ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ނުހުރެވޭނެ ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ވަޓްސް އެޕް ގްރޫޕްއަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އެއްވެސް ޒާތީ މައްސަލައެއް ނެތް ކަމަށެވެ.
ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދަކީ ނަޝީދުގެ ދެބައިންގެ ދެދަރި ބޭފުޅެކެވެ. އެހެންކަމުން ރައީސް ސޯލިހްއާއި ނަޝީދުއާ އާއިލީ ގުޅުން އޮންނަ ކަން ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ޒާތީ ކަންކަމުގައި އަބަދުވެސް އުޅޭނަން، އަޅުގަނޑުގެ ދަރިންގެ އިބޫ ދޮންބެއޭ އެއީ،" ޅައިރުއްސުރެން އެކުގައި އުޅުއްވި ރައީސް ސޯލިހްއާ ގުޅޭ ގޮތުން ނަޝީދު ލިޔުއްވާފައިވެއެވެ.
އެހެންވިޔަސް ރައީސް ސޯލިހްއާއެކު ދެން ސިޔާސީ ގޮތުން ނުހުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެކަމުގައި އެމްޑީޕީގެ ބައެއް މެންބަރުން ހިތްހަމަނުޖެހޭނަމަ ކުރެވޭނެ ކަމެއް ވެސް ނެތް ކަމަށް ނަޝީދު ލިޔުއްވާފައިވެއެވެ.
"ރައީސް ޔާމީންއާއި ޕީޕީއެމްއިން މެދު މިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އަޅުގަނޑު އެ ބޭފުޅުންގެ އެހީއަށް އެދޭނަން،" ޔާމީންއާ ވެސް އެންމެ ވާދަވެރި ނަޝީދު ލިޔުއްވާފައިވެއެވެ.
އެހެން ނަމަވެސް ޔާމީންގެ ފަރާތްޕުޅުން ނަޝީދު ބޭނުންފުޅުވާ ކަމެއް ލިޔުއްވާފައެއް ނެތެވެ. މީގެ ކުރިން ނަޝީދު ވަނީ އެމްޑީޕީއާއި ޕީޕީއެމުން ގުޅިގެން ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މެދު މިނުގެ ދީނީ ސިޔާސަތުގެ ވާހަކަ ނަޝީދު ދެއްކެވިއިރު، ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު އަވަހަށް ފާސްކުރަން ނޝީދު ބޭނުންފުޅުވިޔަސް ރައީސް ސޯލިހް މަސައްކަތް ކުރެއްވީ އަދިވެސް ދިރާސާ ކުރެއްވުމަށެވެ.
މިފަދަ އެތައް ކަމެއްގައި ނަޝީދުއާއި ރައީސް ސޯލިހްއާ ދެމެދު ޚިޔާލު ތަފާތުވެގެން، ދެ ފެކްޝަންގެ މެދުގައި ބަހުގެ ހަމަލާތަކެއް ވެސް ރައްދު ކުރައްވާފައިވެއެވެ.
ޕީޕީއެމްއާއެކު މަސައްކަތް ކުރައްވާ ވާހަކަ ނަޝީދު ފާހަގަކުރައްވާއިރު، މީގެ ކުރިން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވެސް ވަނީ ޔާމީން މިނިވަންކޮށްފިނަމަ ނިޒާމު ބަދަލުކުރުމުގެ މަޝްވަރާއަށް ދާނެ ކަމަށް ވިދާޅުވެފައެވެ.
އެކަމަކު ފަހުން އޭނާ ވިދާޅުވީ މަޝްވަރާއަށް ދިޔައަސް ތާއީދު ކުރައްވާނީ ރިޔާސީ ނިޒާމަށް ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަންގެ ލީޑާޝީޕްގެ ގިނަ ބޭފުޅުން ވެސް ފަހުން ވަނީ ނަޝީދުއާ އެކު ޕީޕީއެމްއާއި ޕީއެންސީ ކުރާނެ މަސައްކަތް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.
ބަރުލަމާނީ ނިޒާމު ގެނައުމަކީ ނަޝީދުގެ އަމާޒެކެވެ. ވެރިކަން ކުރާނެ ނިޒާމު ކަނޑައަޅަން 2007 ވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި ނަޝީދުއާއި ޔާމީން ވެސް ތާއީދު ކުރެއްވީ ބަރުލަމާނީ ނިޒާމަށެވެ. އޭރު ޔާމީން ހުންނެވީ ޕީއޭ ކިޔާ ޕާޓީއެއް އުފައްދައިގެންނެވެ.
