ޝަރީއަތުން ނުނިންމާހަ ހިނދަކު އެއްވެސް މުސްލިމަކީ ކާފަރެއް ކަމަށް ކަނޑަނޭޅޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ޒާހިރު މިއަދު "ވަގުތު" އަށް ވިދާޅުވީ، އެކަކު އަނެކަކަށް ކާފަރަށް ގޮވާ ކަމަށް ބުނެ މި ފަހަކަށް، އައިސް މިނިސްޓްރީއަށް އެކި ކަަހަލަ ޝަކުވާތައް ލިބެމުންދާ ކަމަށެވެ.

އޭގެ ތެރޭގައި ދީނީ ބައެއް އިލްމުވެރިންވެސް މީހުން ކާފަރުކޮށް ވާހަކަ ދައްކަވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މީސް މީޑިއާގައިވެސް އެހެން ވާހަކަތައް ދެކެވޭކަމުގެ ކަންބޮޑުވުން މިނިސްޓާރު ފާޅުކުރެއްވިއެވެ.

ޒާހިރު ވިދާޅުވީ، ވަކި ފަރުދަކީ ކާފަރެއް ކަމަށް ކަނޑައެޅުމުގެ އިހުތިޔާރު އެއްވެސް މީހަކަށް ލިބިގެންނުވާ ކަމަށެވެ.

"އިސްލާމި މުޖުތަމައުގައި ކާފާރަކަށް ބުނުމުގެ ހައްގެއް ނެތް އެއްވެސް މީހަކަށް ލިބިގެނެއް ނުވޭ. އެކަން ކަނޑައަޅާނީ ޝަރީއަތުން" އޭނާ ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވީ، މިނިސްޓްރީއަށް ހުށައަޅާ ޝަކުވާތަަކާ ގުޅިގެން ނަސޭހަތް ދިނުމާއެކު އިންޒާރުތައް ދޭން ޖެހޭ މީހުންނަށް އިންޒާރުދެމުންދާ ކަމަށެވެ. އަދި ކަމާއި ބެހޭ އިދާރާތަކަށް ހުށައަޅަން ޖެހޭ ކަންތައްތައް ހުށަހަޅުއްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ވާހަކަތައް ދެއްކެވީ އެއްވެސް ގޮތަކަށް މަޖިލީހަށް ހުށައެޅިފައިވާ ބިލާ ގުޅުވައިގެން ނޫންކަން އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ.

މި ވާހަކަ ދެކެވެނީ ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާފައި ވަނިކޮށެވެ. މި ބިލާ މެދު އާންމުންގެ ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައިވަނީ، އިސްލާމް ދީނާ ޚިލާފަށް މީހަކު އުޅޭ ކަމަށް އާންމު ތަނެއްގައި ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން އޮތުމުންނެވެ.

އިސްލާމިކް މިނިސްޓްރީންވެސް އިސްލާހުތަކެއް ހުށައެޅި އެ ބިލް މަޖިލީހުގެ ތަޅުމަށް ގެންގޮސް އިތުރަށް ދިރާސާކުރަން މިހާރު ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

 1. މަސްއޫދު

  އެހެންވެއްޖިއްޔާ ފާޅުގައި ކީރި ރަސޫލާ ގަބޫލުނުކުރިއަސް އެމީހާ މިރުތައްދުވިއަސް އިސްލާމިކު މިނިސްޓްރީއިން އެކަން ނުނިއްމަނީސް އެމީހަކު މުރުތައްދުވީކަމަށް ނުބެލެވޭނެތާ! ތިޔަ ޒާތުގެ މިނިސްޓަރުން ތިބޭނަމަ މިރާއްޖޭގައި އެއްވެސް މީހަކު ކާފަރަކަށް ނުވާނެތާ!

