އެމްޑީޕީ އިސްވެ އުފައްދާފައި އޮތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމަކާ ދެކޮޅަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއެކު މަސައްކަތް ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ ރައީސް ސޯލިހްއާ ދެމެދު ޒާތީ މައްސަލައެއް ނެތަސް ފިކުރީ ގޮތުން އޮތް ތަފާތަކާ ގުޅިގެން ސިޔާސީ ގޮތުން ރައީސްއާއެކު ދެން ނުހުންނެވޭނެ ކަމަށެވެ.
އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަނުންނާއި އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން މެދު މިނުގެ ދީނީ ސިޔާސަތަކަށް ތާއީދު ކުރައްވާނަމަ، އެ ފަރާތުގެ އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
މިއާއެކު، ރައީސް ސޯލިހްއަށް ތާއީދު ކުރައްވާ ބޭފުޅުން އަންނަނީ މީސް މީޑިއާގައި ޝުއޫރު ފާޅު ކުރަމުންނެވެ. އަދި ރައީސް ނަޝީދާއެކު މަސައްކަތް ނުކުރައްވާނެ ކަމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ،
އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ޗީފް ވިޕްގެ މަގާމުގައި ހުންނެވި ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީއާ އޭނާ ގުޅިވަޑައިގަތީ ވެސް ރައީސް ޔާމީންގެ ވެރިކަން ދާނެ ގޮތް އެނގިވަޑައިގެން އެ ކަމާ ދެކޮޅަށް މަސައްކަތް ކުރައްވަން ކަމަށެވެ.
ޑީއާރުޕީން ސިޔާސީ ހަޔާތް ފެއްޓެވި ރޮޒެއިނާ ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަން އޭނާއަށް ފެނުނީ ވެސް ހީކުރި ގޮތަށް ވުރެ ވެސް މާ ބޮޑަށް "ނުބައި" ކޮށް ކަމަށެވެ. އޭރު ރޮޒެއިނާއާއި އެމްޑީޕީ ހިމެނޭހެން އެ ސަރުކާރު ސިފަކުރަމުން އައީ ވެސް "އަނިޔާވެރި" ވެރިކަމެއްގެ ގޮތުގައެވެ.
ރައީސް ސޯލިހްއާ ދެކޮޅަށް ޔާމީންއާ ބައިވެރިވާން ޖެހޭ ސަބަބަކާ މެދު ރޮޒެއިނާ ސުވާލު އުފެއްދެވިއެވެ. އަދި ޔާމީންގެ ވެރިކަމުގައި އިންސާފު ހޯދައި ދެވުނީ ކާކަށްތޯ ސުވާލު ކުރެއްވިއެވެ.
"ރައީސް ސޯލިހް ގޯހެއް ނޫން، އަނިޔާވެރިއެއް ނޫން، ވައްކަމެއް ނުކުރޭ، ކޮވިޑްގެ ހާލަތުގައި ވެސް ތަރައްގީގެ މަޝްރޫއުތައް ހިންގާ، ހަރުކަށި ފިކުރާ އެއްކޮޅަށް ރައީސް ސޯލިހް ކުރެއްވީ ކޮން ކަމެއްތޯ،" ރޮޒައިނާ ލިޔުއްވާފައިވެއެވެ.
MDPge verikama dhekolhah R Yameen aa eku masakkaiy kuraakah netheen. MDP ah vaneeves RYge verikan dhaanegoi engi ekama dhekolhah masakkaiy kuraane platform egga masakkaiy kuran. RY verikan kuree heekurivarah vurenves aniya verikoh, nubai koh. Vakkan saabithuve jalu hukumuga huree
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) July 12, 2021
ނަޝީދުގެ އެންމެ ކުޑައިރުއްސުރެން ފެށިގެން ގާތް އެކުވެރިޔާގެ ގޮތުގައި ހުންނެވި ރައީސް ސޯލިހްއާއި ޚިޔާލު ތަފާތުވުން އުފެދިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ. ފަހުން މައްސަލަ އިތުރަށް ގޯސްވެގެން ދިޔައީ ނަފުރަތުގެ އަމަލުތައް ބަޔާން ކުރާ ބިލު މަޖިލީހުން ފާސްނުކޮށް ރެސެސްއަށް ދާން ނިންމި ހިސާބުންނެވެ.
މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު، ހަނި ގޮތަށް ސަލަމާތްވެވަޑައިގަތް ފަހުން އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ބައެއް ކަންކަން ނުދާން ފެށުމާއެކު އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ.
