އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް) ގެ އެލުމްނާއި ލީޑަޝިޕް އެވޯޑް 2021 ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ލިބިވަޑައިގެންފިއެވެ.

މި އެވޯޑަކީ އެ ޔުނިވާސިޓީއިން ކުރީގެ ދަރިވަރުންނަށް ދޭ އެންމެ މަތީ ދަރަޖާއިގެ އެވޯޑެވެ.

ޑރ. ޝަހީމަކީ އެ ޔުނިވާސިޓީގެ ދަރިވަރެކެވެ. އޭނާ މާސްޓަރ ޑިގްރީ އާއި ޑޮކްޓަރ އޮފް ފިލޯސަފީ ހާސިލްކުރެއްވީ އެ ޔުނިވާސިޓީންނެވެ.

އެ ޔުނިވާސިޓީ ކޮންމެ އަހަރަކުވެސް ދެމުން އަންނަ މި އެވޯޑް ޑރ. ޝަހީމަށް ލިބިވަޑައިގެންނެވިއިރު، މި އެވޯޑް ދެނީ އެ ޔުނިވާސިޓީގެ ކުރީގެ ދަރިވަރުންގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކާއި ލީޑަޝިޕް މަސައްކަތައް ފާހަގަކޮށެވެ.

ޑރ. ޝަހީމަކީ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝްރިފް މުސާޢިދުކަމާއި ވިލާކޮލެޖްގެ ފެކަލްޓީއޮފް ޝަރީޢާގެ (ފައުންޑިން) ޑީންކަމާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެެއާޒުގެ ސްޓޭޓް މިނިސްޓަރުކަމާއި އެ މިިނިސްޓްރީގެ މިނިސްޓަރުކަމާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމާއި، އެޔުނިވަރސިޓީގެ ޗާންސެލަރުކަމާއި އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ބައިނަލްއަޤުވާމީ ތަޢުލީމީ އަދި އިސްލާމީ އެކި އެކި މުއައްސަސާތަކުގެ ތައުސީސީ މެމްބަރުކަމާއި، މެމްބަރުކަމާއި ރާއްޖޭގެ ފިޤުހު އެކަޑަމީއާއި މަނިޓަރީ އޮތޯރިޓީގެ ޝަރީޢާ ބޯޑުގެ މެންބަރުކަން ވެސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާަތެދު

    މަރުހަބާ ޝެއިޙް

    13
    1
  2. Anonymous

    މަރުހަބާ ބޮނަކުއާ

  3. މަރީ

    މަރުހަބާ ޝެއިޙު

    2
    1
  4. ދަންބެރު

    މަރުހަބާ ޑޮކުޓަރު ޝަހީމް ޝަހީމުއަކީ ދުނިޔޭގެ ވަރުގަދަ ޝަހުޝިއްޔަތެއްގެ ވެރިއެއް އަދި އިސްލާމީ އުއްމަތުގައި ނުފޫޒު ގަދަ ޝަހުޝިއްޔަތެއް ވަރަށް އުފާވޭ .

    5
    1
  5. Anonymous

    މަރްޙަބާ ލޮބުވެތި އުސްތާޒް
    ތިޔައީ ހަމަ ލިބުން ޙައްޤު މަޤާމެއް.
    ފުރިހަމަ ޞިއްޙަތުގައި ލަހައްޓަވާށި.
    އިތުރު ކުރިއެރުން މިންވަރު ކުރައްވާށި އާމީން
    ރޯދަމަހުގެ ދަމުނަމާދުގެ ރީތި ކިޔެވުން ވ. ހަނދާން ވޭ

    4
    1