20:03
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ހާއްސަ ފިޔަވަޅުތަކުގެ ދަށުން މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ސަރުކާރު އޮފީސްތައް ބަންދުވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ
Sarukaaru Office Thah Mi Mahu Ge 15 Aai Hama Ah Bandhuhttps://t.co/ppPuNNJwOH
— Vaguthu Online (@VaguthuOnline) June 8, 2021
17:50
ކޮވިޑް-19 ބަލީގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާއަށް ސިއްހީ އިދާރާތަކުން އިހުމާލުވެފައިވާ މިންވަރު ދެނެގަތުމަށް ކުރެވުނު ތަހުގީގުން ފާހަގަކުރެވުނު ކަންކަމުގެ އަލީގައި، މާލޭގައި އޮޕަރޭޓް ކުރާ އެމްބިއުލާންސްގެ އަދަދު އިތުރުކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
Mishka Niyaavun: Ambulance Ithurukoh HPA Ah Bodethi Badhalu Thakeh!https://t.co/qNiiFb65P4
— Vaguthu Online (@VaguthuOnline) June 8, 2021
16:53
ސްޓޫޑެންޓް ލޯން ދެއްކުން މި އަހަރުގެ ނިޔަލަށް ފަސް ކުރަން ސަރުކާރުން ނިންމައިފި.
BREAKING: Student Loan Dhekkun Mi Aharuge Niyalah Fas Kohffihttps://t.co/BZ3JH2lf1B
— Vaguthu Online (@VaguthuOnline) June 8, 2021
16:49
ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ރާއްޖެއަށް ލިބޭނީ ޖުލައި މަހުގައިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ހާމަކޮށްފި
BREAKING: Raajje Ah Vaccine Libeyne July Mahuhttps://t.co/bhdqJKmpsE
— Vaguthu Online (@VaguthuOnline) June 8, 2021
16:45
ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އިތުރު އެއް ހަފްތާއަށް އިތުރު ކުރަން ނިންމައިފި.
BREAKING: Ithuru 1 Hafthaa Ah Male Furabandhu Kohffihttps://t.co/16b33k9mBw
— Vaguthu Online (@VaguthuOnline) June 8, 2021
15:54
ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ހަމަ ދުވަހުގެ ތެރޭގައި ޖެހޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ
Covishield Vaccine Ge Dhevana Dose 6 Mas Thereygai Jeheyne- HPAhttps://t.co/MkqXstf2l0
— Vaguthu Online (@VaguthuOnline) June 8, 2021
15:04
ސްރީލަންކާގެ ޖަފްނާގެ މިސްކިތެއްގައި ހުކުރު ދުވަހު މިސްކިތުގައި ނަމާދަށް ތިބި ބަޔަކު އެގައުމުގެ ސިފައިން ގަދަކަމުން މިސްކިތުން ނެރެ، ކަރަންޓީނު ކޮށްފި.
Lanka Sifain Muslimun Miskithun Nere, Quarantine Kohffihttps://t.co/QiJHWtzQU3
— Vaguthu Online (@VaguthuOnline) June 8, 2021
11:21
އިންޑިއާ އިން އަނެއްކާ ވެސް ކޮވިޑް-19 ގެ ނުރައްކާތެރި ވޭރިއަންޓެއް ފެނިއްޖެ.
India In Anekkaa Ves Covid Ge Nurakkaatheri Variant Eh Fenijje https://t.co/NHRrSVdVwy
— Vaguthu Online (@VaguthuOnline) June 8, 2021
ކޮވިޑް-19 އަށް ދުނިޔެ އިން ދުވާލަކު ފައްސިވާ މީހުންގެ އަދަދު މިލިއަނަކާއި ގާތް ކުރި ދުވަސް ދުވަސް ވެސް ހިނގައްޖެއެވެ. ނަމަވެސް މިހާރު ފެންނަނީ ގިނަ ގައުމުތަކުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެ ދުވާލަކު ފައްސިވާ މީހުންގެ އަދަދު ތިން ލައްކައަށް ވެއްޓިފައިވާ މަންޒަރެވެ.
