ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ޚިދުމަތް ދެމުން އަންނަ، މީޑީއާނެޓް 52،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާނެޓް ޖޫރިމަނާކުރީ، އެ ކޮމިޝަނުން ފާސްކޮށްދީފައިވާ ގޮތާއި ޚިލާފަށް ޕެކޭޖަށް ބަދަލު ގެނެސް ހުއްދައާއި ނުލައި ބައެއް ޗެނަލްތައް ބްރޯޑްކާސްޓް ކުރި މައްސަލައަކާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފައިވަނީ، މީޑިއާނެޓަށް ފާސްކޮށްދީފައިވާ "ހިޓްސް" ޕެކޭޖާއި މީޑިއާ ނެޓުން ދޭ ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތުގައި ހިމަނާފައިވާ "ހިޓްސް" ޕެކޭޖުގެ ޗެނަލްތަކުގައި ތަފާތުތަކެއް ހުރި ކަމަށެވެ. މި ޕެކޭޖަށް ތިން ފަހަރެއްގެ މަތިން ކޮމިޝަނަށް އެނގުމަކާއި ނުލައި ބަދަލު ގެނެސްފައިވާއިރު، މީޑިއާނެޓަށް ރީބްރޯޑްކާސްޓް ކުރުމުގެ ހައްޤު ލިބިފައިނުވާ 23 ޗެނަލެއް ހިމަނައިގެން ޚިދުމަތްދީފައިވާ ކަމަށްވެސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ބުނެފައެވެ.

ބްރޯޑް ކާސްޓިންގ ކޮމިޝަނަށް އެނގުމަކާއި ނުލައި "ހިޓްސް ޕެކޭޖް" އަށް ތިން ފަހަރެއްގެ މަތިން ބަދަލު ގެނެސްފައިވާތީ މިއިން ކޮންމެ ފަހަރަކަށް ދެހާސް ރުފިޔާއިން މީޑިއާނެޓް ޖޫރިމަނާކުރިއިރު، ރީބްރޯޑްކާސްޓް ކުރުމުގެ ހައްޤު ނުހޯދައި ދައްކާފައިވާ ކޮންމެ ޗެނަލަކަށް ދެހާސް ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.

މި ޖޫރިމަނާގެ ޖުމްލަ 52،000 ރުފިޔާ، ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެރޭގައި ބްރޯޑްކާސްޓިންގ ކޮމިޝަނަށް ދެއްކުމަށް މީޑިއާނެޓަށް ވަނީ އަންގާފައެވެ.|

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަހަށްދޭބަލަ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސްކެވިފައި އިނގޭތޭ ތަމެން ދެން މަހަށް ދޭބަލަ މަަހަށް މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

  2. ބުއްޅަބޭ

    ޓިއީ މައްސަލައެއްނޫން، ޑިކޯޑަރ އަލުން ވިއްކަން ފަށާނެ ބޮޑުއަގުގަ މިހާރު ބޭނުންކުރާ ށިކޯޑަރުން ދެން އެއްވެސް އެއްޗެއް ނުފެއްނާނެ!

  3. ޙަމޭ

    ބަރާބަރު ނިންމެވުމެއް ސާބަހެ