  59
 2. ޢަބްދުއްލަޠީފު

  ތިހެންވީރުން ތަހުގީގު ހިންގަންވީނު. ދީނާ ދެކޮޅައް ވާހަކަ ދައްކާ މީހުންގެ އިސްލާމްކަން. މުސްލިމުންތޯ ނުވަތަ ނޫންތޯ ދެނެގަތުމައްޓަކާ

  50
 3. އިންޓެލިޖެންސް

  ކާފަރެއް ކަމަށް ކަނޑަ އެޅޭނީ ޝަރީއަތުން. ރަނގަޅު. އެކަމަކު މީހަކު ދީނުގައި އަންގވާފައިވާ ގޮތާ ޙިލާފަށް އުޅޭ މީހެކޭ ބުނުމަކީ އެއީ އަދި އެމީހަކީ ކާފަރެކޭ ބުނުމެއް ނޫން. މިސާލަކަށް މީހަކު ރާ ބޮއެ މަސްތުވާތަޖެތި ބޭނުން ކުރާ ކަމަށް ވަނީ ނަމަ އެ މީހަކީ ދީނާ ޙިލާފަށް އުޅޭ މީހެކޭ ބުނެވެން ޖެހޭނެ. މީހަކު ރޯ ބަރަހަނާ ހާލު މަގުމަތީގަ އުޅެންޔާ ތިޔަ އުޅެނީ ދީނާ ޙިލާފަށޭ ބުނެވެން ޖެހޭނެ. ހަމަ އެހެންމެ ދޮގު ހެދުން، ރިސްވަތު ހިފުން، ވައްކަން ކުރުން، ޢީބަ ބުނުން، ހުސް ދީނާ ޚިލާފު ލާދީނީ ކަންކަން މީ.. އެކަމަކު އެކަން ކުރާ މީހުންގެ އިސްލާމު ކަމެއް ނުގެއްލޭނެ.. އެކަމަކު އެ ވާނީ ދީނާ ޙިލާފަށް އުޅޭ މީހަކަށް.. ސިންޕަލް.. މި ވަރަށް ބިލްގަ ތާފްސީލް ކޮށްލީމަ މައްސަލަ ހައްލުވީ. ސިންޕަލް.

  39
  1
 4. އަހަންމަދު

  މީހަކު މަގުމެދަށްނުކުމެ އަޑުގަދަކުރާއެއް މެދުވެރިކޮށް"މަށަކީ މުސްލިމެއްނޫނޭ، ﷲއޭ ކަލޭމެން ތިކިޔާފަރާތަކީ އިލާހެއްނޫނޭ، ﷲއެއީ އިލާހުކަމަށް އަހަރެން ގަބޫލެއްނުކުރަމޭ" މިހެން ގޮވިނަމަވެސް އެމީހާއެއީ ކާފަރެކޭ ނުބުނެވޭނެތޯ؟އެެއިރުންވެސް ހަމަ ޖެހޭނީ ޝަރީއަތުންނިންމައިގެންތޯ އެއީކާފަރެކޭބުނަން!

  38
 5. ކޮރަލް

  ދެން އިސްލާމްދީނައް ފުރައްސާރަ ކުރާ މީހުން ހާޒިރު ކޮށް މައްސަލަ ތައް ނުބަލާ މައްސަލަ އަކީ ކޮބާކަން ހާމަކޮށްދީ ބަލާށެވެ.

  40
 6. އަބްދޫ

  އިސްލާމް ދީން ނުވަތަ ކީރިތި ގުރްއާން ނުވަތަ ރަސޫލާ ގަބޫލު ނުކުރާކަމަށް ފާޅުގަ ބުނާ މީހާ މުސްލިމަކު ކަމަށް ބަލައިގަނެ އެމީހާއަކީ ކާފަރަކުނޫން ކަމަ ނުވަތަ މުސްލިމަކު ކަމަށް ބުނެެފިނަމަ އެ ހެދުނީ ދޮގެއް.ދޮގުހަދައިގެން ފާފވެރި ވުމަކީ ހަރާމް ކަމެއް.

  31
 7. އަބްދޫ

  އިސްލާމް ދީން ނުވަތަ ކީރިތި ގުރްއާން ނުވަތަ ރަސޫލާ ގަބޫލު ނުކުރާކަމަށް ފާޅުގަ ބުނާ މީހާ މުސްލިމަކު ކަމަށް ބަލައިގަނެ އެމީހާއަކީ ކާފަރަކުނޫން ކަމަ ނުވަތަ މުސްލިމަކު ކަމަށް ބުނެެފިނަމަ އެ ހެދުނީ ދޮގެއް.

