ކެނދިކޮޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ، އޭނާގެ ކުރީގެ އަންހެނުން އަސްރާ ނަސީމަށް ގެވެށި އަނިޔާކުރި މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާ ދައުވާގެ ޝަރީއަތް މާދަމާ ހެނދުނު 11:00ގައި ފެށުމަށް ތާވަލްކޮށްފި އެވެ.

އީސަގެ މައްޗަށް އުފުލާފައި ވަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދެވަނަ ނަންބަރުގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ.

މިކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ނުވަތަ ޖޫރިމަނާކުރުމެވެ.

އީސާއަށް ތުހުމަތު ކުރާ ގެވެށި އަނިޔާގެ މައްސަލަ ތަހުގީގުކޮށް ދައުވާކޮށްދިނުމަށް ފުލުހުންގެ އިދާރާއިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދުނީ މިމަހުގެ އެއްވަނަ ދުވަހު އެވެ.

ދައުވާކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިމަހުގެ ތިންވަނަ ދުވަހު އެެވެ.

އީސާގެ މައްޗަށް ދައުވާ ކޮށްފައި ވީނަމަވެސް މައްސަލަ ކުރިއަށް ނުގެންދަން އެސްރާ އޮތީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އައްޑޫ މީހާ

  ތިޔަ ޝަރީއަތް ކުރިޔަށް ގެންދަނީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ތިޔަ ޝަރީއަ ހިންގުމުގެ ބޭނުމެއްވެސް ނެތް ސާބިތުވާވަރަށް ހެކި ނެތިގެން އީސަ މިނިވަންކޮށް ދޫކޮށްލާނެ މިކަން މިނުންގޮތަކަށް ނުހިނގާނެ ތިޔަ ކުޅޭ ޕޮލިޓިކްސް ގޭމް މިހާރު އުފަންވާ ކުއްޖާވެސް ދަންނާނެ މި ދިވެހިރާއްޖޭގައި އަދުލު އިންސާފެއްނެތް ގޮންމުށުގެ ބާރުގައި އޑޕ ވެރިކަން ކުރަނީ މަޖިލިސްގެ މެޖޯރިޓީ ހޯދައިގެން ރައްޔިތުން ނިކަމެތި ކުރަނީ

  7
  1
 2. ޗާޗާމައްމާސާ

  ތީ ހަމަ އަޅުވާލާ އަނދުނެއް....އީސަ ލޮނދި ހިކަލެއް ދެމިގަންނަހެން ތިޔަ ކަމުން ރެކި ރައްކާވާނެ. ތިޔަ ކަމުގައި ކުއްވެރިވެ އަދަބު ލިބޭނީ ތިޔަކަން ރިޕޯޓްކުރި މީހުންނަށް. ޢީސަ އެކަން ކުރީ ހެޔޮނިޔަތުގަ އަސްރާ އިސްލާހުކުރުމަށް............
  #އަންދާޤާނޫނު މޯލްޑިވްސް
  #ބުއްޅަބެވެރިކަން
  #ބޮޑުވަޒީރުގެމަކުނުއިންސާފު