ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ ކަން ކަށަވަރު ވެއްޖެއެވެ.

މިހާރު ޖުމްހޫރީ ޕާޓީގައި ހުންނެވި ނާޒިމް "ވަގުތު" އަށް ވިދާޅުވީ އެ ޕާޓީ ވުޖޫދަށް ގެނައުމަށް ޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ދާދި އަވަހަށް ހުށަހަޅުއްވާނެ ކަމަށެވެ.

މީގެ އިތުރު ތަފްސީލެއް ނުދެއްވައެވެ. މައުލޫމާތު ލިބޭ ގޮތުގައި މަޖިލީހުގައި މިހާރު ތިއްބެވި މަދު މެންބަރުންތަކެއް ވެސް މި ޕާޓީއަށް ސޮއިކުރައްވާނެއެވެ.

މީގެ ކުރިން ވެސް ނާޒިމްއާއި އޭނާގެ އެކުވެރިޔާ އަދި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ގުޅިގެން ޕާޓީއެއް އުފައްދާ ކަމުގެ އަޑުތައް ފެތުރުނެވެ. އޭރު މި ދެ ބޭފުޅުން ވެސް މި ކަން ދޮގު ކުރެއްވިއެވެ.

ނާޒިމާއި ރިޔާޒު ވެސް އަދި ހުންނެވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދި ވިޔަފާވެރިޔާ ގާސިމް އިބްރާޙީމްގެ ޖުމްހޫރީ ޕާޓީގައެވެ.

ރިޓަޔަޑް ކާނަލް ނާޒިމް ސިޔާސީ މަސައްކަތަށް ނުކުންނެވީ ކުރީގެ ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމު ލިބިވަޑައިގެންނެވި ހިސާބުންނެވެ. އެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އެ މަގާމު ފުރުއްވިއެވެ.

އެކަމަކު ފަހުން ނާޒިމްގެ ގެކޮޅުން ފިސްތޯލައެއް ފެނުނު ކަމަށް ބުނާ މައްސަލައެއްގައި ނާޒިމް ހައްޔަރުކޮށް ޕީޕީއެމުން އޭނާ ދުރުކުރިއެވެ. އެ މައްސާލަގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ. ނާޒިމް މިނިވަންވީ 2018 ގެ ރިޔާސީ އިންތިޚާބަށް ފަހު ކޯޓުން އެ ހުކުމް ބާތިލް ކުރުމުންނެވެ.

އޭގެ ފަހުން ޖޭޕީއަށް ސޮއިކުރައްވައި ނަވާރަވަނަ މަޖިލީހުގެ ދަނގެތި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެ ޕާޓީގެ ޓިކެޓުގައެވެ. އެއަށް ފަހު މިއަދާ ހަމައަށް ވެސް އޭނާ އަދި ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ތެދު

    ތީބޮޑުތަނުން ފޭލިވެފަހުރި މީހެއް..ތީބާގީން ގާޒީން ..ހެހެހެ

    25
    8
  2. މާލެ

    ޔާމީން ކުރިވަރެއް އަދި އެހެން އެއްވެސް ރައީސްއަކަށް ނުކުރެވޭ. ޚިޔާނާތުގެ ކަންކަން ހުރިނަމަވެސް އެއާއެއްކޮށް..ސަރުކާރު ހިންގުން އެފިޝަންޓް ކުރި. ތިމާގެމީހުން ވެރިކަމާ ދުރުކުރުވި. ގައުމުގެ ތަރައްގީއަށް އުނދަގޫކުރި ހުރިހާ އެންމެން ޖަލަށްލައި ގައުމުގެ މަސްލަހަތު ދެމެހެއްޓެވި. މަޖްލިސް މައިތިރި ކުރުވި. ބޭރުގައުމުތަކުގެ ނުފޫޒަށް ނުލެނބި ދިވެހިރާއްޖެ އަމިއްލަ ގޮތެއްގައި ދެމެހެއްޓެވި. ގައުމުގެ ތަރައްގީ 5 އަހަރު ތެރޭގައި 30 އަހަރުގެ ތަރައްގީ ގެންނެވި. ބިޔަ ރެސޯޓު ޕްރޮޖެކްޓްތަށް ގެންނެވެ. ދިވެހިންގެ އަތަށް ލާރިއަރައުވައި މުއްސަނދި ކުރުވި. ދިވެހިން ސިއްހީ ކަންކަންފަދަ ކަންކަމުގައި އަމިއްލަ ފައިމައްޗަށް ނެންގުވި.

