މާލޭގެ ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް މާލެ ސިޓީ ކައުންސިލުން ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
މި ބައްދަލުވުން އޮންނާނީ އަންގާރަ ދުވަހުގެ ރޭ 08:30 ގައި އެވެ.
"މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ޙިޔާލު ހޯދުމުގެ އޮންލައިން ބައްދަލުވުން"ގައި ބައިވެރިވުމަށް މިހާރު މާލޭގެ ރައްޔިތުންނަށް ވަނީ ދައުވަތު އަރުވާފައެވެ.
މިއީ އޮންލައިން ބައްދަލުވުމެކެވެ.
މާލެ ރައްޔިތުންގެ ޚިޔާލު ހޯދަން ސިޓީ ކައުންސިލްގެ އޮންލައިން ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.
ޑރ. މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން މާލެ ސިޓީގެ ރައްޔިތުންގެ އަޑުއެއްސެއްވުމަށް އެ މީހުންގެ ގާތަށް ވަޑައިގަންނަވާ މަންޒަރު ފެންނަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ.
މުއިއްޒު މީ ގަދަ ގޮލައެއް.
ކީއް ކުރަން ހިޔާލު ހޯދާކަށް. އައްޑޫ ވެސް އިންޑިޔާއަށް ވިއްކާލީ ެ. ރައްޔަތުންގެ ހިޔާލު ހޯދައިގެނެއް ނޫން. މަކަރާ އޮޅުވާލުމެއް ގެ ތެރޭން ކޮއް ނިއްމާލީ