އެކަމަކު ޔާމީން ލީޑް ކުރައްވާ ޕީޕީއެމްއާއި ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވީ، މިހާރު ޔާމީން ހުންނެވީ އެ އަހަރު ރައްޔިތުން ނިންމެވި ނިޒާމު ކަމުގައިވާ ރިޔާސީ ނިޒާމާ އެކު ކުރިއަށް ދާން ކަމަށެވެ.
މައުމޫން އާއިވެސް ވަރަށް ރަށްޓެހި. މިހާރު ޔާމީނާވެސް ބެސްޓް ބަޑީސް. ސިޔާސީ އެއްވެސް މައްސަލައެއް ނެތި އަތުގުޅައިގެން ވައްކަން ކުރަނީ.
ނަޝީދުގެ މަގުސަދު ވަ ރަށްވެސް ހަޑި..ބޭނުމަކީ ރޔާމީންގެ އަގުވައްޓާލުން.. ރޔާމީން ނަޝީދާއެކު ޑީލުނުހަދާނެކަން ކުޑަކުދިންނަވެސް ޔަގީންވޭ..ލާދީނީ ބިލު ފާސްކު ރަން ރޔާމީންގެ ނަންބޭނުންކު ރަނީ މޑޕގެ ލާދީނީ ލާގައުމީ ފިކު ރަށް ރޔާމީން ދީލާނުލާނެ.... ރޔާމީނަކީ ޑީލަކުން މިނިވަންވާން ބޭނުންނުވާނެ އެއަށްވު ރެ ގަޓް ރައީސެ ޔާމީނަކީ...ސަ ރުކާ ރު ކޯލިޝަނުގެ ނުބައި ރޭވުމެއް.. އިބޫ ސޯލިހެއްގޮތުގަހު ރެ ލާދީނީބިލް ހިސާނުބިލަށް ބަދަލުކޮށް މިނިވަނަކަން އިންޑިއާއަށް ވިއްކާފަ ހަނު ދައުލަތް ލޫޓުވުނަ ބަދަލުދިނުމަގަ ވެންޓިލޭޓަ ރު މައްސަލަ ކޯމާގަ..އަދުލުއިންސާފު ރޯޔަލްވެފަ....
ރައްޔިތުން ފިސާރި ހޭލާ ތިބޭތި، އިންޑިާ ދިދަ ސަގަރޭ ޕާކުގެ ނަގަން ޖަހާ ސަކަރާތެއް މީ، 2ބޯގެރި ދުއްވަނީ!!
އަންނިއަށް ދެން އެންމެ ރަނގަޅުވާނީ އަންނިގެ ފިކުރު (އެމްޑީއެން، އުތެމަ، ނަވާނަވައި) މީހުން ގޮވައިގެން ވަކި ޕާޓީއެއް ހެދުން.
ޙެޔޮކޮށް ތިބުނީ
އަސްލުވެސް، އޭރުން ދިވެހިންނަށްވެސް ފަސޭހަވާނެ ލާދީނީއަށް ތާއީދުކުރާ މީހުން ވަކިކުރަން. މިހާރު ނޭނގޭ ލާދީނީއެއް އެހެން އެއްޗެއް ވަކިކުރާކަށް.
ސިޔާސީ އޮއެވަރު އެބުރެމުންދާ ގޮތަށް ބަލާއިރު ނަޝީދުއާ ޔާމީން ގުޅުމަކީ ނުވެ ނުދާނެކަމެއް. ކާނަލް ނާޒިމް އުފައްދާ ޕާޓީއާ އިބޫ ގުޅުމަކީ ކައިރި ކަމެއް. ހުސް އެއްވަރެއްގެ މީހުން. ނަޝީދުއާ އިބޫއާ ދެމީހުން އެކަކު އަނެކަކަށް ކަނޑި އުފުލައިގެން ތިބޭ މަންޒަރު ބަލަން ޔާމީނު ބޭނުންވާނެ. ކޮންމެގޮތެއްވިޔަސް ނަޝީދަށް އެހީވާން ޔާމީނު އެއްބަސް ވާނަމަ ޔާމީނު މިނިވަންވީ.
ޔާމީން ނޫޅޭ ތި ބުރާންތިއާއި ޑީލް ހަދާކަށް
"ރައީސް ޔާމީންއާއި ޕީޕީއެމްއިން މެދު މިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އަޅުގަނޑު އެ ބޭފުޅުންގެ އެހީއަށް އެދޭނަން،" ޔާމީންއާ ވެސް އެންމެ ވާދަވެރި ނަޝީދު ލިޔުއްވާފައިވެއެވެ.
