ކޮވިޑް-19 ޖެހިގެން އިތުރު އަންހެނަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވަނީ 84 އަހަރުގެ އަންހެނެކެވެ. އެއީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހެކެވެ. އެ މީހާ ނިޔާވެފައި ވަނީ މިއަދު މެންދުރު 14:35 ގައެވެ.

މިއީ މިއަދު ކޮވިޑްގައި ނިޔާވި ދެ ވަނަ މީހާ އެވެ. މިއަދު ފުރަތަމަ ކޮވިޑްގައި ނިޔާވެފައި ވަނީ 10 އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ނިޔާވފެފައި ވަނީ ރޭ 12:10 ގައެވެ.

މިއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 171 އަށް އަރާފައެވެ.

މިއީ މި މަސް ތެރޭގައި ރާއްޖެއިން އެ ބަލީގައި ނިޔާވި 10 ވަނަ މީހާ އެވެ.

ރާއްޖޭގައި ކޮވިޑްގައި ނިޔާވާ މިހުންގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް ފާއިތުވެދިޔަ މެއި މަަސް ތެރޭގައި ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދުތައް ރެކޯޑް މިންވަރަަކަށް މައްޗަށް ދިޔައެވެ. އެގޮތުން އެ މަހު ރާއްޖެއިން 88 މީހަކު އެ ބަލީގައި ނިޔާވިއެވެ.

ރާއްޖޭގައި ކޮވިޑް-19 އިންތިހާ އަށް ފެތުރި، ނުރައްކާ ބޮޑުވެފައިވާ އިރު، ކޮވިޑްގެ ވޭދަނަތައް މަދު ކުރުމަށް ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު