ކޯސްފީ ގެ ގޮތުގައި ވަރަށް ކުޑަ މިންވަރެއް ދައްކައިގެން 34 ދާއިރާއަކުން އިސްލާމިކް ޔުނިވަރސިޓީ އޮފް ބަންގްލަދޭޝްގައި ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މަތީ ތަޢުލީމުގެ ފުރުޞަތު އިން މިއަދު ކުރި އިއުލާނެއްގައި ވާގޮތުން އިސްލާމިކް ޔުނިވަރސިޓީ އޮފް ބަންގަލަދޭޝްގެ 2020/2021 ވަނަ އަހަރުގެ އަންޑަރގްރެޖުއޭޓް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތުވަނީ ދިވެހިރާއްޖޭގެ ދަރިވަރުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ. މި ސްކީމްގެ ދަށުން 34 ދާއިރާއަކުން އަންޑަރގްރެޖުއޭޓް، ފެންވަރުގައި ކިޔެވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މިކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައި މިވާ ލިންކުން ލިބެން ހުންނާނެއެވެ.

ކޯހަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދުމުގެ ހުށަހެޅުމުގެ ސުންގަޑި އަކީ ޖޫން 2021އެވެ.

ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ )އެމްކިޔުއޭ( އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް އެ އިއުލާންގައި ވަނީ އެދިފައެވެ.

މިކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ލިބޭނެ ލިންކެއް ވެސް ވެސް އެ އިއުލާންގައި ވަނީ ހިއްސާކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަމުގެދަރި

    އިންޑިއާ އައުޓް. އިންޑިއާ އައުޓް. ޒިންދާބާދު ބަންގްލާދޭޝް.

  2. އިނ ފަ

    ކީކުރަން ކުރާބޭކާރު ކަމެއް، އިންޑިއާ މީހުން ތިބިޔާ ދިވެހިން ބޭކާރު