އެމްޑީޕީގައި ލީޑާޝީޕްގައި ފެށުނީއްސުރެ ތިއްބެވި ބައެއް މީހުންނަށް ވުރެ ވެސް ގިނަ މަސައްކަތް އެ ޕާޓީއަށް ކޮށްދެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ރޭ ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ މައި ޕާޓީ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕާޓީގެ އެތެރޭގައި ޚިޔާލު ތަފާތުވުން ބޮޑުވެފައިވާ މި ދަނޑިވަޅުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުންނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަޕޯޓަރުން ދަނީ ބަހުގެ ހަމަލާތައް ބަދަލު ކުރެވެމުންނެވެ. ބައެއް ސަޕޯޓަރުން ދަނީ ޕާޓީގެ ލިޑާޝިޕް އެއްބައިވާން ގޮވާލަމުންނެވެ.

މި ގޮތަށް އާންމުންގެ ބައެއް މީހުން ކޮށްފައިވާ ޓްވީޓްތަކާއި ސުވާލުތަކަށް ރޮޒެއިނާ ޖަވާބުދެއްވާފައިވެއެވެ.

މި ގޮތުން އާންމުންގެ މީހަކު ކޮށްފައިވާ ޓްވީޓަކާ ގުޅިގެން ރޮޒެއިނާ ވިދާޅުވީ އެމްޑީޕީ އުފެއްދުމުގައި އޭނާ ބައިވެރިވެވަޑައިނުގެންނެވި ނަމަވެސް އޭނާގެ ސިޔާސީ ހަޔާތުގައި އެންމެ ގިނަ ދުވަސް ހޭދަކުރެއްވީ އެމްޑީޕީގައި ކަމަށެވެ. އަދި އެމްޑީޕީގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.

"ފެށުނީއްސުރެ އެމްޑީޕީގައި ތިބި ބައެއް މީހުނަށް ވުރެ ގިނަ މަސައްކަތްތައް ވެސް ކޮށްދެވިއްޖެ،" ޑީއާރުޕީން ސިޔާސީ ހަޔާތް ފެއްޓެވުމަށް ފަހު، 2013 ގައި އެމްޑީޕީއާ ގުޅިވަޑައިގަތް ރޮޒެއިނާ ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ރޮޒެއިނާ ވިދާޅުވި ގޮތުގައި އެމްޑީޕީއާ ގުޅިވަޑައިގަތީ އެ ޕާޓީއަކީ ޑީމޮކްރަސީއަށް މަސައްކަތް ކުރެވޭނެ ރާއްޖޭގައި އޮތް އެންމެ ރަނގަޅު ޕްލެޓްފޯމް ކަމުގައި ދެކެވަޑައިގެންނެވެ.

"އަޅުގަނޑަކީ އެއްވެސް އިރެއްގައި ކަލްޓް ސިސްޓަމް ގަބޫލު ކުރާނެ މީހެއް ނޫން، ކިޔާހާ އެއްޗަކަށް ޔެސް ސަރ ޔެސް މެޑަމް ކިޔާނެ ބަޔަކު ތިބެދާނެ، އެކަމަކު ޕާޓީ ހިންގަންވާނީ ޕާޓީ އަސާސީ ގަވާއިދާއި ޑިމޮކްރަޓިކްކޮށް،" ރޮޒެއިނާގެ ޓްވީޓެއްގައިވެއެވެ.

 

އެމްޑީޕީގައި ރޮޒެއިނާ ކުރެއްވި މަސައްކަތްތަކަކީ ކޮބައިތޯ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ އެމްޑީޕީ އިދިކޮޅު ފަރާތެއްގެ ގޮތުގައި އޮތްއިރު އޭނާގެ މަސައްކަތް ޚިއްސާކޮށްފައިވާނީ އެ ޕާޓީއަށް އެންމެ ބޭނުން ޖެހިފައި އޮތް ދުވަސްވަރުގައެވެ.

"ޑީއާރުޕީން އައި ގިނަ ބަޔަކު އެމްޑީޕީއާ ގުޅުނީ އެމްޑީޕީގެ ރަން ޒަމާނުގައި އެމްޑީޕީ ވެރިކަމުގައި، އެމްޑީޕީ އެންމެ ބަލިކަށި ދުވަހަކު ނޫން، އަޅުގަނޑު އެމްޑީޕީއާ ގުޅުނީ ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވިއިރު، އެއީ ތަފާތަކީ،" ރޮޒެއިނާ ލިޔުއްވާފައިވެއެވެ.

ރޮޒެއިނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑީޕީއަށް އިންތިޚާބުތައް ކާމިޔާބުކޮށްދޭން ވެސް އޭނާއަށް ކުރެއްވެން ހުރި މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށެވެ.

އެމްޑީޕީގެ ތާރީޚުގައި އެ ޕާޓީއަށް އެންމެ ބޮޑު ކާމިޔާބީތަކެއް ހޯދާފައި ވަނީ ވެސް އެންމެ ފަހުން ބޭއްވި އިންތިޚާބުތަކުގައެވެ. އެއީ 2017 ގެ ކައުންސިލް އިންތިޚާބާއި، 2018 ގެ ރިޔާސީ އިންތިޚާބާއި، 2019 ގެ މަޖިލިސް އިންތިޚާބުގައެވެ.

