އުރީދޫ މޯލްޑިވްސް އާއި ފަންބޮނޑި މޯލްޑިވްސްގެ އެހީތެރިކަމުގައި ފޭސް ޖަމުޢިއްޔާއިން ވިލުފުށީ ޞިއްޙީމަރުކަޒުގެ ޓެލެކޮންސަލްޓޭޝަން ސިސްޓަމަށް ބޭނުންވާ ހުރިހާ ސާމާނެއް ހަދިޔާކޮށްފިއެވެ.

ވިލުފުށީ ފުޓްސެލް ދަނޑުގައި ރޭ ބޭއްވި ފޭސް ޖަމުޢިއްޔާގެ ދެވަނަ އަހަރީ ޖަލްސާގައި މި ތަކެތި ޞިއްޙީމަރުކަޒަށް ހަދިޔާ ކޮށްދެއްވީ ފޭސް ޖަމްއިއްޔާގެ ރައީސް މުހައްމަދު އިބްރާހިމް (ރިޝްވާން)އެވެ. އަދި ވިލުފުށީ ޞިއްޙީމަރުކަޒުގެ ފަރާތުން މިތަކެއްޗާއި ޙަވާލުވެލެއްވީ ވިލުފުށީ ޞިއްޙީމޮރުކަޒުގެ ސީނިޔަރ އެޑްމިނިސްޓްރޭޓަރ ސިއުތު އިބްރާހިމެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިލުފުށީ ޞިއްޙީމަރުކަޒުގެ ސީނިޔަރ އެޑްމިނިސްޓްރޭޓަރ ވިދާޅުވީ ޓެލެކޮންސެލްޓޭޝަންގެ ހިދުމަތް އަޕްގްރޭޑްކުރުމަށް ފޭސް ޖަމުޢިއްޔާއާއި އެކު ކުރެވުނީ ވަރަށް ކާމިޔާބު މުސައްކަތެއް ކަމަށާއި އަދި ވިލުފުނީ ޞިއްޙީރުކަޒުން އޮންލައިންކޮށް، ހުޅުމާލޭ ހޮސްޕިޓަލަށް ދެއްކޭނޭ، އިންތިޒާމާއިއެކު ވިލުފުށީގެ ރައްޔިތުންގެ އިތުރުން އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ވެސް ޞިއްޙީ ހިދުމަތް ހޯދުމަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

"ޞިއްޙީ ފަރުވާ ހޯދުމަށް ވިލުފުށީ ރައްޔިތުން ރަށުން ބޭރަށް ފުރައިގެން ދާންޖެހުމާއެކު، ކުރާންޖެހޭ ބޮޑެތި ހޭދަތަކަށް ޓެލް ކޮންސެލްޓޭޝަންގެ ހިދުމަތުގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. އަދި ކައިރި ރަށްރަށުގެ ރައްޔިތުންގެ ޞިއްޙީ ޚިދުމަތް ހޯދުމަށް ކުރަންޖެހޭ ދަތުރު އިންތިހާއަން ކުރުވެގެން ދާނެ،" ސީއުތު އިބްރާހީމް ވިދާޅުވި އެވެ.

ޖަމުޢިއްޔާގެ ދެވަނަ އަހަރީ ޖަލްސާގައި ވާހަކަ ދައްކަވަމުން ފޭސް ޖަމްއިއްޔާގެ ރައީސް މުހައްމަދު އިބްރާހިމް (ރިޟްވާން) ވިދާޅުވީ ޓެލެކޮންސެލްޓޭޝަންގެ ހިދުމަތް ފޯރުކޮށްދިނުމަށް ފަންބޮނޑި މޯލްޑިވްސް އާއި އުރީދޫ މޯލްޑިވްސްއިން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. "ޙަޤީގަތުގައި މުޅި ޕްރޮޖެކްޓަށް ބޭނުންވާ ހުރިހާ ތަކެތި ފޯރުކޮށްދީފައި މިވަނީ އުރީދޫ އާއި ފަންބޮނޑި މޯލްޑިވްސްގެ ފަރާތުން، ވިލުފުށީ ރައްޔިތުންގެ ފަރާތުންނާއި، ފޭސް ޖަޤާއިއްޔާގެ ނަމުގައި ފަންބޭނޑި މޯލްޑިސް އާއި އުރީދޫ މޯލްޑިވްސް އަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން. އަދި ފަންބޮނޑި މޯލްޑިވްސްއަކީ ވިލުފުއްޓަށް ނިސްބަތްވާ ކުންފުންޏަކަށްވެފައި، މި ކުންފުނީގެ ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރގެ ފަރާތުން މިކަމުގައި ލިބުނު އެހީތެރިކަން ފާހަގަކޮށް، މިފުރުސަތުގައި ވަރަށް ޚާއްސަ ޝުކުރެއް ދުންނުވުން" މުހައްމަދު އިބްރާހިމް (ރިޝްވާން) ވިދާޅުވިއެވެ.

ފޭސް ޖަމުޢިއްޔާގެ ދެވަނަ އަހަރީ ޖަލްސާގައި ވިލުފުށީ ކައުންސިލުގެ ރައީސާއި، ކައުންސިލް މެޤްބަރުންވެސް ވަނީ ބައިވެރިވެފައެވެ. އަދި މުޢައްސަސާތަކުގެ ވެރިންނާއި، ޖަމުޢިއްޔާގެ އާންމު މެންބަރުންވެސް ބައިވެރިވިއެވެ.