ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަަސައްކަތް ކުރާ މީހުންނަށް ދޭން ނިންމި އެލަވަންސްގެ ގޮތުގައި މިހާތަނަށް 160،26 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ކޮވިޑާއި ގުޅިގެން ކުރީސަފުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުގެ ތެރޭގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސިއްހީ ހިދުމަތްތެރިންނާއި، ސަރުކާރުގެ އިދާރާތަކުގެ ބޭފުޅުންވެސް ހިމެނެއެވެ.

ކޮވިޑާއި ދެކޮޅަށް ފްރޮންޓް ލައިންގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެލަވަންސްއެއް ހަމަޖައްސެވީ މިދިޔަ އަހަރުގެ މެއި މަސް ތެރޭގައެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ޖޫން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރީ ސަފުގައި މަސައްކަތް ކުރާ 12،280 މީހަކަށް 160.26 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ ގޮތުން ނަމަ މި އެލަވަންސް ދިނުމަށް ހަމަޖެހިފައި ވަނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ހިރާސް ބޮޑު ފަރާތްތަކަށް ދުވާލަކު 500ރ. އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ދެވަނަ ގިންތީގެ ފަރާތްތަކަށް 250ރ. ހިރާސް ކުޑަކޮށް މަސައްކަތް ކުރާ ފަރާތްތަކަށް ދުވާލަކަށް 200ރ. އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޓ

    ޢަދިވެސް އެތައްބަޔަކަށް ފައިސާ ނުދޭ

  2. ބޮލި މުލައް

    ރަށްރަށުގައި ކޮވިޑް ކޭސްތަކާއެކު ޙަރަކާތްތެރިވާ ޞިއްޙީ އެހީތެރިންނަށް ތިޔަ ފައިސާ ޙައްޤުނުވަނީބާ؟ ހަޒާނާ ހުސްވި އިރުވެސް އެމީހުން ބިކަވެފަ

  3. ތިރިބެ

    ތިފައިސާ ހާދަފަސޭ ހައިން ބަހާލައެވެ ފުރޮއްޓުލައިން ކުރީގަ ރައީސާއި މިނިސްތަރުންނާއި ބައެއް ޑޮކުޓަރުންނާއި ސިފައިން ފުލުހުންގެ ވެރިން ދެއްތިބީ ސިޔާސީމަގާމުތަކުގެ ބައެއްވެރިން އެހެންވީމަ ބެހުން ފަސޭހަވީ

  4. ާމަރޫ

    ދަރުބާރުގޭގަ ސަރުކާރުގެ ޚަރަދުގަ ކައިގެން ތިބޭ މީހުނަށް ދޭކަށް ނުޖެހޭ. ޙަމައެކަނި ޑޮކްޓަރުންނާ ނަރުހުންނަށް ހައްގު ވަނީ. ކީއްވެތަ އެއަރޕޯޓް ގަ ތިބޭ ރެޕުންނަށް ނުދެނީ

  5. ރަށު މީހާ

    ރަށްތަކުގައި މަސައްކަތްކުރާ ކުރީސަފުގެ މުވައްޒަފުންގެ ހައްގުތައް ނެތީތޯއެވެ. ތިޔަ އެލަވެންސް ހައްގުވަނީ މާލޭގެ މުވައްޒަފުންނަށް އެކަނިތޯއެވ.

  6. ސޮނަ

    ތިއީ ވަކިބަޔަކަށް ދިނުމުގެ މަގުސަދުގައި ދޭ އެއްޗެއް ހީވޭ.

  7. ބަރަނި

    މި އެލަވަންސަކީވޗެސް ވަގުން ރުފިޔާކާންވެގެން ހަމަޖައްސައިގެން އުޅޭ އެލަވަންސެއް.

  8. މިތުރާ

    ދެން ހާލުގަ ޖެހިފަވާ ކޮވިޑުގެ ސަބަބުން ނިކަމެތިވެ ބިކަހާލުގެ ޖެހިފާވާ ކުޑަކުދިންނާ އާ އިލާ ތަކަށް، ރަ އްޔިތުން ނަށް ވެސް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ، އަބަދުވެސް މިފެންނަނީ އަމާބުނީމަ ފަރަށްދާ ގޮތަށް ކަންތަ އްކުރާތަން.