ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން މިރޭ ބާއްވާ ޖަލްސާގައި ބައިވެރިނުވާން އިދިކޮޅު މެންބަރުން ނިންމައިފިއެވެ.

އިދިކޮޅު ޕާޓީތަކުން ބުނީ އިދިކޮޅު ޕީޖީ ގްރޫޕުން ނިންމަވާފައިވަނީ މިރޭގެ ޖަލްސާ ބޮއިކޮޓް ކުރުމަށް ކަމަށެވެ. ޖަލްސާ ބޮއިކޮޓް ކުރަން ނިންމީ ސުޕްރީމް ކޯޓުން މިމަހު އެއްވަނަ ދުވަހުގެ އަމުރުގައި ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައިވާ ރައްޔިތުން މަޖިލީހުގެ 12 މެންބަރުންނާއި ހައްޔަރުކޮށްފައިވާ މެންބަރުންނަށް މަޖިލީހުގެ ޖަލްސާގައި ބައިވެރި ނުވެވޭތީ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

މީގެ އިތުރުން މިރޭގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އިންނަވާ ރައްޔިތުން މަޖިލީހުގެ ރައީސް އަބުދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މެންބަރުން ނިންމާފައިވާ ކަމަށާއި މަސީހު އިންނަވާ ޖަލްސާއަކީ ގާނޫނާ ހިލާފް ޖަލްސާ އެއް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

މަޖިލިސް ހުޅުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޖަލްސާ އޮންނާނީ މިރޭ 21:00 ގައި ދަރުބާރުގޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޣާދިރު

    ތިޔަމީހުންނައް ކުރެވޭނެ ކަންކަން މިހާރުވެސް އެދަނީ ކުރަމުން..

  2. ޕޮފުބާ

    ހަޔާތްކުޑަ ޖައްބާރުންތަކެއް ކުށެއްކުރަން އެގޭ ޖައްބާރުތަކެއްނޫން

  3. ރަނދަ

    ރަނގަޅު ނިންމުމެއް. ހަޅޭލަވާ އަޑުގަދަ ކުރުމަށްވުރެ މާރީތިވާނެ ޓީ. ވީ. އި ް ބަލަން ގޭގަ ތިބިއްޔާ..

  4. ދެބަންދިހާރު

    ނަމަ ނަމަ މި ސަރުކާރުން ދޭނީ ގައިރު ގާނޫނީ މުސާރައެކޭ ކިޔާފަ މުސާރަ ނުނަގާ ނުހުންނާތި. އޭރުން އިޚްލާސްތެރިކަން ފެނިދާނެ.

  5. ތުއްތަފާ

    ތިޔަ ހުރިހާ ބަހަނާއެއް ނުދައްކާ ބުނެބަލަ ތިމަންމެންމީ ރައްޔިތުންގެ ބަސް އިއްވަން އުޅެ ބައެއް ނޫނޭ. މުސާރަ ކޮޅަށް އުޅެ ބައެކޭ. ދިޔަސް ނުދިޔަސް އެބައި ޖަމާވޭނު.

  6. ގަމާރު

    މިހާތަނަށް ރަގަޅު ހުކުމެކުރެވުނީ 1ފެބްރުއަރީގަ.. ދެން އެހުކުމް ތަންފީޒުކޮއްފަ ސްޕްރީމް ކޯޓުބަންދކުރަން އިދިކޮޅުމީހުންބޭނުންވަނީ... ބަލަ ތިޔަބުނާކޯޓުން ހަމަ ތިފަޑިޔާރުންގެ އިއްތިފާގުންނޫންތަ ދޫނުކުރެވިގެންތިއުޅޭ ކުއްވެރިންނަ ހުކުމްކުރީ.. އޭރުގަ ހުކުމްގޯސް ފަޑިޔާރުންގޯސް. ރުހޭހުކުމްކުރީ އެހުރިހާ ކަމެރަގަޅު.. ކީކޭބުނާނީ.. އަހަރެމެންވެސްމީ ރައްޔިތުން. އަހަރެމެންނަކަ މިހާރު ތިކޯޓުންނިންމި ހުކުމް ރަގަޅެނޫން..

  7. މުހައްމަދު

    ތީކީ އާކަމެއްނޫން ފެންވަރެއްނެތީ ކިތައްދާއިރާގެ ކިތައްމީހުންގެ އުންމީދުތަކުގަ ތިޔަ ކޮޅުފައިންޖެހީ ޖާހިލުންނަކީ ސާބަހޭ ގޮއްރާޅު އިއްތިހާދު

  8. Anonymous

    މަޖުލީސް ނުފަށައިގެންވެސް އުޅުނީ މިބައިގަނޑު، ޖަލްސާއަކަށް ދަނީކީނޫން، ބަޖެޓަކަށް ވޯޓު ދެނީކީނޫން، ނޮހޮރުއްޕާން ކޮށްފަ މުސާރަނެގުން ނޫންކަމެއް ނުކުރޭ. ރައްޔިތުންގެ ލާރިގަނޑު ކައިގެން ތިބޭބަޔެއް. އިދިކޮޅު ތިބުނާ އެކަކަށްވެސް މުސާރަ ހަލާލު ނުވާނެ

  9. Anonymous

    މިމީހުންގެ ދާއިރާތައް ދެންވީ މެމްބަރުން ނުލާ ދާއިރާތަކަށް ހަދަން. މިހާރު އެނގޭ ތިއީ ރައްޔިތުންގެ ރެޕްރެޒެމްޓަރުންނޫންކަމާ ތިއީ ޕާޓީ ރެޕްރެޒެންޓަރުންކަން.

  10. ޜަސީދު

    ތީއަލައް ކުރިކަމެއް ނުން ބަޖެޓައް ވެސް ވޯޓެއް ނުދެއެއްނު އެކަމަކު މުސާރަވެސް ނަގާގެން ރައްޔިތުން ނައް އެވެނިމިވެނި ކަމެކޭ ކިޔަކިޔާ އެތިބީނު

  11. Anonymous

    ﷲ ގެ ހެޔޮ ރަހުމަތްފުޅު. ތިޔަބައިމީހުން އެތަނަށް ދިޔަނަމަ ހައިވާނު ބަގީޗާއަކަށް އެތަންވާނެ.