ރާއްޖޭގައި އެންމެ ބޮޑުވެފައިވާ އެއް މައްސަލަ ކަމުގައިވާ މަސްތުވާ ތަކެތީގެ މައްސަލަ ހައްލު ކުރާނީ އުމަރު ނަސީރު ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

"ދައުވާ ކުރަން ޕީޖީއަށް ފޮނުވާ 65 ޕަސެންޓަކީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތައް" ކަމަށް ބުނެ ނޫހަކުން ގެނެސްދީފައިވާ ހަބަރެއްގެ ފޮޓޯ ފޭސްބުކުގައި ހިއްސާ ކުރަމުން އުމަރު ވިދާޅުވީ، ވޭތުވި 5 އަހަރު ތެރޭ މަސްތުވާތަކެތީގެ 12،000 އަށް ވުރެ ގިނަ މައްސަލަ ފުލުހުންނަށް ހުށަހެޅުނު ކަމަށާއި އެކަމުގެ ސަބަބުން އެތައް ސަތޭކަ އާއިލާ އަކަށް މިކަމުގެ އަސަރު ކޮށްފައިވާ ކަމަށެވެ.

އުމަރު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތަކުގެ ސަބަބުން އެތައް ދަރިންނެއް މަގުމަތިވެފައި ކަމަށާއި މިކަމުގެ ސަބަބުން ދަޢުލަތަށް ވަނީ ބުރަބޮޑުވެފައި ކަމަށެވެ. މި ހާލަތުގައި ގައުމު އޮތްއިރު ވެސް، އެއްވެސް ޕާޓީއަކަށް އަދި އެއްވެސް ވެރިއަކަށް ވެސް އެމައްސަލަ ހައްލުކޮށް ނުދެވުނު ކަމަށް އުމަރު ވިދާޅުވެފައިވެއެވެ.

"އިރާދަކުރެއްވިއްޔާ މި މައްސަލަ ހައްލު ކުރާނީ އަޅުގަނޑު" އުމަރު ނަސީރު ވިދާޅުވެފައިވެއެވެ.މަސްތުވާތަކެތި ބޭނުންކުރުމާއި އެތަކެތި ވަގުފާރުކުރުމާއި ދެކޮޅަށް ފާހަގަ ކުރާ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތުގައި އިއްޔެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމު ވިދާޅުވީ ޕީޖީ އޮފީހަށް އެންމެ ގިނައިން ހުށަހެޅެނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގުޅުންހުރި މައްސަލަތައް ކަމުގައެވެ. އެގޮތުން 65 އިންސައްތަކީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް ވަނީ ބުނެފައެވެ.

ފާއިތުވި އަހަރުގައި މަސްތުވާތަކެއްޗާއި ގުޅުންހުރި 1،425 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު، އެ މައްސަލަތަކުގައި 1،219 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ތާފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. Happy of

    ތި ގައުމުގެ ހަލާކު

    7
    16
  2. ގެރި

    ކަންކުރަންކެރޭ ވެރިއަކުބޭނުން
    ކާމިނީގެ ކެނެރީގެ ނޫންގޮތެއް ހޯ ދަންޖެހިފައި ވަނީ

    22
    8
  3. ވަނަވަރު

    މިގައުމަށް އެއްމެ ރަނގަޅީ އުމަރުގެ ސިޔާސަތް. އުމަރު ހަމަ ބަރާބަރު

    29
    7
  4. އާދަމުގެދަރި

    ތި މައްސަލައަކީ ހައްލު ނުވާނެ މައްސަލައެއް ނޫން. އަތްނުލެވޭ މީހުން ނުތިބޭގޮތަށް ހަދާފައި ފުލުހުންގެ މުވައްސަސާ ހިންގަން ކޮމާންޑްކުރަން ރިޓަޔަރޑް ޖެނެރަލުން ގެނައިމާ މައްސަލަ ހައްލުވާނެ. އަދި ޑްރަގް ކޯޓުން މައްސަލަ ބަލައި ނިމުނީމާ އިސްތިއުނާފު ނުކުރެވޭނެ ގޮަތަށް ގެނެސްފައި މަސްތުވާތަކެތީގެ ކުށެއްގެ ތުހުމަތެއް އޮވެގެން ޝަރީޢަތާ ހަމަޔަށް ދިޔަނަމަ އެ މީހަކަށް އިންތިޚާބީ އެއްވެސް މަގާމަކަށް ކުރިމަތި ނުލެވޭގޮތަށް ގާނޫނު ހަދަންވީ. ކޮންމެ މައްސަލައެއް ނިމުމާއެކު އެމީހަކު ތައުޒީރުކުރާ ގޮތަށް ގާނޫނުގައި ލިޔަންވީ. މައްސަލަ ހައްލުވަމުންދާ ތަން ފެންނާނެ.

    22
    1
  5. މޮޔަގޮލާ

    އުމަރަށް ވާނެ.