އިސްލާމްދީން ދެކެ ބިރު ގަންނަ މީހުންވެސް އުޅެ އެވެ.
ރައީސްޔާމީން ތިޑީލެއް ނުހައްދަވާނެ އެއައްވުރެ މާގަޓް ރައީސެއްއެއީ ކޮންމެހެންޑީލް ނުހެދިޔަސް އިރާދަކުރެއްވިއްޔާ
2023ގަ އޮންނާނީ ޕީޕީއެމްސަރުކާރެއް ބޮޑުވަޒީރަކު ނުހުންނާނެ
ކާލޭބުނީމެންނު އެއީބޮޑު ވަގެކޭ. ކަލޭ އެކަނި އެހެންބުނެލީ އެއްވެސްނޫން. އެމްޑީޕީގެ މެމްބަރުންނައްވެސް ވިިސްނާދީފި ޔާމީނުއަކީ ވަގެއް ކަމައް. މިހާރު ޔާމީނުހުދު ކާފޫރައް ބަދަލުވީ. މީގެން ދޭހަވަނީ ކަލެޔާ ކަލެޔައް ތާއީދު ކުރާމީހުންނަކީ ދެއުޅިއެއް ނުވާ ބައެއްކަން.
ޅަ މީދަލެއްގެ ދުއްތު ރަލަށް ވު ރެވެސް ބޮޑުވެއްޖެ
މިއީ ވެރިކަމާއި ހެދި ހޭ ބުއްދިފިލާފައިހުރި މީހެއް...
ބަރުލަމާނީވެސް ރިޔާސީ ޓިކެޓްވެސް ނުލިބޭނެ ކަން ޔަގީންވީއެވެ.
ޜަގަޅު ނިންމުމެއް..!👏👏
ރައީސް ޔާމީނުގެ އަގު ވައްޓާލަން ކިޔާ އެއްޗެއް. ދިވެހީންނަކީ މޮޔައިންނެއް ނޫން. ތިހާ އިހުލާސްތެރިއްޔާ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ރައީސް ޔާމީން މިނިވަން ކޮށްބަލަ. ނުކެރޭނެ!
އެއުޅެނީ ޕޕމގަ ފަނިއަޅުވަން. އަންނި މޮޔަވޭދެން. ސިޔަާސީގޮތުން އަންނިއަށް ދިވެހިރައްޔިތަކާަ ނުގުޅެވޭނެ.
ރައީސާއެކު ސިޔާސީ ގޮތުން ހުރެވޭކަށް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު ދެން އެމްޑީޕީގެ މަޖްލީހުގެ މެމްބަރުން ފާޅު ކަން ބޮޑު ގޮތެއްގައި އެބަޖެހޭ ބުނަން އެމެން ތިބީ ކާކާއި އެކުތޭ ރައީސް ނަޝީދާއި އެކުތޭ ނުތަވަ ރައީސް އިބޫ އާއި އެކުތޭ އެކަން އެބަޖެހޭ ރައީސް ނަޝީދު ސާފުކުރަން އެމްޑީޕީގެ ޗެއަރޕަރސަން މެދުވެރިކޮށް އެމްޑީޕީގެ ގައުމީ މަޖްލީހުގެ ޖަލްސާ އެއް ބާއްަވައިގެން ނަމަވެސް އެކަން ކުރަން އެބަޖެހެއޭ އެބަޖެހެއޭ އެބަޖެހެއޭ..
ރައީސް ނަޝީދު ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންދިއުމުން ދެން ސަރުކާރު ޖެހޭނީ އިސްތިއުފާ ދޭން ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ
ވެރިކަމާ ހެދި ހ ބަލިވަނީ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
މީހުންގެ އަނގަ ގޮ*ވަން އުޅޭ ބޭފުޅެއްތީ.
ރައީސާއެކު ސިޔާސީ ގޮތުން ހުރެވޭކަށް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މިރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ބޮޑަށް ނުބައި ހަދަނީ އެއީ ޖޭޕީ އާއި އަދި އަދާލަތޭ ދެން އެމްއާރުއެމްއޭ އެނޫން ނަމަ މިރާއްޖެ މިއަދު އޮންނާނީ ލިޓިލް ސިންގަޕޯރ އަށް ވެސް ބަދަލު ވެފައޭ މަމެން ޕިންކީން މިރާއްޖޭގެ ވެރިކަމާއި ހަވާލުވި ފުރަތަމަ ދުވަސް އެއީ ރީތި އަބަދުވެސް ރީބި ދުވަހެކޭ ދެން އެކަން އެއީ ބޮޑު ބިރުވެރި ހުވަފެނަކަށް ބަދަލުކޮށްލީ ޖޭޕީ އާއި އަދާލަތޭ ނައު ދިސް ގްރެވްލް އިން އަވަރ ވޮއިސެސް ގްލާސެސް ޝެޓަރޑް ފްރޮމް އަވަރ ވޮއިސެސް. ޖަސްޓް ގޮނާ ސްޓޭންޑް ދެއަރ އެން ހިއަރ މީ ކްރައި ދެޓްސް އޯލް ރައިޓް ބިކޮޒް އައި ލަވް ދަވޭ އިޓް ހާރޓްސް ލަވް ދަވޭ އިޓް ހާރޓްސް ލަވްދަވޭ އިޓް ހާރޓްސް އޯއް އޯއް އޯއް ލަވް ދަވޭ އިޓް ހާރޓްސް...