  17
 8. މަބޭ

  ވަކިމީހަކުބޭނުންވީމަ މީހަކުބޭނުންވީމަ އެމީހަކުބޭނުންވާމީހަކު ނުވަތަ ބަޔަކު ޓެރަޓިސްޓުންގެގޮތުގަވެސް ކަންޑަނޭޅޭނެ

  23
 9. އަބްދޫ

  އިސްލާމް ދީން ނުވަތަ ކީރިތި ގުރްއާން ނުވަތަ ރަސޫލާ ގަބޫލު ނުކުރާކަމަށް ފާޅުގަ ބުނާ މީހާ މުސްލިމަކު ކަމަށް ބަލައިގަނެ އެމީހާއަކީ ކަމަށް ބުނެެފިނަމަ އެ ހެދުނީ ދޮގެއް.

  15
 10. މުނާފިޤު

  ކަލޭވެސް ތިޔަ ވަނީ ކާފަރު... އިސްލާމް ދީނުގައި މީހާ މުރުތައްދުވެ، ދީނުން ބޭރުވެ، ކާފަރު ވާނެ ގޮތް އޮވޭ. އެއިން އެއްވެސް ކަމެއް ކޮށްފިއްޔާ އެމީހާ ކާފަރުވާނެ. ޝަރީއަތުން ނުނިންމިއަސް. ވައްކަން ކޮށްފިއްޔާ އަންނި އަކަސް، އިބޫ އަކަސް، އެމްޑީޕީ އަކަސް، ވަގަށް ވެސް ގޮވޭނެ

  24
  • ފައުޒާން

   ކާފަރުވަނީއޭ ތިޔަ ގޮވަނީ ކޮން ކަމަކައް ބިނާކޮއްތަ.؟ ޝަރީއަތުން ނޫނީ މީހަކު ކާފަރުކަމަކައް ކަނޑައެއް ނޭޅޭނެ. އެއީ އެމީހަކު ކާފަރުވުމައް ކޮއްފިކަމެއް ސާބިތުވެސް ކުރަން ޖެހޭތީ އަދި ހެކިންގެ ގޮތުގައި ޝަރުތު ހަމަވާބަޔަކުގެ ހެކިން އެކަން ސާބިތުކޮއްފައި ނޫނީ ކިހިނެތްތޯ އެމީހަކުގެ މައްޗައް ކާފަރުވެއްޖެކަމުގައި ވާނަމަ އެކަމައް ޝަރީއަތުގައި އޮންނައަދަބު ފުރަތަމަދޭނީ. ތިޔަ އުޅެނީ އިސްލާމްދީނާއި އެދީނުގެ ޝަރީއަތުގެ ކިހާ މިންވަރެއްތަ ފަހުމް ކުރެވިގެން ފުރަތަމަ. ބުއްދި ކޮބާތަ.؟ އިލްމެއް އެބަހުރިތަ ތިޔަވަރުގެ ވާހަކަދައްކަން.؟ މާތް ރަސްކަލާނގެ އަށް ބިރުވެތިއެބަވެވޭތަ ހިތައް އެރިގޮތަކައް ދީނުގެ ކަންކަމާއި ވާހަކަދައްކަން ކަންކަން ނޭނގޭ ހާލު އަދި އިލްމު ފުރިހަމައަށް ނެތި.؟ ތީއީވެސް ހައްދަފަހަނެޅުން ނޫންދެން ކޯޗެއް. ދީނުގެ ވާހަކަ ދައްކަން ބޭނުމިއްޔާ ފުރަތަމަ އިލްމު އުނގެނެން އުޅޭ. އެޔައް ފަހު އަނގަހުޅުވާނީ.

 11. ތެދު

  ކަލޭމެން ސަރިޔަތް ހިނގީމަނު..!؟ ނުހިންގާ ބޮޑެތިވަޒީފާތަކުގަބައިތިއްބާފަ ދެންކޯޗެކޭތިކިޔަނީ...!؟ﷲތައާލާއަށް އޮޅުވާލެވޭނެތަ..!؟

  26
 12. ޅިންކް

  މީހަކު އިސްލާމް ދީނުގައި ދީނުން ބޭރުވެ ކާފަރެއްގެ ސިފަ ލިބޭކަމެއްކޮށް ނުވަތަ ބަހެއް ބުނެފި ކަމުގައި ވަންޏާ ޝަރީޢަތުން އެމީހަކީ ކާފަރެއްކަމަށް ކަނޑައަޅާކަށް ނުޖެހޭނެ

  21
 13. ކާފަބޭ2020

  ބިލުދެކޮޅަށްދެމިބޭނުންފުދިއްޖެ! އެނބުރިގޭސްގަނޑުކާމިޔާބު!

