ވެހިކަލްތައް ރަޖިސްޓްރީ ކުރުމުގެ ހިދުމަތް ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދެމުން ނުދާތީ އެތައް ބަޔަކަށް ގިނަ އުނދަގޫތަކަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން ފަރާތްތަކުން ބުނާ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން ވެހިކަލް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މިހާރު އެއްވެސް ގޮތަކަށް ކުރިއަށް ނުގެންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ކޮވިޑް-19 އާއި ގުޅިގެން އޮފީސްތައް ބަންދުކޮށްފައި އޮންނަ މުއްދަތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ވެހިކަލް ރަޖިސްޓްރީ ކުރުމަށް ލިޔުންތައް ހުށަހެޅޭނެ ކަމަށް ބުނި ނަމަވެސް މިނިސްޓްރީން ބުނެފައިވާ ގޮތައް ޕޯޓަލް އަށް ލިޔުންތަކެއް ވެސް ނުލެވެއެވެ.

"ހަގީގަތުގައި ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ޕްރޮސެސް ވަރަށް ބޮޑަށް ލަސްވެފައި އޮންނަތާ މިހާރު އަހަރަކަށްވުރެ ވެސް ގިނަ ދުވަސް ވެއްޖެ. އެންމެ ފަހުން ކޮވިޑާއި ގުޅިގެން އޮފީސްތައް ބަންދު ކޮށްފައިވާ ޓްރާންސްޕޯޓުން މިބުނަނީ ޕޯޓަލް މެދުވެރިކޮށް ލިޔުންތައް އަޕްލޯޑް ކުރާށޭ. އެކަމަކު ޕޯޓަލް ވެސް މިއިންނަނީ އޮފްލައިން ކޮށް ފައިލް އަޕްލޯޑް ނުކުރެވޭ ގޮތަށް ހަދާފައި." ވެހިކަލް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރާ މީހަކު ބުންޏެވެ.

ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ހިދުމަތް މެދުކަނޑާލާފައި އޮތުމުން އެންމެ ގިނައިން ޝަކުވާ ކުރަމުން އަންނަ އެއްބަޔަކީ ސައިކަލްގެ ފައިސާ ދައްކައި ހަލާސްކޮށް، ރަޖިސްޓްރީ ނުލިބިގެން އުޅޭ ފަރާތްތަކެވެ. ސައިކަލްގެ ފައިސާ ދެއްކުމުން ރަޖިސްޓްރީ ކުރަން ސައިކަލް ވިއްކި ކުންފުނިން ޓްރާންސްޕޯޓަށް ހުށަހެޅި ނަމަވެސް މިނިސްޓްރީން ރަޖިސްޓްރީގެ މަސައްކަތް ލަސްކުރުމުން ކަސްޓަމަރުންގެ ޝަކުވާތަކާއި ކުރިމަތިލާން ޖެހިފައި ވަނީ ސައިކަލް ވިއްކި ކުންފުނިންނެވެ.

ސައިކަލް ވިއްކާ ކުންފުންޏެއްގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ރަޖިސްޓްރީ ނުކުރެވިގެން ދުވާލަކު ސަތޭކައާއި ގާތް ކުރާ އަދަދެއްގެ ފޯން ކޯލް ލިބެމުން އަންނަ ކަމަށެވެ. "ކަސްޓަމަރުންގެ ޝަކުވާ ވަރަށް ބޮޑު. އެކަމަކު ސައިކަލް ރަޖިސްޓްރީ ބަދަލު ކުރުމަށް އަޅުގަނޑުމެން ކުރަން ޖެހޭ ކަންކަން ކޮށްފައި ޓްރާންސްޕޯޓަށް ފޮނުވުމުން ޓްރާންސްޕޯޓުން މިއޮންނަނީ ހުއްޓިފައި." އޭނާ ވިދާޅުވިއެވެ.

ވެހިކަލް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ހުއްޓިފައި އޮންނަ ސަބަބާއި ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ.

