ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް-2 ގައި އިމާރާތްކޮށްފައިވާ ފުލެޓްތަކަށް ހޮވިފައިވާ ފަރާތްތަކާއިއެކު ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުން މިއަދު ފަށާއިރު މިއަދު ސޮއި ކުރާނެ ފަރާތްތަކުގެ މައުލޫމާތު އެޗްޑީސީ އިން އިއުލާން ކޮށްފިއެވެ.
އެޗްޑީސީ އިން ދެންމެ ކުރި އިއުލާނެއްގައި ވަނީ މިއަދު އިއުލާން ކުރީ ޓަވަރު H9 އިން ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 14 ޖުލައި 2021 ގައި އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ލިސްޓް ކަމަށެވެ.
މިއަދު ސޮއި ކުރާ މީހުންގެ ލިސްޓް
އެއްބަސްވުމުގައި ސޮއި ކުރުމަށް ތާވަލު ކުރެވިފައިވަނީ އެއްބަސްވުން ތައްޔާރުކުރަން ކޮންމެހެން ބޭނުންވާ މަޢުލޫމާތު، ފޯމު ނަންބަރު: HF1 (ފުލެޓު ލިބިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ފޯމު) އަދި ފޯމު ނަންބަރު: HF2 (ފުލެޓުގެ ވެރިފަރާތުގެ ބަދަލުގައި އެއްބަސްވުމުގެ ޒިންމާ އަދާކުރާނެ ފަރާތް ހަމަޖެއްސުން) ފުރިހަމަކޮށް، އެޗްޑީސީއަށް ހުށަހަޅާފައިވާ ފަރާތްތަކަށެވެ.
ސޮއި ކުރުމުގެ ކަންތައްތައް ފަސޭހަކޮށް ކުރިއަށް ގެންދިއުމުގެ ގޮތުން ލިސްޓްގައިވާ ގޮތަށް އެފަރާތަކަށް ކަނޑައެޅިފައިވާ ވަގުތަށް ހާޒިރުވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗްޑީސީ އިން އެދެއެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
1. ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރާ ފަރާތުގެ އިތުރުން ހެކިވެރިއަކު ގެންނަންވާނެ، އަދި ހެކިވެރިއެއްގެ ގޮތުގައި ސޮއިކުރާ ފަރާތުގެ އައި.ޑީ.ކާޑުގެ ދެފުށް ފެންނަ ސާފުކޮޕީއެއް ގެންނަން ވާނެ.
2. ވެރިފަރާތުގެ ބަދަލުގައި ސޮއިކުރަން "ޕަވަރ އޮފް އެޓަރނީ" އެހެން ފަރާތަކަށް ދެވިފައިވާނަމަ، އެފަރާތުގެ އިތުރުން ހެކިވެރިއަކާއިއެކު ހާޒިރުވުން.
3. ފުލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހާޒިރުވާ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު، ކޮވިޑްގެ ޙާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގަލަން (ދެލި ނުފޭދޭ، ނޫކުލައިގެ) އަދި އިނގިލީގެ ނިޝާން ޖަހަން ބޭނުން ކުރާ "އިންކް ޕެޑް" އަމިއްލައަށް ގެންދިއުމަށް އެޗްޑީސީ އިން އެދޭ.
4. ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ގިނަފަރާތްތަކަކަށް ތާވަލު ކުރެވިފައިވާތީ، އެއްބަސްވުން ސޮއިކުރުމަށް ހަމަޖެހިފައިވާ ހޯލަށް ވަނުމަށާއި ފުލެޓާއި ހަވާލުވުމަށް ފުރުޞަތު ދެވޭނީ ފުލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކުގެ އިތުރުން ހެކިވެރިއެއްގެ ގޮތުގައި ސޮއި ކުރާ ފަރާތަށް އެކަނި.
އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހުޅުމާލެގައި ހުންނަ ހުރަވީ ސްކޫލު ހޯލްގައެވެ.
އެޗްޑީސީ އިން ނިންމާފައި އޮތީ އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ހުރިހާ ފަރާތްތަކާއި އެކު ވެސް ފްލެޓް އެއްބަސްވުމުގައޮި ސޮއި ކުރާށެވެ.
ޟަލާމަތެއްނެޔް ރައްކާތެރިވޭ