ރައީސް ނަޝީދު ވަނީ 2023 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓެއް ނަގަން ހުށަހަޅުއްވައިފައެވެ. އަދި އެ ވޯޓަށް ދާނީ ޔާމީނާއި އިދިކޮޅު ކޯލިޝަންގެ ތާއީދު ހޯއްދަވައިގެން ކަމަށް ނަޝީދު އޭރު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވާއިރު، ރައީސް ސޯލިހްގެ މެންބަރުން ގެންދަވަނީ ރިޔާސީ ނިޒާމުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ. އަދި އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް ވެސް ވިދާޅުވަނީ ޔާމީންގެ ތާއީދު ދެން އޮންނާނީ ރައްޔިތުންގެ ނިންމުމާ އެއް ގޮތަށް ރިޔާސީ ނިޒާމަށް ކަމަށެވެ.
ދެހާސް ހަތް ވަނަ އަހަރު ބޭއްވި ވޯޓުގައި ނަޝީދާއި އެމްޑީޕީން ތާއީދު ކުރީ ވެސް ބަރުލަމާނީ ނިޒާމަކަށެވެ. އޭރު ޕީއޭ ނަމުގައި ޕާޓީއެއް އުފައްދަވައިގެން ޔާމީން މަސައްކަތް ކުރެއްވިއިރު އެމަނިކުފާނު ވެސް ތާއީދު ކުރެއްވީ އެ ނިޒާމަށެވެ. އެކަމަކު ރައްޔިތުންނަށް ފެނުނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮންނާށެވެ.
ޕީޕީއެމް ޕީއެންސީގެ އެއްވެސް ޕްލެޓފޯމަކަށް ރޮޒައިނާ ވައިއެޅެލަންވެސް ޕީޕީއެމް ޕީއެންސީގެ އެންމެން ދެކޮޅު!
ރައީސް ޔާމީންގެ ދައުރުގައި ފަންޑުހޯދާ ނުވަތަ ފަށާފަހުރި ކަމެއްނޫނީ ނުކުރެވޭ! މި ސަރުކާރުން އަމިއްލަޔަށް އިސްނަގާ ފަންޑުހޯދައިގެން ހިންގި އެންމެ މަޝްރޫޢެއްވެސް ނެތް!
ޕޕމ އަށް ރޮޒައެނާ ބޭނުން ނުވާނެ. ޕޕމ އަށް ބޭނުންވަނީ އިހުލާސްތެރިން
މޑޕ ވެރިކަމަކާ އެއްކޮޅަށްވެސް ދެކޮޅަށްވެސް ރޔާމީނެ ނޫޅޭ ތިމީ ހުންނާ ގުޅޭކަށް....މޮޔަނުގޮވާ.. ރޔާމީނަ އެއަށްވުރެ ގަޓްވާނެ...ޕޕމ ތިއަށްވުރެ ފުދޭނެ...2023އިންޝާﷲ ރޔާމީން...
ޕީޕީ އެމުން ކަލެޭ ނުގޮސްގެން އާދޭސްކުރަނީ
މި ރޮޒޭނާއަކީ އެމްޑީޕީ އެންމެންގެ ދޮން މަންމަ. މައުމޫނުގެ ފަރާތުން އެމްޑީޕީގަ ހުންނަ އެންބަސެޑަރު.
އަމައްޔާތް..! ރައީސް ޔާމީން އެބަ އުޅުއްވާތަ ކަލެއާއެކު މަސައްކަތްޕުޅު ކުރައްވާ ހިތްޕުޅުން "ސިކު" ވެގެން..! ސައިޒު އޮޅިގެން ނުތެޅި ހުރެބަލަ..!
ހަހަހަހަ. ތިޔަކަހަލަ އަންހެނަކު ކަމުދާނީ އަންނި ކަހަލަ ކަހަލަ މީހުންނަށް
ޕީޕީއެމް ޕީއެންސީގެ އެއްވެސް ޕްލެޓފޯމަކަށް ރޮޒައިނާ ވައިއެޅެލަންވެސް ޕީޕީއެމް ޕީއެންސީގެ އެންމެން ދެކޮޅު!
ރޮޒައިނާ ކަލޭތި ކާކު؟؟ ކަލޭ ބޭނުމެއް ނުވާނެ އެމްޑީޕީ/ޕީޕީއެމް ކޯލިޝަނަށް.