ނަމަވެސް މިމަހުގެ 15 ވަނަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ކުރި ޓްވީޓެއްގައި ވިދާޅުވީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ވެހިކަލް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށެވެ.

އެކަމާއި ގުޅިގެން ވެހިކަލް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން ބުނީ ކޮވިޑްގެ ހާލަތާއި ގުޅިގެން އޮފީސްތައް ބަންދުކޮށްފައިވާ މުއްދަތުގައި ވެސް ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްދޭނެ ކަމަށް ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ކަމަށާއި ނަމަވެސް ބުނި ގޮތައް އަމަލު ކޮށްފައި ނުވާކަމަށެވެ. އެހެންކަމުން މިފަހަރު މިނިސްޓްރީގެ ބަހެއް އިތުރުބާރު ނުކުރެވޭ ކަމަށް އެފަރާތްތަކުން ބުންޏެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކޮށްފައި ވީނަމަވެސް އާއްމު ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް މުވައްޒަފުން އޮފީހަށް ނެރުމުގެ ހުއްދަ ވަނީ ދީފައެވެ. މިހާރު ސަރުކާރުން ނިންމާފައި ވަނީ މިމަހުގެ 22 ވަނަ ދުވަހާއި ހަމައަށް ސަރުކާރު އޮފީސްތައް ބަންދުކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ކުޅަދ

    އެކަމަނާއަށް ނިމުނީ ގާސިމަށް ކަމެއް ކޮށްދެވުނީމަ..ރައްޔިތުން ހަމަތެޅިތެޅި ތިބެންވީ

    16
  2. ކކކކ

    ތިކަމުން އެގެނނީ މިނިސްޓަރ އައިސާ ފެއިލްވީ ކަން

    18
  3. ވަރަށްވާހަކަ

    ހުރިހާ ކަމެއް އަޅުވައިގެން އުޅެނީ ކޮވިޑް ބޮލުގަ، ވެހިކަލްތައް ރަޖިސްޓްރީ ކުރުމުގެ ހިދުމަތް ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ ގޮތުގެ ހަގީގަތް ވަރަށް ބޮޑަށް ސާފު ވެއްޖެ.

    15
  4. ގާސިމް

    ނަހޫ ތިހެން ހެދީމާ މަދެކެ އެންމެން ރުޅިއަންނާނީ ދިރިއުޅުމުގައި ފަރުވާ ކުޑަ ކުރިއަސް ވަޒީފާގައި ފަރުވާ ތެރިވާންވާނެ ކޮންމެ ފަހަރަކު ވަޒީފާއިން ކަޑާލަން އުޅުމުން ވެސް މަ ބޮޑާ ހާކައިގެން ބަހައްޓަދެނީ އެވެސް ނަހޫއަށްޓަކައެއް ނޫން އެކަންތަކާ މަބޮޑާހާކަނީ މަގޭ ވިޔާފާރިއަށްޓަކާ އެކަން ވެސް މި ކުރަނީ އަބަދަކު މިހެނެއް ނުވާނެ ދޯ ނަހޫ ކޮވިޑްއޭ ކިޔައިގެން އަބަދު ރިސޯރޓްގައި ދެން ކިހިނެއް މިނިސްޓްރީ ހިންގާނީ އެވަރަށް އަމިއްލައަށް މަށެއް ވެސްނޭގި އަޑިއަޑިން ކަންކަން ހިންގަނީ އެހެންވީމާ ނޫހުގެ ކޮންމެވެސް ހިސާބަކަށް އެބަ އަރައެއްނު

    11
  5. Anonymous

    ވެހިކަލް ރަޖިސްޓްރީ ނުކުރެވިގެން އުޅޭތާ 3 މަސް

    15
  6. މާމިގިލީ މީހާ

    މިކަހަލަ ވަޒީރުން ބައި ތިއްބައިގެން މުޅި ގައުމު މިވަނީ ހަލާކު. ވަގު ލައިސަންސް ވިއްކާ އިރުވެސް ނުހުއްޓްވޭ. ކީކުރަ ވަޒީރެއްތޯ މީ.