  11
 14. އަބްދޫ

  ހުރިހާ ދިވެހިންނަކީ އިސްލާމްދީން މަތީގަ ތިބި ބައެއް.އެކަ،މަކު ދިވެއްސަކު ރަސުލާ ގަބޫލު ނުކުރާކަމަށް ކީރިތި ގުރްއާނު ގަބޫލު ނުކުރާކަމަށް ބުނެފިނަމަ އެމީހަކު އިސްލާމެއްކަމަށް ބެލެވިދާނެތަ؟ ޔަހޫދީންނާ ނަސާރާއިން ނަކީ ﷲ ބާވައިލެއްވި ދެފޮތަށް އީމާންވަފަ ތިބެމެ މުހައްމަދުގެ ފާނަކީ ރަސޫލަކު ކަމަށް ގަބޫލު ނުކުރުމާއި ކީރިތި ގުރްއާނު ގަބޫލު ނުކުރުމުން ކާފަރުވެފައިވާކަން އެގެން އޮތްއިރު ދިވެއްސަކު ވިޔަސް މަދެކަމުގެ އިތުރުން އިސްލާމަދީނަށް ފުރައްސާރަ ކޮށްފިނަމަ ސަރިއަތުން ނިންމަންދެން މުސްލިމަކު ކަމަށް ބުނެވިދާނެބާ<

  13
 15. ސސ

  ފަހުގެ ތާރީހެއްގައި މިރާއްޖޭގައި ހިގި އެންމެ ބޮޑު ޖަރީމާ އަކީ އެމްޑީއެން ރިޕޯޓް ލިއުނު މީހުން ހިންގި ޖަރީމާ އާއި އެރިޕޯޓަށް ތާޢީދު ކޮށް ދިފާއު ކޮށް ވާހަކަ ދައްކާ މީހުން ހިންގާ ޖަރީމާ އެކަން ބަލަންވީ ނުންތޯ ؟

  13
 16. ނާޅި

  ކޮންމެ ކޮންމެ ކަމަކަށް ޤާނޫނު ކޮޑިފައި ކުރެވޭތޯ؟ އެއީ ޤާނޫނީ މާހިރުން ދަންނަ ކަމެއްނޫން، ޤާނޫނު ކޮޑިފައި ނުކުރެވޭ ކަންކަންވެސް ހުންނާނެ، ހުރިހާ ކަމަކީ ޤާނޫނުން ކޮންޓުރޯލް ކުރެވޭނެ ކަމެއްނަމަ ހިތުގެ އަމަލު ތަކަކީ ޤާނޫނު ހަދައިގެން ކޮންޓުރޯލް ކުރެވޭނެ ނުންތޯ ؟ ޤާނޫނު ވެސް ކޮޑިފައި ކުރެވޭނީ ވަކި ކަންކަމަށް ހުރިހާ ކަމަކަށް ޤާނޫނެއް ނެހެދޭނެ !

  10
  1
 17. ލާބަ

  ބްރޯ ވަޒީފާ. ލާރި. ބޮޑުކަން. ކާރު ކޮޅު .ވަރަށް ވެދުން

  17
 18. Anonymous

  ކަނޑަ އެޅޭނެ. މުރުތައްދު ވެއްޖިއްޔާ

  15
  1
 19. Anonymous

  ޒާހިރު ކަލޭ ކަޑަ އަޅާފާނެ ފިރުއައުނަކީ މުސްލިމެއްކަމައްވެސް

  22
  1
 20. ނުރަބޯ

  ވަރަށް ރަނގަޅު ނިންމުމެއް. ހިތަށް އެރިހާ އެއްޗެއް ނުގޮ ވޭނެ

  2
  15
 21. ނނނ

  އުބައްޔުބިން ސަލޫލު އަކީ ވެސް މުނާފިގެއްކަމަށް ޝަރީޢަތް ނުކުރޭ

  14
  1
 22. ވަހީދުބެ

  މީހަކު ފާޅުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ރަސޫލާއަށް ހަޖޫޖަހައި ހެދިޔަސް ޝަރީޢަތުން ނުނިންމަންޏާ އެމީހަކީ ކާފަރެއްކަމަށް ނުބުނެވޭނެކަމަށް ތިބުނަނީ ކޮންފޮތެއްގައި އެހެން އޮވެގެންކަން ބުނެލަން ނުކެރުނީ ކީއްވެ؟