    61
    5
  3. ކާފަބޭ2020

    ކުރިންވެސް ގޮނޑިހޯދަދޭންއެންމެބުރަކޮށްމަސައްކަތްކުރިމީހުން ގޮނޑިލިބުނީމަކޮށްލީބާކީ،! ދެންރައީސްކަމަށްހޮވާދިނީމަ މުޅިޤައުމުވެސް ބާކީކޮށްލާފަދާނީތޯ؟ "އެއްފުޅަށްމަތިންފުންމާލި ބަކަރިއަނެއްފުޅަށްމަތިންވެސްފުންމާލާނެ"!!!!!!

    26
    1
  4. ޢބްދުއްﷲ

    ނާޒިމް އިސްވެ ސިޔާސީ ޕާޓީއެއް އުފައްދަނީ

    ( ޖުލައި 10, 2021 )

    ގާސިމް އިބްރާޙީމްގެ ޖުމްހޫރީ ޕާޓީ ވެސް ފެއިލްވީތާ ދޯ ؟

    އުފައްދާޕާޓީ އަށް ކިޔަން ފެންނަނީ ''ބާރޫޒު ''

    14
  5. ސޮއި

    މިވަގުތު ބޭނުންވަނީ އިންޑިއާ މިލިޓަރީ މިގައުމުން ބޭރުކޮށްލާނެ ކަމުގެ ޔަގީންކަމެއް ދޭނެ ލީޑަރެއް.
    ނާޒިމަކީ ކުޅަދާނަ ހިންގުންތެރި ގާބިލް މީހެއް. ނަމަވެސް އިންޑިއާއި ދެކޮޅަށް އެއްވެސް އެއްޗެއް ނުބުނާނެކަން ޔަގީން.

    20
    3
  6. ޤާދިރު

    ނާޒިމަކީ ހިންގުންތެރި ލީޑަރެއް. އެކަމަކު ނާޒިމު ވެރިކަމަށް އަތުވެއްޖެ ނަމަ އަލުން އެމެރިކާގެ ސޯފާ އެގްރިމެންޓް ހަޤީޤަތަކަށްވެ އެމެރިކާގެ މިލިޓަރީ އައުން ވަރަށް ގާތް. ސޯފާގެ ފުރަތަމަ ދެލި ކޮޕީގައި ސޮއިކުރީ ވަހީދުގެ ވެރިކަމުގަ ނާޒިމް ޑިފެންސް މިނިސްޓަރަކަށް ހުރެ އަޑިނޭގޭ ކަންތައްތަކެއްގެ ތެރެއިން ނާޒިމު. ނާޒިމަކީ އަސްލު ވަރަށް ކްރޮޕްޓް މީހެއް. ނާޒިމުގެ ހަޤީގަތް ދަންނަ މީހުންނަށް މިކަން އެނގޭނެ

    20
    2
  7. މރ ޕްރޭން

    ތިއީ ބޭކާރު މީހެއް...ސަލާމަތީ ޙިދުމަޔުގެ މަތީމގާމެ ފުރިމީހަކު ގައުމު އަޅު ވެޔިކުރުމަށް އެއްބާތުލުންދީގެން ހައްޕުކިޔައިގެން މިހުރިހާ ދު ވަހު އެހުންނަނީ ޕްރޮޖެކްޓްތައް ހޯދައިގެން..އުތުރުތިލަފަޅު އިންޑިއާއަށް ދިނުމުގަ ނާޒިމުގެ ހިއްސާނެތްތޯ ބަލަންޖެހޭ....ފެންކުފުނީ ހާދިސާގަ ވެސް ނާޒިމުގެ ރޯލެއް އޮތްކަމަށް އަޑުއި ވުނު...ލަންކާގަ މަހިންދަރާޖްގެ ކުރީގެ ވެރިކަމުގަ ހަތިޔާރު ސްމަގްލްކުރި ކުންފުނީގެ އެޑް ވައިޒަރަކީ ނާޒިމުކަމަށް ވަނީ..އަބުދުﷲރިޔާޒާ ދެމީހުން...ކޮއްމެ ކަމެއްގަ ފްރޭމްކުރީއޭބުނެ ފަރުނުޖެއްސޭނެ...

    14
  8. ހުސޭނުބޭ

    އެއްމެ ޕާޓީއެއް ކީއްކުރަން. ހަތަރު ޕާޓީ އުފައްދާ

    16