ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޭ ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ، އިދިކޮޅު ކެނޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކަށް ހަމަހަމަ ކަމާއެކު ފުރުސަތު ނުދިންނަމަވެސް ކެމްޕެއިން ހަރަކާތްތައް ކުރެވުނު ގޮތަކަށް ކުރައްވާނެ ކަމަށެވެ.

އެމްޑީޕީން ފައިސާ ދީގެން ދިދަ ފަތި ދަމާކަށް ނުޖެހޭ ކަމަށާއި އެމްޑީޕީގެ ސަޕޯޓަރުންނަކީ ފޯރީގައި ނިކުމެ، އަމިއްލަ ޖީބުން ހަރަދުކޮށްގެން ޕާޓީގެ ކަންކަން ކުރަމުންގެންދާ ބައެއް ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

"އެމްޑީޕީން ކުރެވުނު ގޮތަކަށް ކެމްޕެއިންގެ ހަރަކާތްތައް ކުރަމުން ގެންދާނެ, މިހާރު ފެނިގެންދަނީ ޕީޕީއެމް އިން އެ ވިދާޅުވާ ސައިލެންޓް ކެމްޕެއިނެއް ހިންގަމުންދަނީ ކެމްޕެއިން ކޮށްދޭނެ މީހެއް ނެތިގެން. ދިދައެއް ދަމާލަ ދޭންޖެހުނަސް ފައިސާ ދޭންޖެހޭ" ރޮޒޭނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، މިހާރު ފެނިގެންދަނީ މެޑަމް 2018 ގެ ކެމްޕެއިން މަސައްކަތް ކަމަށާއި މެޑަމް އެކުރައްވާ މަސައްކަތަށް ތައުރީފު ކުރާ ކަމަށެވެ.

" ލާރި ދިނީމަ ވަނީ. އެހެން ނޫނީ އެއްވެސް ކަމެއް ނުވާނެ. އެހެން ނަމަވެސް އެމްޑީޕީގެ ހަރަކާތްތައް ކުރިއަށްދަނީ އެހެން ގޮތަކަށް. އަޅުގަނޑުމެންގެ ފަންޑެއް ނެތަސް ހެޔޮ ހިތުން މިކަންކަން ކޮށްދޭނެ މީހުން ތިބޭނެ" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒޭނާ ވިދާޅުވީ ޕީޕީއެމް އިން ކެމްޕެއިންގެ މަސައްކަތްތައް ކުރިއަށްދާތަން ހަމައެކަނި ފެނިގެންދަނީ މުލިއާގެ ތެރެއިން އެކަނި ކަމަށާއި އެހެން ނަމަވެސް އިތުރު އެއްވެސް ގޮތަކަށް ކެމްޕެއިން ކުރިއަށް ނުދާ ކަމަށެވެ.

"މެޑަމް އަމަލީ ގޮތުން ނުކުމެވަޑައިގެން އެކުރައްވާ މަސައްކަތްތައް ފާހަގަކުރަން. ކަންތައްތައް ކުރައްވާ ގޮތެއް ރަނގަޅެއް ނޫން. އެހެން ނަމަވެސް ވަރަށް މުރާލި ކަމާ އެކު އެބައުޅުއްވާ." ރޮޒައިނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހުސޭނުބޭ

    ކަލޭމެން ބޭނުންހައި ގޮތެއް ނެހެދެއްޏާ އިންސާފުވެރިނުވަނީ............ އަޖައިބެއް!

  2. ގ

    ރިޔާސީ އިންރިޚާބުގެކަންކަން މޮނިޓަރ ކުރަން
    ހަހަވާލވީ ރުޒައިނާތަ؟

  3. މޫސަ، ހއ. ދިއްދޫ

    ރުޒައި ރައްޔިތުންނަށް އިންސާފުވެރިވެގެން ކުރީކޮންކަމެއް އައްޑުއަށް ފެންބޮޑުވެގެން ލިބުނު ގެއްލުމުގައިވެސް ރައްޔިތުންނަށް ބޭއިންސާޥިކަމަނާ! ކޮންވާހަކައެއް ދައްކާކަށްތައް!

  4. ގޭޖް

    ރޮޒޭނާއަށް އެގޭނެ ،އެއީއެންމެ އިންސާފުވެރި އަންހެނާ ،،އެހެންވެ ޑީ.އާރު.ޕީގަ ތިބެފަ އެމް.ޑީ.ޕީއަށް ދިއައީވެސްް އިންސާފުވެރިކަންބޮޑު ކަމުން.... ތިއަށް މިރަށުމީހުން ކިޔަނީ ކަކުނި އައިމިނަ ވަރަށްއެކަށީގންވާ ނަމެއްއެއީ...........

  5. މުޙައްމަދު

    ޔާމީން ހޮވޭނެކަން އެގޭތީ ކަލޭމެން ދައްކާ ބަހަނާތީ

  6. reesha

    ހަމަ ތެދުފުޅެއް

  7. ނުހޮވޭނެ

    ﷲގެ އިރާދަފުޅުން މި ދިވެހިރާއްޖޭގެ ރައީސް ކަމަށް ޔާމީނެއް ނުހޮވޭނެ އެވެ. ސަބަބުތައް ގުނާ ޢަދަދު ނުކުރެވޭހާ ގިނައެވެ.

  8. ރަޒީނާ

    ކަމަނާ މިހާތަނަށް ދެއްކި އެއްވެސް ވާހަކައެއްގެ ހިސާބު ދިމާވަފަކާއެއްނެތް..! ތީހަމަ ލަމްބާ ލަމްބާ ޗޯޅާ..!

  9. ކޮކަޓޫ

    ރޮޒައިނާ އިންސާފުވެރިކަމުންތަ ފެންފޮދެއްވެސް ނުދީ ކޮކަޓޫ މަރާލީ އަހުމަދު ރަސީދު އެކަމާ ކިހާ ހިތާމައެއް ކުރަނީ ކޮބާ އިންސާފު....

  10. ތަރާގަނޑު

    ރޮޒޭ ތިކަމަނާގެ ހެދުންކޮޅު ތުރުކުރައްވާފަ ހުރިގޮތްވެސް އިންސާފުވެރިއެއްނޫން ... އިންސާފު ވާހަކަދައްކަން ލަދެއްވެސް ނުގަނޭ މީނަ އަމައްޔާތް އުޅޭފާޑު އެއްބުރުން ރައީސް ޔާމީން.2018