ޕީޕީއެމް އަށް ދެފުށްކެހެރިން ބޭނުމެއްނޫން ޚާއްޞަކޮށް ރޮޒޭނާ ފާޑުގެ މުނާފިގުން ޕީޕީއެމަކަށް ބޭނުންނުވޭ
ޔާމިނު އެބައުޅޭތަ ހޭބަލިވެގެން ޗަކޮއެމެންފަހަތުން ދުވަން
ރޮޒެއިނަންމެންނަކީ ދިވެހިންނަށް ހެޔޮ އެދޭނެ ބައެއްނޫން. ޢަމިއްލަ އެދުމާއި ވިޔަފާރިކުރިެރުވުމާއި ޒާތީ ހަސަދަ ތިބއޮންނަނީ، މިހާރު ވަކި އަނިޔާވެރިކަމެއް ނުފެނޭބާ
އެމް.ޑީ.ޕީ އާއި ދެކޮޅައް ވެސް އެއްކޮޅަށް ވެސް ރޮޒޭނާ ބޭނުމެއްނުވޭ ޕޕއމ އަކައް.
ރައީސް ސޯލިހް ގޯހެއް ނޫން، އަނިޔާވެރިއެއް ނޫން، ވައްކަމެއް ނުކުރޭ، ކޮވިޑްގެ ހާލަތުގައި ވެސް ތަރައްގީގެ މަޝްރޫއުތައް ހިންގާ، ހަރުކަށި ފިކުރާ އެއްކޮޅަށް ރައީސް ސޯލިހް ކުރެއްވީ ކޮން ކަމެއްތޯ،" ރޮޒައިނާ ލިޔުއްވާފައިވެއެވެ. *** މިކަމަނާގެ ދެލޯ އިންތަނުގައި ވަޅުގަނޑެއް ފެންނަން ނެތްކަމީ ﷲ ރަޙްމަތްފުޅުގެ އޯގަވަންތަކަން.
ތިމީހުންނަށް އިޝާރާތް ކުރައްވާ ވަޙީގެ ބަސްފުޅުގައިވަނީ. ލޯދެއްވިކަމަށް އަކަމަކު ނުފެންނާނެ. ކަންފަތް ދެއްވި. އެކަމަކު އަޑެއްނީވޭނެ. މިބުނަނީ އެމްޑީޕީން މިކަމަނާއަށް ފެންނަނީ އެމްޑީޕީގެ މީހުންވެސް އެންމެން ނުބައިކިޔާކަންކަން ރަނގަޅުކަމަށޭ. މިވަރުން ފުދޭނެކަމަށް ހީކުރަން.
ރޮޒައިނާ މޮޔަނުވޭ. ޔާމީނު ނޫޅޭ ހޭބަލިވެގެން. އަދި ޔާމީނަކީ ވެލިކާނެ މީހެއް ނޫން. ޔާމީނު އެމްޑީޕީއަކާ ކީއްކުރަން ނަޝިދަކާ ސޯލިހުއަކާ އަނެކަކާ ވެސް ކޯލިޝަން ހސދާކަށް ނުޖެހޭނެ. އެއަށްވުރެ ޔާމީނަށް އޮތް ތާއީދާއި ޔާމީނުގެ ވެރިކަމަށް އެދޭ މީހުން މާގިނަ. ރޮޒައިނާ އުޅޭ އެއްޕާޓީން އަނެއް ޕާޓީއަށް ހޫރެމުން
ކުރީގަވެސްއުޅުނު ރައިއްޔަތުއަހަންމަދު ކިޔާމީހަކު! ރެސޯޓުހަދަންރަށަކާދިދައަކުން ބޮލާފޮށާއެޅުވީމަ އެއަހަންމަދު ވީތަނެއްނޭގުނު! މިހާރުވެސްމިފެންނަނީއެމަންޒަރުދޯ؟ ދެންބުނަންއޮތްއެތި ބޮޑުވެފަދިގުކަމުން ޓޭޕްއަޅައިފިން ހައްޕު!
ލޮލް، ޕްލީޒް ޓޭކް އަ ސީޓް އޯވަރ ދެއަރ ވިތް މަހޭ، އިން ދަ ނޯބޮޑީ ކެއާޒް ކޯނަރ، ތެންކިޔު!
ޔާމީނެއް ދުވަހަކުވެސް ރޮޒޭނާއާނުގުޅޭނެ.ރޮޒޭނާނޫނަސް ދިވެހިރާއްޖޭގައި އެބަތިބި އެމަނިކްފާނަށް ސަޕޯރޓްކުރާ އެތައްހާސްބަޔަކު.އެނގިއްޖެތަ؟
ރޮޒޭނާ މިކޮމެންޓްތައް ކިޔާލައްޗޭ