    22
    6
  6. ޖަމާލު

    ތިގޮތަށް ގޭގަ އޮވެގެންތަ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރާނީ؟

    14
    13
  7. ނިޒާމު

    ސާބަހޭ އިމަރާ

    10
    5
  8. އެއްކަލަ މަރީ

    ފޮނި އަނގަ. ހޯމް މިނިސްޓަރަކަށް ހުރި އިރު އެއްވެސް ކަމެއްނުވި. ސަޅިބައިސާކަނޑަން ރަނގަޅުވާނެ.

    14
    17
  9. ޖީހާން

    ހައްލަކީ އުމަރު

    18
    4
  10. ލޮލް

    އަންހެނުން ބުނީ ދޯ ތިހެން ބުނާށޭ؟

    12
    10
  11. އަހުމަދު ނީޒް

    މަގޭ ވޯޓް އުމަރަށް. 100%

    22
    6
  12. ގުދުގުދާބެއްޔާ

    ބެކްބޯންގެ މައްސަލަ ހައްލުކުރަން އެންމެ މޮޅީ ހަމަ އުމަރު! އެވަރެއްނެތް!

    10
    6
  13. އަލްޖިބްރާ

    ކަލެއަށް ކުރެވޭނެ ކަންތަށް ތިހިރީ ކޮށް ނިންމާފަ ! ދެން ކަލެއަށް ކުރެވޭނެ ކަމެއް ނެތް ! މާއަގަފުޅާނުކޮށް ހުރިއްޔާ މާތާހިރުވާނެ ! ދެން އޮތީ ހުދުވަލުގެ މައްސަލަ ! ކަލެއަށް ބާރު ލިބުނީމަ ކުރަން ހަވާލު ކުރި ކަންތަށް ބަހައްޓާފަ ވެރިކަމާ ހިފަން ނިކުތީމަ ތިހިރީ ބަޑުއަކިރިއަށް ހަދާފަ ! ދެން ކަލެއަށް ކުރެވޭނެ ކަމަކީ މީހުންގެ މެދުގައި ނަފްރަތު އުފެއްދުމާއި ދޭތެރެ ޖެއްސުމުގެ ނުބައި އަމަލު ހިންގުން !

    9
    16
  14. އިބިލީސް

    އަހަރެން ޤަބޫލު ކުރަން އުމަރަށް ވެދާނެކަން. ގޭންގްތަކާއި އެމީހުންނާއި ގުޅިގެން އުޅޭ ސިޔާސީ މީހުން އެންމެ ރުޅިއަންނަނީ އުމަރު ދެކެ

    24
    4
  15. ައަހުމަދު

    މީނަހީކުރަނީ މީނަޔަކީ ސުޕަމޭންކަމަށް އެހެނމިހުންނަކީ ޤަމާރުންތަކެއްކަމަށް އެކަމަކު މަޤާމެއްދިނީމި ވީ އެއްކަމެއްވެސް ނެތް. ފެންނަކްމެއްވެސް، ވާކަމެއްވެސް ނެތް ހަމަ މުސާރަނަގައިގެން ފިތިފައި ހުރީ.

    7
    12
  16. ރައްްޔިތެއް

    މަސްތުވާ ތަކެތީގެ މައްސަލައަކީ މޑޕ އިސް މީހުންނާ ގުޅިފައިވާ ވަރުގަ ދަ ފިޔަފާރި އެކެވެ އަ ދި އެއަށްވުރެ މާ
    ބޮޑަށް ސިޔާސީ ހަތިޔާރެކެވެ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އޭގެ ސޮޓްކްތައް ރައްކާކުރެވި ފަސޭހައިން އެ ބޭނުންކުރާ ފަރާތްތަކަށް ލިބޭނެމަގު ފަހިކޮށް ދީ ހަ ދާފައިވަނީ
    މޑޕ އާއި މިސަރުކާރުގެ ތެރެއިން އިސްމީހުންގެ ވާގިވެރި
    ކަން ލިބިގެންނެވެ އެހެން ކަމަށްވާއިރު މޑޕ ދ ދެމިއޮތުމަށް
    މި ވިއަފާރިވެސް ދެ ދެމިއޮންނަން ޖެހެއެވެ މަސްތުވާ އެއްޗެހި ނައްތާލެވޭނީ މޑޕ އުވާލައިގެންނެވެ.

    8
    1
  17. ޔޫތު

    ީ will vote for you

    11
  18. ބަފާބޭ

    ހޫމް.. އެހެންވީމަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުވާ މީހާވެސް މިއެނގުނީތާދޯ؟

    1
    2
  19. ކާފަ

    އުމަރަކީވެސް ގޭންގްލީޑަރެއް.. ލަކުޑިބުރި ހިފާގެން މީހުންނެރޭތަން ނުފެނޭތަ..

    2
    1
  20. ނުވި.....

    ޢުމަރުގެ ހޯމް މިނިސްޓަރ ކަމުގައި ވެސް ނުކުރެވުނު ކަމެއްގެ ވާހަކަ ދެއްކުމުން އަންނަނީ ޒާތެއްގެ ހިންޏެކެވެ.

    4
    2