އިންޑިއާގެ ނޭވީ ޝިޕް "ޝަރްދާ" ރާއްޖެއަށް އައިސްފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ޝަރްދާ ރާއްޖެ އަށް އައީ ދިވެހި އަސްކަރިއްޔާ އާއި އިންޑިއާގެ އަސްކަރިއްޔާއާ ގުޅިގެން "އެކްސް އެކަތަ 4" ނިންމުމުގައި ބައިވެރިވާން ކަމަށެވެ.
ނޭވީ ޝިޕް ފުރާނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
އިންޑިއާ އާއި ރާއްޖެ ގުޅިގެން ދޭތެރެ ދޭތެރެއިން ކަނޑުމަގުންނާއި ވައިގެ މަގުން އަސްކަރިީ ތަމްރީނުތައް ކުރިއަށް ގެންދެއެވެ.
މި ތަމްރީނުތަކުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ އަސްކަރިއްޔާގެ މެދުގައި އުފެދިފައިވާ އަސްކަރީގުޅުން އިތުރަށް ބަދަހި ކުރުމާއި ކައުންޓަރ ޓެރަރިޒަމާއި ކައުންޓާ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމެވެ.
ރާއްޖޭގެ ބައެއް ސިފައިން ދަނީ މިހާރުވެސް އިންޑިއާގައި ތަމްރީނުތައް ހަދަމުންނެވެ. އިންޑިއާ ސަރުކާރުން ދަނީ ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އިންޑިޔާ އައުޓް.
ކީއްކުރަން މިއައީ ބޭނުމެއް ނޫން
ނޭވީ ޝިޕް ފުރާނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. ރައްކާވޭ
ދެން ތިކަހަލަ އިންޑިޔާގެ އަސްކަރީތައް ރާއްޖޭގަގިނަވާނެއެވެ. އެންމެފަހުން މިނިވަންކަންވެސް ދާނީއެވެ.
ކާކަށް ބިރުދައްކަންބާ