މިދަތި އުނދަގޫ ވަގުތު އައްޑޫގެ އެއްވެސް މުވައްސަސާއަކުން އެތަނެއްގެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަކީ ރުހެވޭނެ ކަމެއްް ނޫންކަމަށް އައްޑޫގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރަށް ފާޑު ކިޔައިގެން އެމްޕީއެލްގެ ދަށުން އައްޑޫގައި ހިންގަމުން އަންނަ ސަދަން ޓްރާންސްޕޯޓް ލިންކުގެ މުވަޒަފަކު އިއްޔެ ވަޒީފާއިން ވަކިކޮށްފައި ވަނިކޮށެވެ. އެގޮތުން ވަޒީފާއިން ވަކި ކޮށްފައިވަނީ އެސްޓީއެލްގައި މަސައްކަތް ކުރަމުން އަންނަ ސުޕަވައިޒަރެއް ކަމަށްވާ އިސްމާއީލް ރަޝީދު (އިއްސެ) އެވެ.

މިކަމާއި ގުޅިގެން މޭޔަރު ކޮށްފައިވާ ޓުވިޓެއްގައި ވިދާޅުވީ، މި ދަތި އުނދަގޫ ވަގުތުގައި، އައްޑޫގެ އެއްވެސް މުވައްސަސާއަކުން އެއްވެސް މުވައްޒަފަކު ވަކި ކުރުމަކި ރުހެވޭނެ ކަމެއް ނޫން ކަމަށާއި، ވަޒީފާއަށްދާ ކޮންމެ މީހަކީ އެތައް ބަޔަކަށް ކާންދޭ އަދި އެހީތެރިވާ މީހެއް ކަމުގައެވެ.

އިއްސެ ވަޒީފާއިން ވަކި ކޮށްފައިވަނީ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފުވެގެން ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ވަޒީފާއިން ވަކި ކުރިކަން އަންގާފައިވަނީ ފޯނުން ގުޅާފައެވެ. އޭނާ ވަޒީފާއިން ވަކި ކޮށްފައިވާއިރު، މިއަހަރު ވެސް ގާތްގާތުގައި އޭނާ އަށް އިންޒާރުގެ ދެ ސިޓީއެއް ވަނީ ލިބިފައެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެންމެ ފަހު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނާއިންސާފުން ބިރު ދައްކައިގެން މުވައްޒަފުން ވަޒީފާއިން ވަކި ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހްމަދު

    ނިޒާރު ރުހުނަސް ނުރުހުނަސް އެއޮތީ ވަކިކޮށްފައި! ކޮބާ އެމްޑީޕީގެ ވެރިކަމެއްގައި ލިބުނުފާއިދާ!!!!

    1
    2
  2. ބެރު

    ނިޒާރު ދެން ލަލާ ކިޔާ ވާނެއްކަމެއްވެސް ނޯންނާނެ. ނިޒާރު ހޮވުނީވެސް އެމްޑީޕީން ކުރިމަތި ލީމާ އެހެން ނޫންނަމަ ހުންނާނީ ބޮލިހިލަން ދާންޖެހޭނީ ފަރަށް. ނިޒާރު ދެމިޔަކަނިން ސޮނި ބާލަބާލާ ދެންހުރޭ.

  3. ސުވަދީބު

    އައްޑޫގައި ހުރި އެޗްއާރުސީއެމުގެ އޮފީހުގެ މުވައްޒަފުންގެ ޙާލު މޭޔަރު ބައްލަވައްޗޭ. އެތަނަށް މިހާރު ލާފައި ތިބި މެންބަރުންނަކީ މުވައްޒަފުންނަށް ޖެއްސުންކުރުމުގެ މުބާރާތުން ރަން މެޑަލި ހޯދާފައި ތިބި ބައެއް.