ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މީހުން ނުހައްގުން ވަޒީފާއިން ވަކި ކުރުމަށް ސްޓޭޓް މިނިސްޓަރަކު ތާއީދު ކޮށްފިއެވެ.

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމު ފުރުއްވަމުން އަންނަ އަހުމަދު ޒުހައިރު އެގޮތަށް ތާއިދު ކޮށްފައިވަނީ އެމްޕީއެލްގެ ދަށުން ހިންގަމުން އަންނަ އެސްޓީއެލްގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފަކު ވަޒީފާއިން ވަކި ކުރި ކުރުން އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ކުއްވެރި ކުރުމާއި ގުޅިގެން ކުރި ކޮމެންޓެއްގައެވެ.

އެގޮތުން އަހުމަދު ޒުހައިރު ވިދާޅުވީ، ހިޔާލު ފާޅު ކުރުމުގެ ހައްގަކީ މުހިންމު ހައްގެއް ކަމަށާއި އެހެން ނަމަވެސް އެއާއި އެއްވަރަށް "ކާންދޭ އަތުގައި ދަތް ނޭޅުމަކީ" ވެސް މުހިންމު ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ، މުވައްޒަފުން ތިބެން ޖެހޭނީ ވަކި އިމެއްގެ ތެރޭގައި ކަމަށެވެ.

ޒުހައިރުގެ ކޮމެންޓާއި ގުޅިގެން ގިނަ ބަޔަކު އޭނާ އާއި ދެކޮޅަށް ވާހަކަ ދެއްކުމުން އޭނާ ވިދާޅުވީ، ކުންފުންޏެއްގައި މަސައްކަތް ކުރާއިރު، އެތަނެއްގެ ގަވާއިދަށް ބޯލެނބުމުން އެކަން ނިމުނީ ކަމަށެވެ.

"އެތަނަކުން ކަނޑައަޅާ އުސޫލުތަކަށް ބޯލަނބަން އެއްބަސް ވެގެން އަހަރެން ގެ މުޅި ހަޔާތުގެ މަސައްކަތް މި ކުރަނީ ކުންފުނި ތަކުގައި" ޒުހައިރު ވިދާޅުވިއެވެ.

ސަރުކާރަށާއި ސަރުކާރުގެ އިސް ފަރާތްތަކަށް ފާޑު ކިޔައިގެން ވަޒީފާއިން ވަކި ކޮށްފައިވަނީ އެސްޓީއެލްގެ ސުޕަވައިޒަރެއްގެ މަގާމު އަދާ ކުރަމުން އަންނަ އިސްމާއިލް ރަޝީދު (އިއްސެ) އެވެ. އިއްސެ ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން ސަރުކާރަށް ގިނަ ބަޔަކު ފާޑު ކިޔަވަމުން އަންނަ މި ދަނޑިވަޅުގައި އެސިޓީގެ މޭޔަރުގެ އިތުރުން ދެ ކައުންސިލަރަކުން ވަނީ އެކަން ކުށްވެރިކޮށް، ވަޒީފާ އަލުން އިއާދަ ކުރުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. Anonymous

  ނުހައްގުން ވަޒީފައިން މީހުން ވަކިކުރުން އެކަންޏެއް ނޫން ނުހައްގުން މި ލާދީނީ ސަރުކާރުން ހުރިހާ ކަމެއް ކުރަމުން ދަނީ

  18
  1
 2. ބޯޖަލީލު

  މިކަހަލަ ބަހުލޫލުން ރީނދޫ ގުރޫޕުގައި ގިނަވާނީ

  18
  1
 3. ޙސހސ

  ކާންދޭ އަތަ ކީ ކޮބައިތޯ. ކަލޭގެ ބައްޕަގެ އެ ކައުންޓުންތޯ ރައްޔިތުންނަށް މުސާރަދެނީ.

