ޖުމްހޫރީ ޕާޓީން ކުރިން ބޭނުން ކުރަމުން ދިޔަ ދިދައާއި ލޯގޯގެ ބަދަލުގައި އައު ދިދައާއި ލޯގޯ ރޭ ފާސްކޮށްފިއެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ރޭ ނިންމާލި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ދިދައާއި ލޯގޯ ބަދަލުކޮށް ފާސްކޮށްފައިވަނީ ދިދައާއި ލޯގޯ ފާސްވެފައިވަނީ ކޮންގްރެސްގައި ބައިވެރިވި މަންދޫބުންގެ އިއްތިފާގުންނެވެ.

ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯ ބަދަލުކޮށްފައިވަނީ ކުރިން ބޭނުންކުރި ދިދައާއި ލޯގޯ ބޭނުން ކުރުން އިލެކްޝަންސް ކޮމިޝަނުން މަނާ ކުރުމުންވެ.

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްއިން ފާސްކުރީ އެ ލޯގޯއާއި ދިދައިގައި ހިމެނޭ ހަނދުފަޅި ވަނީ ނަގައިފަ އެވެ. ހަނދުފަޅީގެ ބަދަލުގައި ވަށް ބޮޅެއްލާފައިވުން ފިޔަވައި އިތުރު ބަދަލެއް ގެނެސްފައެއް ނުވެއެވެ. ޖުމްހޫރީ ޕާޓީން ބުނީ އެ ލޯގޯ އާއި ދިދައަކީ އިލެކްޝަންސް ކޮމިޝަނުން ފާސްކޮށް، ބޭނުންކުރުމުގެ ހުއްދަދީފައިވާ ލޯގޯއެއް ކަމަށެވެ.

ޖޭޕީގެ އައު ދިދަ އަކާއި ލޯގޯއެއް ބޭނުން ކުރުމަށް ނިންމީ، އިލެކްޝަންސް ކޮމިޝަނުން އެނގި އެންގުމާއި ގުޅިގެން ޖުމުހޫރީ ޕާޓީން ކޯޓަށް ހުށައެޅި މައްސަލަތައް ނުނިމި ދިގުލައިގެން ދިޔުމާއި ރިޔާސީ އިންތީޚާބު ބޯމަތިވަމުން އަންނަ އިރު ކުރިޔަށް ދެވޭނެ ގޮތަކީ އެއީ ކަމުގައި ވާތީއެވެ.

ސަރުކާރުގެ ގެޒެޓުގައި 9 މާޗްގައި ޝާއިއު ކުރި އެ އުސޫލުގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދިދަ ހުންނީ ގައުމީ ދިދައިގެ ހަނދުފަޅީގެ އެތެރެއަށްވާ ގޮތަށް ފަސް ފިޔައިގެ ތަރިއެއް ހިމެނޭ ގޮތަށެވެ. އަދި އެ ދިދައާ ވައްތަރު ދިދައެއް ނުވަތަ ނިޝާނެއް އެހެން އެއްވެސް ފަރާތަކުން ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް އެ އުސޫލުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޯކު

    ދިވެހިން ޖުމްހޫރީ ޕާރޓީ. އިނގިރޭސިން ރިޕަބްލިކަބް ޕާރޓީ. އޮންނަންވާނީ ކޮންމެެވެސް އެއް ނަމެއް ނޫންތަ. ޕާރޓީގެ ވަނަމާއި އެއްކޮން ދޯ ތިކީ.