  12
 23. ސަފީރު

  އިންޑިއާގެ ބޮޑުވަޒީރު މޯދީ ވެސްތޯ؟ސަންޖޭ ސުދީރު ވެސްތޯ؟

  14
 24. ބެއްޔާ

  މިނިސްޓަރު ތީނީ ހޫނުފެނަށް ވެއްޓިފާ ކަން ކޮމެންޓްތަކުން އެނގޭ.

  14
 25. ކަލްޓް

  ތީ ސީދާ ބިލާ ގުޅުވައިގެން ދެއްކި ވާހަކަ އެއް، ދިވެހި ރައްޔިތުން ނަކީ ގަމާރުން ކަމަށް ތަ ތިހީކުރަނީ
  ﷲ އަށް ކާފަރު ވެ ގަންނަ މީހާ އަކީ މުރުތައްދެއް ކަމަށް ކަނޑަ އަޅަން ޝަރީައތަށް ދާކަށެއް ނުޖެހޭނެ. ތި އުޅޭނީ ލާދީނީ މީހުން ނަށް ލާދީނީ ކިއުން ހުއްޓުވުމަށް ރައްޔިތުންގެ އަނގަ ބަންދު ކުރަން..

  19
  1
 26. ރީތި މޫސަ

  ފާޅުގައި ދީނައްފުރަށްސާރަކޮށް ރަސޫލާއަށް ހަޖޫޖަހާމީހުންގެ މައްސަލަ ބަލާފަ އެއީ މުސްލިމެއްތޯ ނުވަތަ ކާފަރެއްތޯ ތިމިނިސްޓްރީއިން ކަނޑައަޅައިދެވިދާނެތޯ؟

  15
  1
 27. ޝައުގީ

  މީހަކު ކީރިތި ރަސޫލާއަށް ފުރައްސާރަކޮއް ބަސް ބުނެފިއްޔާ ދެން އޭބާއަކީ މުސްލިމެއް ކަމައް ބަލާކައް ކޯޓެއް ބޭނުނެއް ނުވޭ. މީހަކު ފަރުލު ނަމާރު ކުރުން ހުއްޓާލައިފި ނަމަ އެހެރީ ދީނުން ބޭރުވެފަ..އެހިސާބު އެއީ މުސްލިމެއް ނޫން. ކީރިތި ގުރްއާނުގެ އާޔަތެއްގައި ސަރީހަ ހުކުމަކައް އިންކާރު ކޮއްފި ނަމަ އެމީހާ އަކީ މުސްލިމެއް ނޫނެވެ. މިއިން އެއްވެސް ހާލަތެއްގައި އެމީހަކީ މުސްލިމެއްތޯ ބަލާކައް ޝަރީއަތަކައް ދާކަށެއް ނުޖެހޭ. ސަލާމް

  16
  1
 28. ޔޯޔޯ

  މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް ފުރައްސާރަކޮށް، ދީނުގެ ރުކުންތަކާއި ހުކުމްފުޅަކަށް ފާޅުގައި ދެކޮޅު ހަދާ މީހަކު މުސްލިމަކަށްވާނީ ކިހެނެއް!

  12
  1
 29. މޯޑް

  ދެން މިނިސްޓަރު އެކަން ކަނޑައަޅަން ވީ ނޫންތޯއެވެ؟

  8
  1
 30. Anonymous

  މިއީ ޕަޕެޓެއް. އިސްލާމްކަން ގެއްލޭ 10 ކަމެއްވޭ. އެއިން ކަމަަކައް އަރައިގެންފި ކަމުގައިވާނަމަ އެމީހަކު މުރުތައްދުވެ ދީނުން ބޭރުވެގެންދާނެ. އޭގެ ތެރޭގައި ﷲ ސުބުހާނަހޫ ވަތަޢާލާ އާއި މަލާއިކަތް ބޭކަލުންނައް އެއްވެސް ނަބިއްޔަކައް ރަސޫލަކައް ފުރައްސާރަ ކުރުން އިސްލާމް ދީނުގައި އައިސްފައިވާ އެއްވެސް ހުކުމަކާ ދެކޮޅުހެދުން ހަރާމް ކުރައްވާފައިވާ އެއްވެސް ކަމެއް ހަލާލު ކުރުން އަދި ހަލާލް ކުރައްވާފައިވާ ކަމެއް ހަރާމް ކުރުން ދީނުގައި ވާޖިބު ކުރައްވާފައިވާ އަޅުކަންތައް ނުކޮއް ދޫކޮއްލުން ހިމެނޭއެވެ.