ސުބުޙާނަﷲ! ވެ ރިކަމާ ހެދި މޮޔަ ވިޔަސް ތީ ބޮޑުވަ ރު. ކަލެޔާ ޑީލް ހަދައިގެން ޔާމީނަށްވާނީ ކޮންކަމެއް .ތިޔައީ ގައުމުގެ ވެ ރިމީހާއެއް ނޫން . ޖަލުން މިނިވަން ކޮށެއްވެސްނުދެވޭނެ. އަދީބާ ޑީލްހަދާ ކު ރީ ގަވެސް ޑީލް ހެދީ އޭނަޔާ އެއްނު
އަސްލު ވިސްނާބަލަ ނިކަން. އެއުޅެނީ ސަރުކާރަށްވެސް އަދި އިދިކޮޅަށްވެސް އިންޑިއާގެ ޕަޕެޓުން ގެނެވޭނެ ހަމައެކަނި ގޮތް ހަދަން. އެކުޅޭ ޑްރާމާއަށް ނިކަން ފުންކޮށް ވިސްނަވާނެކަމަށް ހީކުރަން. އެއީ ހިތުން 6 ކުޅިކުރިއަށް ކުޅޭ ބޭފުޅެކޯ. މިމަޅީގަ ނުޖެހި 2023ގައި ޤައުމުދެކެ ލޮބިވާ ބަޔަކު ހޮވަން ވިސްނާތި.
ރައީސް ނަޝީދު މަރުފަލި ޖަހައިގެން މަރުއަތަށް ލައިގެން ވެރިކަމަށް ގެނައި ވެރިކަމުން ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭނެ ކަމަށް ވައުދުވެ އެގޮރުން އެންމެ ބަރުދަން ބޮޑު ވައުދު ކަމުގައިވާ ރާއްޖޭގެ ރައްޔިތުންގެ 4 ކައްކަ ރައްޔިތުން އެެއް އަޑަކުން އެމެންނަށް މާލެ ސަރަހައްދުން ގޯއްޗެއް ހިލޭ ދޭށެ ބުނުމުން ވެރިކަމަށް އައިސް ގޯތި ދޭނެ ކަމަށް ވައުދުވެ ވެރިކަމަށް އައިސް އެވައުދު އޮޅާލާ ރައްޔިތުން ކަންފަތް މައްޗަށް އަތް ދޮވެލާ އިންޑިއާ އަށް ރާއްޖެ އިންޑިއާގެ ބޮޑެތި ވަގުންތަކެއް ގެނެސް އިންޑިއާ އެމްބަސީ އަށް ވައްދައިގެން ފޮރިންގް މިނިސްޓަރަކަށް ހުރި ވަގު ކަލޭގެ އާއި ގުޅިގެން ރާއްޖޭގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާލީ ލެޓްސް ނޮޓް ގިވް ދިސް ކައްޕަޅި ސަރުކާރު އަ ޗާންސް ސަރުކާރު އިސްތިއުފާ އަށް ހުރިހާ މީހުން ގޮވަންވީއޭ ޖަސްޓް އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
ކުރިންވެސް ރައީސް ޔާމީނުގެ އެހީއަށް އެދިގެން ޔާމީނު ފަިދަށަށް ގޮސް ޔާމީނާއި ބައިއަތުހިފައިގެން ޤާނޫން އަސާށީ ބަދަލުކޮށްދީގެން ގެޔަށް ވެސް ބަދަލުވި. އެކަމަކު އަނބުރާ ގެންދިޔައީ ޖަލަށް. ހުޅަނގުގެ ޤައުމުތަކުން ނުފޫޒު ފޯރުވައިގެން ޔޫކޭ އަށް ބޭސްކުރުމުގެ ނަމުގައި ފޮނުވާދިނީ ވެސް ޑީލު ހަދައިގެން. ޢެކަމަކު ހަމަހީލާ އިންތިޚާބެއް ލިބުނަކަ ޔާމީނު ނުދިން. އަނެކާވެސް ޔާމީނުގެ މުށުތެރެއަށް ވަދޭ. މިފަހަރު ދޭނީ ކޮން ލަގާއެއް ކަންވެސް ނޭގޭ. ރައީސް ސޯލިހަކަށް ނުޖެހޭނެ އެއްކަމެއްވެސް ކުރާކަށް. ޔާމީނު ނަޝީދުގެ ސިޔާސީ ހަޔާތް ބަރުބާދުކޮށް ނިއްމާލާނެ ތޯއްޗެއް!
