އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ކޮވިޑް-19 އަށް ފައްސިވެެއްޖެ އެވެ.

އެކަން ހާމަކޮށް މިއަދު އޭނާ ވަނީ ޓްވީޓެއް ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، ކޮވިޑަށް ފައްސިވުމަކީ އާދައިގެ ރޯގާއެއް ޖެހުން ފަދަ ކަމެއް ނޫން ކަމަށެވެ. އަދި މިހާރު ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފައްޔާޒް ކޮވިޑަށް ފައްސިވިކަން ހާމަކޮށްފައިވާއިރު، މީގެ ކުރިން މިދިޔަ މަސް ތެރޭގައި ނައިބް ރައީސް ފައިސަލް ނަސީމުވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ރާއްޖޭއިން މިހާތަަނަށް ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 67،950 އަށް އަރާފައެވެ. އޭގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބީ 19،670 މީހެކެވެ.

ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާްއިރު، އެ ބަލީގައި ނިޔާވާ މީހުންވެ އަދަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަންނި

  އޯނޯ. ވަރަށް ދެރަވެއްޖެ.

  5
  7
  • ގެރި

   ނުވޭ ދެރައެއް.. އަދިވެސް ރައްޔިތުންނަށް ޖެއްސުނު އުނދަގުލެއް ޖައްސާ

   6
   1
 2. ސަރާމް

  ހަތްދޭ ވަލު ވިއްސޭން ނުކުތް އެއްޗެއްނު ޖެހޭނީ !!

  4
  2
 3. ލާދީނީ

  އަހަ ރެމެންނަށް ކޮންކަމެއްތަ!!!!

  7
  4
 4. ޞޮނިބެ

  ޢަވަސް ސިފާއަކަށް އެދެން

  5
  4
 5. އ. ޖ. އ

  އަވަސް ޝިފާ އެއ އް މިންވަރު ކުރާ އްވާށި

  5
  3
 6. ޝައްފަ

  ސްޓްރެސް ބޮޑުވީ ދޯ.