 31. ހުދުމުހުތާރު

  ބޮޑު މުސާރަގެ އިއްޒަތްތެރިން ނޯ

  7
  1
 32. އަހުމަދު

  ޑރ. އަހުމަދު ޒާހިރު އައް ވަރައް އިހުތިރާމު ކުރަން އެކަމަކު އެމް.ޑީ.އެން ފަދަ ބައިގަނޑު އައިސް ހުރިހާ ގަނޑެއް ގަނެފަ ދިޔައިރުވެސް ކޮން ކޯޓަކުންތޯ އެމީހުން ލާދީނީ ކަމައް ކަނޑައެޅީ؟ ޕްރޮސިކިއުޓާ ޖެރެރަލް އަކީވެސް އެން.ޑީ.އެން މީހެއް. ދެން ކޮން ދައުވާއެއް ކުރެވޭނީ މިތާ

 33. ބޮލި މުލައް

  ކޮބާ ސޭކު ހުސެންރަސީދު މިކަމާ ކީކޭބުނަނީ.
  އޭނާބުނި މައުމޫނަކީ!!!!!!!!!!!!!!!!!!!!!!!!!

 34. ފަރީ

  ތިހުރީ ހިތުން ދީން ކިޔަވައިގެން

 35. ހަސަންބޭ

  ކަލޭތީވާ ހާދަހާ ނުލަފާ މީހެއްދޯ! އިސްލާމިކު މިނިސްޓަރަށް ތިބުނާ ބާރުލިބޭ ކޮންހަދީހެއްތޯ؟ އޮތީ! މީހަކު ދީނުން ބޭރުވިއަސް މިނިސްޓަރު އެކަންގަބޫލު ނުކުރާހާހިދަކު ކާފަރަކަށް ނުވާނެތާ! މިކަހަލަ މިނިސްޓަރުންނަށް ކިޔަނީ މުނާފިގު މިނިސްޓަރުން!

 36. ޑައެލޯގް

  ތިމަންނާއަކީ ކާފަރެކޭ މީހަކުބުނީ 4 ހެކިންގެ ކުރިމަތީގައި ދެންވެސް ނުބުނެވޭނެޔޭދޯ ތިބުނަނީ ނޫނޭ ފައިސާއަށް ވިކިފަ ތިހުރީ މިނިސްޓަރު

 37. އެހެންދޯ ތިކިޔަނީ؟

  ލާދީނީ ސަރުކާރުގެ މިނިސްޓަރުންވެސް ދައްކާނީ ލާދީނީ ވާހަކަ. މީހަކާ ދިމާލަށް ކާފަރެކޭ ބުނުން ގާނޫނީ ކުށަކަށް ހަދަންޏާ ﷲ އާ ރަސޫލާއާ އިސްލާމީ ޝަރީއަތަށް ފުރައްސާރަކޮށް މަލާމާތްކުރުން ވެސް ގާނޫނީ ކުށަކަށް ހަދާބަލަ. މީހުން ރުޅި ނާރުވާ.

  1
  1
 38. އައްމަޑޭ

  މިނިސްޓަރު ކައްޕަޅި ވާހަކަ ނުދައްކާ. ކަނޑައެޅިގެން ﷲ ކަނޑައަޅުއްވާފައިވާ ހައްދުތައް ފަހަޅައިދާ މީހުން އަދި އަމުދުން ދީން ނަފީކުރާ މީހުންނަކީ ކާފަރުން. އެކަން ކަނޑައަޅާނީ ޝަރީއަތުން ނުވަތަ މިނިސްޓްރީން ނުވަތަ ރައީސެއް ނޫން. އެކަމަކީ އެއީ ﷲ ގެ މިންވަރުފުޅުގައި ނިމިފައިވާ ކަމެއް. ކާފަރެކޭ ބުނަން ބޭނުންނުވާ މީހުން އިސްލާމްދީނުގެ ހައްދުތަކުގެ ތެރެއަށް ވަދޭ. އޭރުން ނުކިޔާނަން ކާފަރެކޭ.

