މާލޭގެ މިސްކިތްތަކުގެ ތެރޭގައި މަސްތުހާލަތުގައި ތިބި 15 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރެކޯޑް އޮންނަ ކުށުގެ ވެށީގައި އުޅޭ މީހުންގެ ތެރެއިން، ބޭނުމެއް ނެތި މިސްކިތްތަކަށް ވަދެ، އަދި މަސްތުގެ ހާލަތުގައި ތިބިކަމަށް ތުހުމަތު ކުރެވޭ 15 މީހަކު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި، މި މީހުންގެ ބަންދާއި މެެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ހަތް މީހުން ރިމާންޑް ސެންޓަރުގައި 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވެއެވެ. އަދި އަށް މީހަކު ކަސްޓޯޑިއަލް ޖަލެއްގައި ތިން ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮވިޑާއި ގުޅިގެން މިސްކިތްތަކުގެ ޖަމާއަތްތައް މެދު ކަނޑާލިފަހުން އެތަންތަނުގެ ހުރުމަތް ކެނޑޭނެ ގޮތަށް ހަތިމުގައި މަސްތުވާތަކެތި ފޮރުވުމާއި، ބޭނުން ކުރާ މައްސަލަތައް ވަނީ އިތުރުވެފައެވެ. މިކަންކަން ހުއްޓުވުމަށް ފުލުހުން މިހާރު އަންނަނީ ކޮންމެ ރެއަކުވެސް މިސްކިތްތައް ބަލަމުންނެވެ. އަދި ހުރުމަތް ކެނޑޭ ގޮތަށް އެ ތަންތަން ބޭނުންކުރާ މީހުން ފޮނުވާލުމުގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަމުންނެވެ.
މިހާރުފެންނަމުންމިދަނީ އަނެއްދި ވެހިރާއްޖެ!
ކަމެއް ހައްލު ކޮއްލެވެނީ މީޑިއާގަ ޖަހަލީމަ.. ފުލުހުން ކުރާ ކަަންކަމީ.. ލާދީނީ މީހުން ދިފާއު ކުރުން، ނިކަމެތި ރައްޔިތުން ހިތި ނިކުންނަދެން ފެލާލުން
އެހެންތާވާނީ 65 ގެ އަގުލަބިއްޔަތު އޮތް މަޖްލޫސް އަކުން ސަރުކާރު ހިންގާފައި އިސްލާމިކް މިނިސްޓްރީ ހައިޖެލް ކޮށްފަ ނަމާދުކުރާ މީހުން މިސްކިތްތަކުން ނެރެ ފުލުހުން ލައްވާ ފުލުފުލުން ޖޫރިމަނާ ކޮށްފަ ޑްރަގްބޯ މީހުންނަށް ޑްރަގްބޯން މިސްކިތްތައް ހުސްކޮށްދިނީ. ޖޫރިމަނާ ކުރަންވީމަ މިސްކިތައް ފިޔަވަޅެއް އެޅިއަސް އެނގޭ. ޑްރަގްބޮއި ހާލި ހެދިއިރު ނޭގުން
ސަރުކާރުން އާލާ ނުލޭ
ހާދަ ފާފަ ބޮޑު ވާނޭ.. ހަމަ މިސްކިތް ނޫން އެހެން ތަނެއް ނުފެނުނީ ބާ؟
ދިވެހިން ދީނަށް ކުރާ ގަދަރު މިފެންނަނީ… ސިޔާސީވެރިން ގައުމު ފުނޑައިފި..
މިސްކިތް ހުރުމުގެ ބޭނުން ނޭނގެންޏާ މިސްކިތައް ނާރަބަލަ
ރާއްޖެ ޢަރަގު ވާކަށް މާގިނަ އަހަރުތަކެއްނެތް. ﷲއަކީ ރަޙްމާން ވަންތަ ރަޙީމް ވަންތަ ރަސްކަލާނގެ. މި ނުބައި އިންސާނުންގެ ސަބަބުން އެންމެންނަށް ބޮޑު ޢަޒާބެއް ނުފޮނުއް ވާނދޭ ވެ .😦
ލާދީނީ ބައިގަނޑު މިކަމާ އެއްޗެއް ނުބުނާނެ! ހީލަ ހީލާ ދުރުގައި ތިބޭނީ! ތިބެގެން ރާ ބޮއިބޮއެގެން ލާދީނިއްޔަތަށް މި ގައުމު ގެ ކަންތައް ރާވާ ދުއްތުރާކޮށް ގައުމު ހަލާުކުކުރާނީ! އެޖެންޑާ 19 އަކީ ފުޅާ ދާއިރާއެއްގައި ހުޅަނގުގެ މަގަށް ހުށަހެޅިގަތުމަށް ކޮށާގެން ގެނާ ދޮރާއްޓެއް! ކެނެރީގޭ ބުއްލަޅޭގެ ވާގިވެރިން ތިޔަ ޕާޓޭއިންގެ ތެރެއަށް އަޑީގައި ތިބޭނީ! މާދަމާ ދޫކޮށްލާނެ! އުންސުރު ހަމަ ނުވާނެ! އެސޮރު މި ފަަދަ ކަންކަމާ ވަރަށް ހޭނެ! ހީ ސަމާސާ ވާހަކަ ބުނާނެ! އެކުދިން އަަބަދު ހަމާގައި ތިބޭކަށް ނުވާނޭ! ބޯންދޭން ޖެހޭނެ! ބޯންދީގެންނޭ ރަނގަޅުކުރެވޭނީ! އެކުދިންކޮޅު ވެސް ގެންދެބަލަ ބުއްލަޅޭ އަށް ފަރުވާކުރާގޮތަށް ފަރުވާކުރަން ގައުމުން ބޭރަށް ޗާރޓަރ ފްލައިޓްގައި. އޯގާތެރި އިބިލީހުގެ ރައީސް
މަސްތުވާތަކެތީގެ މިންވަރެއް ނުފެންނަނަމަ އެމީހެއް 24 ގަޑީރު ތެރޭ ދޫކޮށްލާ.. މިސްކިތުގައި އިނދެ ބޮޔަސް ވަކި އަދަބު ބޮޑެއް ނޫން.. ކޮވިޑޭ ކިޔައިގެން މުއްދަތު ޖެހީ..
ދެން އޮންނާނެ ފުރުސަތުގެ ފުރުސަތު.. މިއީ ބުއްޅަބޭ 2011 ގައި ހެދި ގާނޫނެއް.. ދެން ދޭނީ މެޖިކް ފަރުވާގެ ފުރުސަތު..
ޑޮކްޓަރުން އޮންކޯލަށް ޕޭޝަންންޓުން ބަލާ ފަދައިން ދިވެހި ފުލުހުންގެ މަސައްކަތް ރޭވެފައިހުންނަނީ! ނޫސްތަކުން ބުަރަމަސައްކަތްކޮށްގެން މުޖުތަމަޢު ހުރި މައްސަލަތައް ފާހަގަކުރީމަ އެފާހަގަކުރިކަމެއް އެމިންވަރަށް އެވަގުތަށް ވާވަރަށް ޙައްލުކޮށްދޭ ބައެއް ފުލުހުންނަކީ! ދަޢުލަތުން މިވަރަށް ޙަރަދުކުރާއިރު ތީ ވާވަރަކީ! ފުލުހުންނަށް ފާރަވެރިވާ މުޢައްސަސާއެއް އުފެއްދުން ވަރަށް މުހީއްމު!
thee mi sarukaaru beynun v goi, ehnve miskitha bandhu kuri
ވ ރަނގަޅު