އދ. މާމިގިލީ ޕޯޓް ޕޯޓުގެ އޮޕަރޭޝަން ހުއްޓާލުމަށް ނިންމާފައިނުވާ ކަމަށް އެ ޕޯޓް އޮޕަރޭޓް ކުރަމުންދާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ވިދާޅުވެއްޖެއެވެ.

މާމިގިލީގެ ޕޯޓް އޮޕަރޭޝަނަށް ގެނެސްފައި ވަނީ 2018 ވަނަ އަހަރުގެ މެއި މަހުގެ ދެ ވަނަ ދުވަހު އެވެ. އެތަން ތަރައްގީކޮށްފައި ވަނީ އިންޓަނޭޝަނަލް ޕޯޓެއްގެ ގޮތުގައެވެ. އަދި އެ ޕޯޓުގެ ކާގޯ އޮޕަރޭޝަންގެ މަސައްކަތްތައް ހަމަ އެ ދުވަހު ވަނީ ފަށާފައެވެ.

އެ ޕޯޓް ހުޅުވިތާ ތިން އަހަރުވެފައިވާއިރު، އެތަން ބަންދު ކުރަން ނިންމާފައިވާ ކަމަށް މިއަދު ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެކަން ދޮގުކޮށް އެމްޕީއެލްގެ ތަރުޖަމާން ދާނިޝް ނިޒާމް ވިދާޅުވީ، މާމިގިލީ ޕޯޓްގެ އޮޕަރޭޝަން ހުއްޓާލަން ނިންމާފައި ނުވާ ކަމަށާއި، ނަމަވެސް މާމިގިލީ ޕޯޓުގެ އޮޕަރޭޝަން ސްކޭލް ޑައުން ކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އަދި މާމިގިލީ ޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އެމްޕީއެލްއަށް ވަޒީފާއަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާފައިވާ ކަމަށް ދާނިޝް ވިދާޅުވިއެވެ.

"މާމިގިލީ ޕޯޓުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާވާހަކަ އެންމެ ބޭފުޅުންގެ މައުލޫމާތައްޓަކައި ދަންނަވަން. މި ނިންމުމާއި ގުޅޭ އިތުރު ތަފްސީލް މާދަމާ އަޅުގަނޑުމެން ހިއްސާކުރާނަން". ދާނިޝް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމިގިލީ މީހާ

    މާމިގިލީ ޕޯޓަކީ ކީކުރަތަނެއް ތޯ، އެއްވެސް ކަމެއް ކުރާ ތަނެއްނޫން. ބައަކައް މުސާރަ ދޭން ހަދާފަ ހުރި ތަނެއް އެއީ. މާމިގިލީ ޕޯޓްއަށް ބަލާލީމާ އެނގޭ ސަރުކާރުން ލާރި އިސްރާފުކުރާ ވަރު. ކަމެއް ނުކޮއް، ބައަކަށް މުސާރަ ދީފަ ދީފަ ސަރުކާރު އެހުންނަނީ.

  2. ގަމާރު

    ތަންދޮރު ނޭނގޭ މީހުންނަށް ވެރިކަން ދިނީމަ ވާނެ ހައެތި މިއޮއްވަނީ.
    އަދިވެސް ދުވާނެ އިންތިހާބެއް އަންނައިރަށް އެވެރިންނަށް ވޯޓްދޭން، ހޭވެރިކަން ނުވާތީ ދެރައީ،
    އަދިވެސް އެވެރިން ތިޔަތާ އުޅޭ މީހުންގެ ބޮލަށް ބޭނުން ގޮތަކަށް ޗިޕް ޖަހާނެ،
    ހޭވެރިކަންވާނީ ކައްގަނޑުން ވައްކަންކުރީމަ،
    ރައީސް ޔާމިން ވެރިކަމުގަ ހުރިނަމައޭ މިއަދު ތިޔަމީހުންްގެ ހިތަށް އަރާނެ، ކީއްކުރާނީ، ދިވެހިންނަށް ވިސްނޭނީ ވަގުތު ފާއިތުވީމަ،
    💔💔💔miss you president yameen💔💔💔💔

  3. މަރީ

    ފިކުރަކަށް ނުބަލާނަމޭ، ވަޒީފާގެ ބިރެއް ނޯންނާނެޔޭ، 2018 ގައި އިބޫ ކީމާ އެކަން ގަބޫލުކޮށް ތިޔަ މީހުން ވޯޓު ދިނީ ހުންނަ ގަމާރުކަމުން. އަހަރެމެންނަށް އެނގޭ، ޑްރާމާ ކުޅުނަސް، އިބޫއާއި އަންނި އަކީ ހަމަ އެއް އަމާޒަކަށް މަސައްކަތްކުރާ، ގުޅިފައިވާ ދެ އެޖެންޓުންކަން. އެ މީހުން ތެދެއް ނަހަދާނެކަން. ރައްޔިތަކަށް ރާއްޖެއަކަށް އިސްލާމް ދީނަކަށް ދުވަހަކު ވެސް ހެވެއް ނޭދޭނެކަން. ދެން ބާރަށް އަތްޖަހާ!