ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ބަންގްލަދޭޝް މީހާ ހައްޔަރުކޮށްފިއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ބިދޭސީ މީހާ ޖިންސީ ގޯނާ ކޮށްފައި ވަނީ އުމުރުން އަށް އަހަރުގެ އަންހެން ކުއްޖަކަށެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އާއިލާާއިން މައުލޫމާތުދިން ގޮތުގައި ބިދޭސީ މީހާ ކުއްޖާއަށް ޖިންސީ ގޯނާ ކުރީ އެ ކުއްޖާ ދިިރިއުޅޭ ގެއަށް ގޮސްގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަދި އޭނާ 24 ގަޑިއިރަށް ބަންދުގައި ބެހެއްޓުގައި އިއްޔެ ކޯޓުން އަމުރު ނެރެފައިވާ ކަމަށް އޮފިޝަަލް ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.