނި ތަބީއަތް، ދިފާއީބާރާ މީސްމީހުނާ މެދު ނަފްރަތު އުފެއްދުމަށާ އުފެދޭ ގޮތަށް ކަންތައް ކުރަންށާ ވާހަކަދައްކަން ދަސްކޮށް ދިނީ ޒާހިރުމެން ބައްތަތު ހިފާއިގެން ތިތިބި މީހުން "އެމްޑީޕީ މީހުން " އޭގެތެރެން ވެސް އަރާ ހުރިމީހެއް ދިފާއީ ބާރުގެ ވެރިޔަކަށް މިހާރު ހުރި މީހާ އަކީ، ޒާހިރު ހަދާން ނެތިއްޔާ ޔާމީނުގެ ވެރިކަމުގެ 5 އަހަރުގެ ހަބަރުތަކާ ނޫސްތަކާ އިންޓަ lolވިއުތައް ބަލާލާ. އެމީހުން ކުރިކަން ތައް އެމީހުނާ އައިސް އަރާ ހަމަކުރީމާ ހަޖަމު ނުކުރެވިގެން ތި އުޅެނީ

    17
  4. އަހުމަދު

    އަޑުތަށް އިވޭގޮތުގަ މިސަރުކާރު ހަލާކުކުރާ މީހުންގެ ތެރޭން އެކަކޯމީ އެއީ ތެދެއްތޯ؟

    10
  5. އާދަންބެ

    މަޖްލީހުގަ ކިތައް ގޮނޑި ތަމްސީލްކުރާ ޕާޓީއެއްގެ ބޭފުޅެއްތޯ މީ؟

  6. އަލީ

    ކަލޭ ތިޔައީ ފައްކާ މުނާފިގެއް ކަލޯމެން އެއްމެފުށަތަމަ ފިތުނަ ފަސާދައުފެއްދީ ކޮބާ ކަލޭމެން ދެއްކި ޑޮކިޔު މެންޓްތައް.

    10
  7. ެަހުމްދު

    ޕްލިސް އަދި ސިފައިން ތީ ހަމަ ދިވެހިރަތްޔަތުން އެއްމެ ރުޅިއަންނަ އެއްބައެއް ، ސަބަބަކީ ، ތިމީހުންނަކީ ޕްލިޓިކަލް ޕާޓީތަށް ހިމާޔަތްކޮށް ، ދިވެހި ނިކަމެތި ރަތްޔަތުންނަ އަނިޔާވެރިވާ ބައެއް ، ދުވަހަކުވެސް ދިވެހިރަތްޔަތުންގެ ހިތެއް ޕޮލިހުންނަކަށް ހެވެއްނުވާނެ، ނިކަމެތިންނަ އަނިޔާކުރުން ނުންކަމެއް ކުރާކަށް އެގޭބައެއްނުންތީ، މާލޭގެ އެކި ހިސާބުތަކުގަ ޑަރަގް ވިޔަފާރި އެކުރަނީ ފާޅުގަ ކޮބާބާ ތި ޕޮލިހުން ،

  8. އަނިލް

    ކަލޯ، ކަލޭމެން ދޯ ދިފާއިބާރާމެދު ނަފްރަތު އުފައްދާ، ހަޅޭލަވާ މަގުތަކަށްނިކުމެ އަޑުގަދަކޮއް ގޮވާ ހެދީ މިހާރު ދެންކޯއްޗެއް ކިޔާކަންތަ

    12
  9. ހުސެއިން ރަސީދު

    އަހަކަޅޯ ކިހިނެއް ތިވީ ، ތީ ވައްކަން ކުރާބަޔެއްކައިރީގައި ހުރެ ވައްކަން ނުކުރާށޭބުނުންކަހަލަކަމެއް.

  10. ލަބީބު

    ކަލޭތީ ޔާމީންގެ އަދި ނަޝީދުގެވެރިކަމުގައި އިސްވެ ތިކަންކުރި އެކަކު! ލަދުޙަޔާތުގެ ކަންފުޅުވެސް ކެނޑިފަ ތިހުރީ ޔާމީނަށް އެއްޗެތިގޮވައިދިނުމުގެ ބަދަލެއްގެގޮތުގައި ލިބުނު ނުއުފުލޭވަރުގެ މަޤާމަކާހުރެ!

  11. ކަނަމަނަ

    މަޖިލިހުންހުރިހާކަމަކައް އަތްބާނާތީ ތިހުރިހާކަމެއްވެސް ތިގޮތައްތިދަނީ