މަންމައާއި ބައްޕަގެ ކައިވެންޏަށް 50 އަހަރު ފުރިފައިވާކަމަށާއި އެއަހަރުތަކުގައި ކަންކަން ކޮށްފައިވާނީ އެންމެން ގުޅިގެން، އެކުގައި ކަމަށް ޖަލު ހުކުމެއް ތަންފީޛު ކުރަމުންދާ ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމްގެ ކޮއްކޮ އަދި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ، އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވެފައިވަނީ، އޭނާ ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށް، ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެރަސްމިއްޔާތުގައި، ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު އޭނާ ވިދާޅުވެފައިވަނީ މަންމައާއި ބައްޕަގެ ކައިވެންޏަށް 50 އަހަރު ފުރިފައިވާއިރު، އެކައިވެންޏަށް 10 ދަރިން ލިބިފައިވާކަމަށެވެ. އަދި، މި 10 ދަރިން ތަރުބިއްޔަތުކޮށް ބޮޑުކޮށްފައިވަނީ އެކުވެރިކަމާއެކު ގުޅިގެން، ކަންކަމުގައި ކުރިއަށް ދެވޭނެފަދަ ގޮތަކަށްކަމަށެވެ. އެހެންކަމުން، އޭނާގެ ބޭބެ މިނިވަން ކުރުމުގެ ކަންކަންވެސް ކުރަނީ، އެގޮތަށްކަމަށެވެ.

ހަމައެހެންމެ، ޖަލުގައި "އަނިޔާ" ލިބެމުންދާ އެހެން މީހުންވެސް ސަލާމަތްކުރާނެކަމަށް އޭނާ ބުނެފައިވެއެވެ.

ކާނަލް ނާޒިމް އަކީ ރައީސް ޔާމީނުގެ ވެރިކަމާއި ރައީސް ވަޙީދުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެއްކަމަށްވާއިރު، އޭނާއަށް ޖަލު ޙުކުމެއް ކުރައްވާފައިވަނީ ނުރައްކާތެރި ހަތިޔާރު ގެންގުޅުނުކަމުގެ ތުހުމަތުގައެވެ. އޭނާ ދިރިއުޅުއްވި ގެއިން، ނުރައްކާތެރި ހަތިޔާރު ފެނުންކަންވަނީ ސާބިތުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހަނދު

    އެހެންވެދޯ ކަލޯގެ ބޭބެބުނީ އެއްވެސް ޝަރުތަކާނުލާ އިސްތިއުފާއޭ ދަތްދޮޅިއޭ, ކަލޯގެ ބޭބެގެ ދިފާއުގަ ޖޭޕީ ކޮށްދިނީ ކޮންކަމެއތޭ! ފްރީ ނާޒިމު ޖަހައިގެން މަގުމަތީގަ އުޅުނީ ޖޭޕީތޭ! އަހުންނަށް އެނގޭ ތިބާގީންނާގުލޭނީ ބާގީންކަން ، ކަލޯ ޖޭޕީއަށް ދިއުމަކުން އެސްތީއޯގެ އެމްޑީކަން ލިބޭނެތޭ މަހަށްދޭބަލަ ގުޅިގެން ބޭބެސަލާމަތަކުރަން، މަހަށް މަހަށް މަހަށްދޭ