    19
  7. އަހްމަދު

    ރައްޔިތުންނައްވެސްއެބައެނގެންޖެހޭ ނަހްލާމިނިސްޓްރީއާ ހަވާލުވީއްސުރެ އަދިވެސްއެއުޅެނީއެތަންސާފުނުކުރެވިގެން ރައީސްޔާމީން އެތަންމުޑުދާރުކޮށްފައިއޮތްވަރު ރައްޔތުންނައްއެނގޭނަމަ ލަސްވެގެން ތިގޮތައްސަކުވާ އެއްނުކުރީސް ސޯލިހްއަށްއެކަނިފެނިފައޮތީއެތަނުގެމުޑުދާރުކަން އެހެންވެސޯލިހްވެސް އަޅައިނުލައިއެހުންނަނީ މިހާރުދެންރައްޔިތުންނައްވެސް އެކަންއެނގިއްޖެކަމަށްއުންމީދުކުރަން

    3
    5
  8. ބަނޑިޔާ

    މި ކަނބުލޭގެ އެހެން މިނިސްޓްރީ އަކަށް ބަދަލުކޮށްލުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތީބާ؟
    އާ މިނިސްޓްރީ އެއް މިނިސްޓްރީ އޮފް ބަނޑިޔާ އެންޑް ވެއިޓްރެސް ކިޔާ ގެ ނަމުގައި އުފައްދާފަ ނަމަވެސް.

    12
    1
    • Anonymous

      މިސިސް މޯލްޑިވްސް ނަމުގަ މިނިސްޓްރީއެއް ހަދާފަ ރީތީގެ ރާނީކަން ދީފަ ބަހައްޓަން ފެނޭ

      4
      3
  9. ޒުހުދާ

    މިނާ އެއްވެސް ގޮތަކަށް ޓްރާންސްޕޯޓް މިނިސްޓްރީ ހިންގުމަށް ކުފޫ ހަމަނުވޭ.
    އެހެން މިނިސްޓްރީ އެއް އުފައްދާފަ ބަދަލު ކޮށްލައިފިއްޔާ މިއައް ވުރެން ރަނގަަޅުވާނެ ކަމަށް ފެނޭ
    މިނިސްޓްރީ އޮފް ބަނޑިޔާ އެންޑް ވެއިޓްރެސް ކިޔާ މިނިސްޓްރީ އެއް އުފައްދާފަ މީނާ އެތަނަށް ލާން ފެނޭ

    14
    • ޖާނޭ

      އޭނަ ވަޒީރު ކަމުގައި ހުންނާނެ. އޭނަ ވަތްކެއް ނުކުރެވޭނެ. ޢެއީ ބުރުމާގެ އަންހެނުން. ކަލޭމެން ތިބޭ ހަޅޭއްޖަހަޖަހައި.

      3
      1
  10. ކަލްޓް

    ތީ ބޮޑު ނުހޮރޮޕާނެއް ކަހަލަ ތަނެއް. އަހަރެއް ވީ އިރު ވެސް ޓެކްސީ ކުރަން ގަތް ޕިކަޕް ރަޖިސްޓްރީ ވާ ގޮތެއް ނުވި! ލާރި ދީ އެގަނެގެން އޭތި ދުއްވޭ ވަރެއް ނުވޭ! ރައްޔިތުން ނަށް ޖެއްސުން ކުރަނީ!! ތިތަނަށް ލާންވީ ޑރ. މުއިއްޒު ކަހަލަ މީހެއް!

