ރާއްޖެ އޮތީ އިންޑިއާ އާއި އެނޫންވެސް ބޭރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް ކަމުގެ ޔަގީންކަން ދިވެހި ސަރުކާާރުން އިންޑިއާއަށް އަރުވައިފިއެވެެ.
ފޮރިން މިނިސްޓްރީގެ ސެކެޓްރީ ޖެނަރަލް އަހުމަދު ސަރީރު މިއަދު ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ ވަނީ ބައްދަލުކުރައްވާފައެވެ.
ފޮރިން މިނިސްޓްރީއިން މިއަދު ވިދާޅުވީ ސަރީރު މިއަދު އަކިލޭޝް މިޝްރާއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މަސްރަހުގެ ތަފްސީލުތައް އޮޅުންފިލުވައި ދެއްވާފައިވާ ކަމަށެވެ.
އަދި އެ މިނިސްޓްރީން ވަނީ ރާއްޖެ އިންޑިއާއާއެކު މަސައްކަތްކުރަން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ސަފީރުއަށް އަރުވާފައެވެ.
ރާއްޖެ އޮތީ އިންޑިއާއާ އެކު މަސައްކަތްކުރަން ތައްޔާރަށް ކަމަށް ސަރުކާރުން ބުނެފައިވާއިރު، އެކެއް ފެބްރުއަރީގެ އަމުރާގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއެކު އެކަން އުވާލަން އެންމެ ބޮޑަށް އަޑުއުފުލަމުން ގެންދާ އެއް ގައުމަކީ އިންޑިއާކަން ފާހަގަކޮށްލެވެއެވެ.
ޕޮލިޓިކްސްގައި ދައްކާ ވާހަކަޔާއި ޢަމަލު ތަފާތުވުމަކީ އެކަށީގެންވާކަމެއް! އިނގިރޭސި ބަހުން ލިޔެފަ ކޯޓްގެ އަމުރު އިންޑިޔާޔަށްދިނަސް އެމީހުން ގަބޫލުކުރާނީ ފެބްރުއަރީ 1ގެ އަމުރު، އެއީ އެމީހުން ފަންޑުކޮށްގެން ނެރުނު އަމުރަކަށްވީމަ!
ތެދުވާހަކައެއްތީ، ލަންކާގައި ހިގި ދާޚިލީ ހަނގުރާމަ އާއި، ނޮވެމްބަރ 3 ގެ ޙާދިޝާގެ ފަހަތުގައި ތިބީ އިންޑިޔާ ސަރުކާރު.
އަދި ހަދާންވެސް ކުރަންވާނެ . އެކުގައި މަސައްކަތް ކުރުމީ އެޅިހާ ބަތަކަށް ރިހައެޅުމެއްވެސް ނޫން.
ކަލެޔގެ އަގެއް ނެތެވެ. ތިދައްކަނީ ބުހުތާން،ދޮގުކަން އޭނާއަށް ވެސް އެނގިވަޑައިގަނެއެވެ. ދޮގުހަދައިގެން ފާއިދާއެއްކުރާނީއެއްފަހަރުއެވެ. ދޮގުފައްޗެއްއަމުނައިގެން ވާނީ ބޭޒާރެވެ.