ރައީސް ނަޝީދުގެ ބުރަ މަސައްކަތުން ރާއްޖޭގެ ވެރިކަމަށް އިބޫ ގެންނަވާ ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބޫ ގާތު މާލެ ސަރަހައްދުން ގޯއްޗެއް ބޭނުންވާ ކޮންމެ މީހަކަށް އެއްވެސް އުޒުރެއް ނެތި ކޮންމެ މީހަކަށް 150 ހާސް އަކަފޫޓްގެ ގޯއްޗެއް މާލެ ސަރަހައްދުން ދޭން ޖެހޭނެ ކަމަށް އެކަމަކު ވެރިކަމަށް ރައީސް އިބޫ އަށް އާދެވުމުން އެކަން ހަދާން ނެތި ރައްޔިތުން ބިކަކޮށްފިއޭ އައި ޑޯން ނޯ ވައި އައިއޭމް ސްޓިލް ސަޕްރައިޒްޑް...
ބޮޑުވަޒީރުކަން ބޭނުންވިޔަސް ތީބޮޑުވަރު
އަންނި އަކީ ޗޮއިސް އެއް ނޫން. ތާއީދެއް ނުކުރެވޭނެ
ކޮންމެ މީހަކާ ގުޅުނަސް ބޮޑު ވަޒީރުކަން ލިބޭނެ ގޮތެއް ނުވާނެ. ތިޔައީ ތަސައްރަފު ނުފުދޭ ކުޑަ ކުއްޖެއްކަން ނޭންގޭ ހަމަ އެކަކުވެސް ރާއްޖެއަކު ނޫޅޭ.
"މެދުމިނުގެ ދީނީ ސިޔާސަތު" މިއީ "ބޯންވާނެ ބޯންޖެހޭނެ ނުބޮއެއްނުވާނެ" މި ގޮވެއްޔާއި އޯލްޓަރނެޓިވް ނެރެޓިވް ގެ ސިޔާސަތުގެ ވާހަކަ ފިޔަވައި އެހެން ވާހަކައެއްނޫން! މި ސިޔާސަތު ހިއްޕަވައިފިއްޔާ އިސްލާމްދީނުގެ އަސްލުއުސޫލުތައް ދިފާއުކުރައްވައި ރައީސް ޔާމީން މިއޮތް ހުރިހާ ދުވަހު ކުރެއްވި މަސައްކަތާއި ދެއްކެވި ވާހަކަ ތާކުންތާކުނުޖެހި ކީހައިޅެންފަރިއްސަށްވެގެން ދިޔައީ.
ގައުމަށް އޮތް ބޮޑު މުސީބާތެއް.
ލައިލާމަޖުނޫނާއެކީވެސް ނުއުޅެވުނު.. އެމަންޖެވެސް ދޫކޮށްލީ .. ދެން މިހާ ރު...
ކަލޭ ޕީޕީއެމާ ވައިއެޅުނަސް ނިމުނީ. ކަލޭ ދާދިމާލަކަށްވެސް ޕީޕީއެމްގެ ޢާއްމު މެމްބަރަކު ވޯޓެއްނުދޭނެ.
ނުފެތޭނެއޭބުނި އޮޑި ހަމަރަނގަޅަށްވެ ސް އެ ފެތެނީ.ޔާމީނުގެ އޮޑިއަކުން މަނިކުފާނަކަށް ޖާގައެއް ނެތް.
މިހާރު 40ން މަތީގަ މިތިބީ ވަރައް ގައްދާރު ސިޔާސީ ބައެއް މިމީހުންގެ ކިބައިން މިގައުމު ސަލާމަތް ކުރަންޖެހޭ . އިންޑިޔާ އަކީ ބޭރުގެ އަދާވާތްތެރިޔާ މިދެގުރޫޕް އަކީވެސ އެތެރޭގެ އަދާވާތްތެރިން.
ވެރިކަމާ ހެދި ހ ބަލިވަނީ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