ގދ. ތިނަދޫ ގެސްޓް ހައުސް ކޮޓަރިއެއްގައި 16 އަހަރުގެ ކުޑަކުއްޖަކާ އެކު ހުއްޓައި ހައްޔަރުކުރި ގާނޫނީ ވަކީލު އަހުމަދު ޝާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާގެ މައްސަލަ ބެލެން ޖެހޭނެ ކަމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ޝާން ހައްޔަރު ކުރީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. ނަމަވެސް އެ މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ ބޭރުކޮށްލާފައެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނީ ދައުލަތުން އުފުލި ދައުވާ ސާބިތު ކުރެވޭނެ ވަރަށް ހެކި ހުށަހަޅާފައި ނުވާތީއެވެ.

ކްރިމިނަލް ކޯޓުގެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ. އެ މައްސަލާގައި ހައިކޯޓުން ނިންމީ ޝައްކެއް ނެތް މިންވަރަށް ހެކި ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން މައްސަލަ ބޭރު ކުރީ މަދަނީ މިންގަނޑުން ދައުވާ ކުރިއަށް ގެންދިޔުމުގައި ހެކި ވަޒަން ކުރަން ޖެހޭ ގޮތާ ހިލާފަށް ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައިވާ ގޮތުން އެ މައްސަލައި ގައި ހިމެނޭ ކުޑަކުއްޖާގެ މޭމަތިން ނެގި ސްވޮބުން ލިބުނު ޑީއެންއޭ ޕްރޮފައިލް އާއި ޝާންގެ ޑީއެންއޭ ޕްރޮފައިލް ދިމާވެއެވެ. ޝާންގެ ފަޓުލޫނުން ލިބުނު ޕްރޮފައިލް އާއި ކުޑަކުއްޖާގެ ޑީއެންއޭ ޕްރޮފައިލްއާ ވެސް ދިމާވެއެވެ. އަދި ކުޑަކުއްޖާގެ ޖިންސުން ލިބުނު ޑީއެންއޭ ޕްރޮފައިލްގައި މަނީގެ އަސަރު ހުރި ކަމަށްވެސް ޑީއެންއޭ ރިޕޯޓުން ދައްކައެވެ. މިއީ ހެކީގެ ގޮތުގައި ދައ

ޑީއެންއޭ ތަހުލީލު ރިޕޯޓުތަކާއި އެ ރިޕޯޓުތައް އެކުލަވާލި މީހުންނާއި، ރިޕޯޓާ އެކު ހުށަހެޅި މާއްދީ ހެކި ހުށަހެޅިކަން އަންގައިދޭ ލިޔުންތަކާއި، ޗެއިން އޮފް ކަސްޓަޑީ ފޯމުތައް ވެސް މި މައްސަލައިގެ ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާކަމަށް ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

އަދި އެ ދެމީހުން އެކަހެރިވިކަން ސާބިތުކުރުމަށް ދެ ހެކިވެރިޔަކާއި، އެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބިގެން އެތަނަށް ދިޔަ ހަ މީހެއް ޝަފަވީ ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވެއެވެ.

އެހެންކަމުން ހައިކޯޓުން ވަނީ އެ މައްސަލާގައި ށް ތުހުމަތެއް އުފެދޭ ވަރުގެ ހެކި ހުރި ކަމަށް ކަނޑައަޅާ، ޝާންގެ މައްސަލަ ނުބެލޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލުކޮށްފައެވެ. އަދި އެ މައްސަލަ ބެލޭނެ ކަމަށް ނިންމައި، އަލުން ބަލަން ކްރިމިނަލް ކޯޓަށް އަމުރުކޮށްފައެވެ.

މި ތުހުމަތަށް ޝާން އިންކާރު ކުރާއިރު އެއީ ބަޔަކު ރާވައިގެން ފްރޭމްކުރަން ކުރި ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވެއެވެ. އެ ކުއްޖާއާ މެދު އޭނާ ޖިންސީ އެއްވެސް އަމަލެއް ހިންގި ކަމަށް އެ ކުއްޖާ އެއްވެސް ތަނެއްގައި ބުނެފައި ނުވާކަން ޝާން ފާހަގަކުރެއެވެ.

މި ތުހުމަތު އަމާޒުވެ، ދަށުކޯޓުން އޭނާގެ މައްސަލަ ބަލަން ފެށުމާއި އެކު ޝާން ވަނީ ވަކީލުކަމުންވެސް ސަސްޕެންޑު ކޮށްފައެވެ. ނަމަވެސް ކޯޓުން މައްސަލަ ބޭރުކޮށްލުމުން އޭނާގެ ސަސްޕެންޝަން އުވިގެން ދިޔައެވެ.

ޝާންއަކީ އެމްޑީޕީގެ އެކްޓިވިސްޓެކެވެ. އޭނާއަކީ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮވިޑް

    " ޝާންއަކީ އެމްޑީޕީގެ އެކްޓިވިސްޓެކެވެ. އޭނާއަކީ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ. " މިއޮތީ ނޫވެރިޔާ މައްސަލައިގެ ހުކުމް ހޯދިފަ އެއްނު . ދެންވާނީ އަރިސް ރޯޔަލް ކޭސް އަކަށް.

  2. ޒާ

    ކޮބާ ރައީސް މީހާދޫކޮށްލި ހޯރަ އިއްބެ؟

  3. ޒާތީ

    "ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ޙިލްމީ އާއި ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީ އަށް "
    ތީ މިކަމުގެ ހަސަދަ، ޒާތީވިޔަސް ބޮޑުވަރު، އިންސާފުވެރި ކަމެއް ނެތް