އެތެރޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ލީޑާޝިޕްގެ ގުޅުން ބަދަހިކަމުގެ ނަމޫނާ ފެންނަނީ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ކޯލިޝަނުން ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ސަރުކާރާއި އެމްޑީޕީގެ ގުޅުުން ހީނަރު ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވުމާ ގުޅިގެން ރާއްޖޭގައި ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއް ޓްވިޓާގައި ޚިއްސާ ކުރައްވަމުންނެވެ.

އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވެފައި މިވަނީ، މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ، އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް މަޖިލީހުގައި ފެށި އިންކުއަރީއަށް ވަކިވަކި ސިފައިން ދެކޮޅު ހެދި ހިސާބުންނެވެ.

އެމްޑީޕީގެ ލީޑާޝިޕް ބައިބައިވެ ބަހުގެ ހަމަލާތަކެއް ރައްދު ކުރަމުންދާ މި ދަނޑިވަޅުގައި، އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ އުއްމީދަކީ ޕީޕީއެމާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިޚާބު ކުރުން ކަމަށެވެ.

"އެންމެ ޑިމޮކްރަޓިކް އަދި އެތެރޭގެ ޑިމޮކްރަސީ އެންމެ ހަރުދަނާ، ލީޑާޝިޕްގެ ގުޅުން އެންމެ ބަދަހީ ރައީސް ޔާމީންގެ ޒައާމަތުގައި ހިންގަމުންދާ ޕީޕީއެމް ޕީއެންސީ،" ކުރީގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި އާދަމް ޝަރީފް ލިޔުއްވާފައިވެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމާއި ޕީއެންސީގެ ފަރާތުން ވާދަކުރައްވާނީ ރައީސް ޔާމީން ކަމުގައި އެ ކޯލިޝަންގެ ޖޮއިންޓް ކައުންސިލުން ފާސްކުރި ނަމަވެސް ރައީސް ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

މި ވަގުތު ގޭބަންދުގައި ހުންނެވި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކުރީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި އުފުލުނު މަނީ ލޯންޑަރިންގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެގެންނެވެ.

މި ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކުރިއިރު، ރައީސް ޔާމީންގެ ފަރާތްޕުޅުން މައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ޔާމީނަށް ކުރާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

ރައީސް ޔާމީނަށް ވާދަނުކުރެވޭ ގޮތް ވެއްޖެ ނަމަ ދެން ޕީޕީއެމާއި ޕީއެންސީން ވާދަކުރާނެ ކެންޑިޑޭޓެއް އަދި ނުނިންމައެވެ. ދެ ޕާޓީގެ ލީޑާޝިޕުން އަދިވެސް ވިދާޅުވަނީ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ދަތްދޮޅި

  އެހެންވެ ދޯ 60 ޕާޓީ އުފެދުނީ

  7
  4
 2. ދަރަނި ދަންތުރަ

  ކެނެރީގޭ ނަސީދަކީ ދެވަނަ މުގާބޭ ، ޑިމޮކުރަސީގެ ދޮންބައްޕަ ދެވަނަ ހިޓުލަރ

  14
  1
 3. ބޮކި

  ލީޑާޝިޕް ގައި ތިބީ ހުސް ވަގުން

  7
  13
 4. ސެންޗޯ

  އެއީ ހަމަ އެކަނި ދަށުން ދަމައިގެން ކާން ބޭނުންވާ ކުދިން ކޮޅު އެކަނި އަދި މިހާރު ޕާޓީގައި ތިބީވެސްް އެކުދިންކޮޅު އެކަނި

 5. އަލީ

  ބޮކި . ދެލޯކަނުވެފަދޯ!! މޑޕ ވެއްޖެއްޔާ ދެލޯ ކަނުވާނެ އަޑުއިވޭނީ ގޮނޑީގަޖަހާކޮޅުން. . ހެހެހެ

  2
  1
 6. ޙުކުމަލެ

  އެހެންވެގެންތޯ 150 ޕާޓީ ވުޖޫދުވީ؟

  3
  4
 7. ކާފަބޭ2020

  އަލިނުވާބޮކިދިއްލައިގެން މީހުނަށްވަގަގޮވިވަރަކުންދޯ ޖޭޕީތެރެއިން ޚައިރާތެއްލިބެނީ ! ތިޔަބޮކިދިއްލައިގެންއަލިވާނަމަ މިސަރުކާރުން ނޭވާހޮޅިންކުރި ވައްކަންފެނުނީސް! 5 އަހަރުތެރޭނުހޯދުނުވަރަށް 2 އަހަރު ތެރޭ ޑޮލަރު ހިލޭއެހީގެގޮތުގައިހޯދިކަމަށްބުނިޑޮލަރުތަކުން ކުރިކަމެއްނުފެނުނީ ތިޔަބޮކިންއަލިނުވާތީތޯ؟ ނޫނީ ގިނައިން މީހުނަށްވަގަށްގޮވައިދިނީމަ ޖޭޕީން ކަމިޝަންދެނީތޯ؟

 8. އަލީ

  150 ޕާޓީކިޔާނެކަ މެނެތް މޑޕއޮތީކިތައްބައިވެފަތޯ