  11. ޔާންޔާ

    އެއްދުހު ބުނާނެ ކަރަންޓެއްނެތޭ ، އަނެއދުހު ކުއްޖެއްނެތޭ ، ސްޓޭޓަސްބަލާދޭނަމޭ .
    އޮންލައިން ކޮއްލާ އެކައްޗެއްވެސް ކަމަކުނުދޭ ، ރަންގަޅުކުރަންބުނާނީ ފަހަރަކު އެއްޗެއް . ދެން ބުނެފާނެ ލޯދެއްނުވޭ ފޮނުވިއެއްޗެއް . ޓްރާންސްޕޯޓް މިނިސްޓްރީ އަކީ މި ދިވެހި ރާއްޖޭގައި އެްމެ ކަޓު މިނިސްޓްރީ . ކޮރަޕްސަން އިނތިހާޔައް .
    ޓްރާންސްޕޯޓް މިނިސްޓޮރީ އެކިމީހުންއް ހެދިފައިވަނީ އެކި ގަވައިދުފޮތެއް .
    ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދްމަޠް ހަމަ 0 .
    ނަހުލާއައް ވީކަމެއްވެސް ހަރާން .

  12. ޖާބެ

    ރައްޔިތުން ކީއްކުރަން ސަކުވާ ކުރަނީ މިއީ ވަކިބަޔެއްގެ ކުންފުންޏެއް ރައްޔިތުން ނަމަކައް ކިޔަނީ މިމީހުންނައް އެއީ އަޅުން... އަޅުންވާނީ އަޅުންނައް ކޮންމެ އެއްޗެއްކިޔަސް... ތިޔައޮތީ ހެޔޮވެރިކަން

  13. ކަހުރަބު

    ކިންބޫ ކުޅޭ ކުޅިވަރު ކިންބޫ ކޯރުގަ ނައްޓުވާފަ ކުކުޅާ ކަންބަޅި ބަކަރި ގެރި ކާންފީފަ ރައްޔަތު މީހާ އަޅުމަސައްކަތުގަ ދެން ގޮހޮރުނަގާފަ ދޫކުރާނީ މަގުމަތިން އެއީ ޖޫރިމަނާ

  14. ހަސަނުބެ

    ހެޔޮ ނުވާނެ، މިތަން އެބަޖެހޭ ކަމާ އެކަށީގެންވާ މީހަކާ ހަވާލުކުރަން.

  15. ސަނީމާ

    ނަހުލާ އެކްޕަޔާ ވެއްޖެ، ކަމަކު ނުދޭ، ރައްޔިތުންނައް ފަސޭހައެއް ނުކޮއްދޭތާ، ކުރަނީ ޖެއްސުން..

  16. މަހާ

    ޓްރާންސްޕޯޓުން ދޭ ޚިދުމަތް މެދުކަނޑާލާފަ އޮތަސް އެތާ މުވައްޒަފުން ބަރާބަރަށް ނުކުމޭ އަދި ބޮޑެތި ކެއުންގަޑު ހަދއިގެން އެޗް.ޕީއޭގެ ގަވާއިދާ ޚިލާފަށް މެންދުރުގެ ކާހަދައެވެ. ކެއުމަށް އިންސާފު ކުރުމަށް ކުދިބޮޑެ އެންމެން ޖަމާވާތަން ފެންނާނެ އެ ގަޑީގަ އެތަނަށް ދާ ފަރާތްތަކަށް. މިއީ ރައްޔިތުންނަށް ޚިދުމަތް ދޭން ކުރާ ކަންކަންތޯ؟ ޕޯޓަލްއިން ދެމުން ގެންދާ ހުރިހާ ޚިދުމަތްތަކެއް ވަނީ މެދުކަނޑާލަފަ، މިއީ ސަރުކާރުގެ ދޯދިޔާކަން. ޢެއްވެސް ކަމެއް ނުބެލޭ ހުރިހާ ދެރައެއް އާއްމު ރައްޔިތު މީހާއަށް. އާދައިގެ މާހާއަށް ކަންކަން ނުނިންމުނަސް ވެރިން ބޭނުނަވާ ފަރާތްތަކަށް ކަންކަން އެތެރެ އެތެރޭން ކުރާކަށްވޭ، އިންސާފު ހަމަހަމަ ތިލަފަތް ދަނީ އެއްކޮޅަށް ބުރަދަން އިތުރުވަމުން މިއީ މި ގައުމުގެ ހާލަތު.....