  1
  1
 39. Anonymous

  ހަބޭސް ވާހަކައެއް

 40. ހުސެން

  މަނިކުފާނު އަޅުގަނޑުމެން އެއްވެސް މީހަކާދިމާލައް ކާފަރެކޭ ނުކިޔަން އަޅުގަނޑުމެން ބުނަނީ (ދީނެއްނެތް)ލާދީނީ މީހެކޭ

 41. ބުއްޅަބެ

  ބައެއްގެ އަވާގައި ޖެހި، ދުނިޔެވީ އުފަލަށް ހެއްލި، މީހާ އަމިއްލަ އަށް ތިޔަ ހަލާކުވަނީ. ޤުރްއާނާއި، ސުންނަތް ދޮގުކުރާ ހިސާބުގަ ތިހިރީ.. ﷲގަންދީ ބުނަން، ދޫ ބުރިކޮށްލިޔަސް ގޮވުނު ގޮތަކަށް ލާދީނީ މީހުންނަށް ކާފަރަށް ގޮވާނަން.

 42. އަހަންމަދު

  އަޅެ އަމިއްލައަށް ސުވާލުކޮއްލަބަލަ ތިކިޔުނީ ދެކޮޅުޖެހޭ އެއްޗެއްތޯ؟
  ކެމެރާކުރިމަތީ ވާހަކަދައްކަން
  ހިތްބިރުގަންނަނަމަ ނޫނީ އިންޓަރވިޔު
  ދޭއިރު ކަންބޮޑުވެ ކިޔަންވިއެތި
  އޮޅޭނަމަ ލިޔެފައޮންނައެއްޗެއް ބަލައިގެން ކިޔުންބުއްދިވެރި!
  މަތީ މަގާމުތަކުގަ ތިއްބަވާ ބޭފުޅުން ހަޑިހޭވީމަ އެކަމުގެ ލަދުވެތިކަން މުޅިގައުމަށް ރައްދުވޭ! ޕާރޓީއަކުން ދައްކާހާ މީހަކަށް މަގާމު ހަމަޖެއްސުމުގެ ކުރިން އެމީހަކީ ވަޒީފާގެ ޒިންމާތައް އަދާކުރެވޭނެ ގާބިލުކަން ހުރިމީހެއްތޯ ރަގަޅަށް ބަލަންވީ!ތަނަކުން ހޯދާފަ އޮންނަފާހަކަށް އެކަނި ބަލައިގެން ނުފުދޭނެ! މިއީ މުސްލިމު ގައުމެއް! މިއީ ދިވެިންގެ ދިވެހިރާއްޖެ! ދުވަހަކު އިރުނާރާ ފަތިހެއްގަ އޮތް އަނެއްރާއްޖެ އެއްނޫން މިއީކީ! އަގީދާގެ ގޮތުންވެސް ބަލަންވީ!ދިވެހިބަހުން ރަގަޅަށްވާ ހަކަދައްކަން އަދި
  ލިޔަންކިޔަން އެގޭ މީހެއްތޯވެސް ބަލަންވީ! ފެއިލް ވެއްޖެނަމަ ރައްޔިތުންގެ ޙައްޤުގާ ނަންފުޅު އަބުރާ ފޮނުވާލަދެއްވާ!

 43. އާރތް އިސް އަވާރ ޕްލޭގުރައުންޑް ލެޓްސް ޕުރޮޓެކްޓް އިޓް

  ފާޅުގާ މީހަކު ތިމަންނައަކީ ކާފަރެކޭ ބުނިޔަސް ހަމަ ޝަރީއަތުންދޯ ނިންމަންޖެހެނީ. ތީ މިގައުމުގަ މުރުތައްދުންނާ ލާދީނީ މީހުން ހިމާޔާތް ވާ އެއްސަބަބު. އިސްލާމްދީން ގިނަފަހަރައް އޮންނަނީ ނަމަކައްވެފަ މިހާރު. އަދި އެލެކްސް މެންކަހަލަ މީހުންނައް މިނިވަންކަމާއެކީ ހަރުކަށި ސެކިއުލާ ފިކުރު ފަތުރަން ލިބޭ އެއްސަބަބު.