  20
  1
 4. ހައިލީ

  ޒުހައިރަށް އޮޅުނީތަ ، ކާންދޭއަތަކީ ދައުލަތު ، އެއީ އެމްޑިޕީގެ މިލްކިއްޔާތެއްނޫން ، ދައުލަތަކީ ދިވެހި ހުރިހާ ރައްޔިތުންގެ ބެލެނިވެރިފަރާތް ، ދައުލަތުގެ ކަންތައްތައް ބަލަހައްޓަން ކޮންމެ 5 އަހަރަކުން ބަޔަކު މިހޯދަނީ ، އެޔަށް މިކުޔަނީ ސަރުކާރު ، މިފަސް އަހަރު ނިމުނީމާ ތިމީހުން ވެސް ޖެހޭނީ ގެޔަށް ދާން ، ދައުލަތުގެ މުއައްޒަފެއް ސަރުކާރަކުން ވަކިނުކުރެވޭނެ ،ވަކިކުރުމަކީ ހައްގަކަށް އަރާގަތުން . ދައުލަތުގެ މުވައްޒަފުން ނުޖެހޭނެ ސަރުކާރަށް ސަނާކިޔާ ތައުރީފް ކުރާކަށްވެސް ، އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރުމުގައި ތެދުވެރިކޮށް އީޚްލާސްތެރިވީމާ އެނިމުނީ .

  14
 5. ލާދީނީ ބައިގަނޑު

  މައުމޫނާ ވަހީދާ ޔާމީނު ކާންދިން އިރު އެމީހުންގެ އަތުގަދަތް އެޅީމާ އެއަޅާމީހާ ވަޒީފާއިން ވަކިކުރުން އެދުވަހު މައްސަލަ މިއަދު އޯކޭ އަޓަދިސް ޒުހޭ

  10
  1
 6. ސިޑް

  ކިލޭވެސްތީ ރީދޫހުންގެހިފަހުރިމީހެއްކަން މާކުރިންވެސް އެގޭ

  10
 7. ޝަހީ

  ބޯލަނބަން އެއްބަސްވެގެން ނޭ. ލަދު ހަޔާތް ވެސް ނެތީއޭ ދޯ މިކަލޭގެ... ކާންދޭ އަތޭ ތި ކިޔަނީ ކަލޭ ހީ ކުރީ އެއީ ކިންޒާ ގެ ވެއިޓަރެއް ކަމަށްތަ؟ ބޭނުން އެއްޗެއް ނުހެދޭނެ

 8. ޖުހާގެ ކާފަ

  ޒުހޭރަކީ ވަރައް ބޮޑައް ސައިޒު އޮޅިފަ ހުރިމީހެއް އައްޑޫ މީހުން ބަލާގަންނަ ބަޔެއްނޫން ކިބުރުވެރިކަމާ ބޮޑާކަމާހުރެ

 9. ބަރަނި

  ކަލޭތީ ފެށުނީއްސުރެ ވެރިންނަށް ސަނާކިޔައިގެން ބޮޑުކަން ހޯދަމުން އަންނަ މީހެއް.އެކަމަކު އަހަރުމެން އެހެންނެއް ނުތިބޭނަން.ގޯހިއްޔާ ގޯސް.ރަނގަޅިއްޔާ ރަނގަޅު.

 10. ބުލް ބުލް

  މަޝްހޫރު ޖުހާ..ނުދައްކާނެ ރަނގަޅުވާހަކައެއް.

 11. ޓްރަމްޕް

  ތި މަޤާމާ ހަވާލުވެހުރެ އެތަނުގައި މަސައްކަތް ކުރަމުންދިޔަ ކުންފުނިތަކަށް އެތަކެއް އަނިޔާތަކެއްދިން މީހެެއްކަން ޙަބަރުލިބޭ. ވަރަށް ބޮޑާ ކިބުރުވެރި މީހެއް ތިޔައީ.

 12. ރަދީފް

  މީނަގެ އެފްބީގެ ވޯލް ބަލާލީމަ އަސްލު މީނަގެ ފެންވަރު ހާމަވާނެ.ކަނޑުކޮހަކަށް ސްޓޭޓް މިނިސްޓަރުކަން ލިބުނީމަ ދެން އުޅޭނީ ދެފެން ދޭތެރޭގަ.އެހެންނޫން ތޯ.ވ.ވެދުން