ނަމަވެސް މިއީ "ވަގުތީ ހިތްހަމަޖެހުމަކަށް ވެދާނެ" ކަމަށް ބައެއް ތަޖުރިބާކާރުން ވިދާޅުވެއެވެ. މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ބައެއް ގައުމުތަކުގައި ދަށަށް ގޮސްފައިވާ އެއް ސަބަބަކީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވުން ކަމަށާއި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ނުދީ ގައުމުތައް ހުޅުވާލައިފިނަމަ އަނެއްކާވެސް ކުރީގެ ހާލަތައް ހިނގައިދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ދެކެއެވެ.
ހާލަތު އެންމެ ގޯސްވި އެމެރިކާ އިން އިއްޔެ ފައްސިވީ ހަހާހަސް މީހުންނެވެ. މިއީ ދުވާލަކު ތިން ލައްކައަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވި އެމެރިކާގެ ހާލަތު މިހާރު ވަރަށް ބޮޑަށް ރަނގަޅުވެފައި އޮތްކަމުގެ ހެއްކެކެވެ. ނަމަވެސް އަދިވެސް އިންޑިއާގެ ހާލަތު އެންމެ ރަނގަޅެއް ނުވެއެވެ. އިއްޔެ ވެސް އިންޑިއާ އިން 64000 އަށްވުރެ ގިނަ މީހުން ފައްސިވިއެވެ.
ރާއްޖޭގެ ހާލަތައް ބަލާއިރު އިތުރު 552 މީހުން އިއްޔެ ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 5043 މީހުންނެވެ. އެހެންކަމުން ޓެސްޓް ކުރި މީހުންގެ ތެރެއިން %11 މީހުން ވަނީ މިއަދު ފައްސިވެފައެވެ. އިއްޔެ ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވީ %8 މީހުންނެވެ.
މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އިއްޔެއަށްވުރެ މަދުވި ނަމަވެސް މިހާރު ކޮވިޑް ޖެހިފައި ތިބި މީހުން ނުވަތަ އެކްޓިވް ކޭސްގެ އަދަދު މިއަދު ވަނީ 18462 އަށް މަދުވެފައެވެ. މިއަދަކީ އެކްޓިވް ކޭސްގެ އަދަދު މެއި މަހުގެ 19 ވަނަ ދުވަހަށްފަހު އެންމެ މަދުވި ދުވަހެވެ.
ކޮވިޑް ޖެހިގެން އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު މިހާރު ވަނީ 164 އަށް މަދުވެފައެވެ. މިއަދަކީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު މެއި މަހުގެ 01 ވަނަ ދުވަހަށް ފަހު އެންމެ މަދުވި ދުވަހެވެ.
BREAKING NEWS: Ithuru 552 Meehun Covid Ah Fassivejje https://t.co/5lGTxtTclM
— Vaguthu Online (@VaguthuOnline) June 7, 2021
Fuvahmulakugai Covid Jehifai 202 Meehaku!https://t.co/0YBAbsWSod
— Vaguthu Online (@VaguthuOnline) June 7, 2021
BREAKING: Covid Jehigen Miadhu 3 Vana Meehaku Niyaa Vehjjehttps://t.co/NI2vzE7xDi
— Vaguthu Online (@VaguthuOnline) June 7, 2021
BREAKING | Gadhdhoo In Record Adhadhakah Meehun Covid Ah Fassi Vejjehttps://t.co/XkMTY6M4Ps
— Vaguthu Online (@VaguthuOnline) June 7, 2021
ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
ޕީޕީ ކުދިން މުޒާހިރާ އެއް ޖައްސަން މިހާރު ރާވާނެ.
ރީނދޫ ގުންޑާއިން ޕާޓީ ކުރަން ފަށަންވީ އަވަހަށް.