މި އިންތިޚާބުތައް ކާމިޔާބުވީ ނަޝީދު ނޫނީ ރައީސް ސޯލިހް ކުރި މަސައްކަތެއްގެ ގޮތުގައި އެއް ބަޔަކު ސިފަކުރާ އިރު، ބައެއް ފަރާތްތަކުން ދަނީ އެއީ އެތައް ބައެއްގެ ބުރަ މަސައްކަތް ކަމާއި ވަކި ބަޔަކަށް އޭގެ ކްރެޑިޓް ނުނެގޭނެ ކަމުގައި ބުނަމުންނެވެ.

އެމްޑީޕީގެ އެތޭރެގެ މަސްރަހު އަލުން ހޫނުވެގެން ދިޔައީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ފޫއަލުވާލި ގޮތުގެ މައްޗަށް މަޖިލީހުގައި ހިންގާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ކުރަން ސަރުކާރުން ދެކޮޅު ހެދި ހިސާބުންނެވެ.

ފަހުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް ވަކި ވަކި ސިފައިން ހާޒިރު ކުރި ނަމަވެސް، ރައީސް ނަޝީދު ބޭނުންފުޅުވާ ބައެއް ކަންކަން މަޖިލީހުގެ ތެރެއިން ހަމަނުޖެހިދާ އިރަށް އިތުރު ބަހުގެ ހަމަލާތައް ރައްދު ކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Juhaa

    އަންނިއަށް މަލާމާތްކޮށް ހަޖޫ ޖަހާފައި ޅިޔަންބެގެ ފަހަތުން ގޮސް އެމް.ޑީ.ޕީއާ ގުޅުނީ. ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް އަންހެނެއް.

    32
    3
    • އަންނީނި

      މޑޕ އަކީ އަންނިތަ. އަންނިއާ ދިމާލަށް އެެއްޗެއް ނުބުނެވޭނެތަ؟

  2. ހުސޭނުބޭ

    ކޮށްދިން މަސައްކަތްތަކުގެ ތެރޭގައި ގޭދޮށް ކުނިކަހައިދިނުން، ތެލިދޮވެދިނުން، ވަޅުދިޔަ ހިއްކާދިނުން، މަސްކަނޑާދިނުން، ކުދިން ފެންވަރުވާދިނުން ހިމެނޭ

    21
    1
  3. ރަދީފް

    ކަލޭ ވާހަކަ ނުދައްކާ އެނގިއްޖެ.

    20
    4
  4. ބޯގޯސް

    ޔާމީނު އާ ދިމާލަ އް ފެލުންނޫން ކޮންކަމެ އް ކަލޭކުރީ ބުނެބަލަ

    29
    2
  5. އަލީ

    ރޮޒޭނާއައް ތިޔަހުރެނީ ނަމުން ޑިމޮކްރިޓިކް ކަމުން މިރާއްޖޭގައިއޮތް އެއްމެ ހޮދުމުހުތާރު ޕާޓީއާއެކު ރޮޒޭ ހާދަ ގޮތެއް ފޮތެއް ނެތޭމިހާރުދޯ.

    25
    3
  6. އުޒްލާންޓެ

    ޢެހެންތޭ؟؟ ދެން އެެހެން ވީރު ވާވޥަރަށް މަސައްކަތް ކުރެ ވިފައި ތިހުރީ. ދެން ކެނޑެން ވީނު!!

    25
    2
  7. ރަ ޙީމް ބެ

    މި ދަނޑިވަޅު ގައި 2 ފަރާތް މައިތިރި ކުރުމަށްޓަކައި 2 ފަރާތު ގެ މެދަށް ޓިނު ޖަހަން ބޭނުންވެއްޖެ ނަމަ އެކަން ހިލޭ ކޮށްދޭން އަޅުގަނޑު ހުރީ އެހީވާން ރެޑީ އަށް!

    13
  8. ކުޑޫ

    ކަލަ ގޮވަނީ. ތަން ފަސާދަކުރާ ފަސާދިސްޓެއް ތިއީ. ރައްކާވޭ

    24
    3
  9. ނިޒާރު

    ޔަގީންހަމަ ރޮޒޭއަށް ކޮށްދެވިއްޖެ. އީވާމެން ތިބެނީ ޝާހީ ހެދިގެން މޮޅެތި ވާހަކަ ދައްކަން. ކަންކުރަނީ ރޮޒޭމެން. ޑިމޮކްރަސީ ފައުންޑޭޝަން އަޅަން ސިމެންތި ގަށަން އުޅުނަކަސް ނުވާނެ. މިހާރުހުރީ ރައީސް ކަމަށް އަރުވަޖަހައިގެން ޝާހީ ކަމަނަ

  10. އައިސް

    ކަލެޔާ ހަމްޒާ ޔާ ތީ އެއްބަޔެއްކަން އިގޭ، ސޯލިހު ފެކްޝަން. ކެއްސެއް މީހަކައްދީފިއްޔަ އެކެހިތިމާއައްވެސް ކޮންމެސް ސިފަޔެއްގަ އަރާ ހަމަ ކުރާނެ.

  11. ޙާކިމާ

    ރަގަޅު މީހެއް އަމިއްލައަށް ތިކަހަލަ ވާހަކަ ނުދައްކާނެ.

  12. ލޫޓުވާ

    އެމްޑިޕީއަކީވެސް ޔެސްސަރ ޔެސްސަރ ކިޔާ ޕާޓީއެއް. ލާދީނީ މީހާ ބޭނުންނުވާ ގޮތަކަށް އެޕާޓިއެއް ނުހިނގާނެ.

    3
    1