ފ. ނިލަންދޫން ބުދު ދީން އޮތް ޒަމާނުގައި ގެންގުޅެފައިވާ އާސާރީީ އެއްޗެހިތަކެއް ފެނިއްޖެއެވެ.

މީގެ ކުރިިންވެސްް ބައެއް އާސާރީތަކެތިި ފެެނިފައިވާ ނިލަންދޫ އިިން މިފަހަރު ފެނިިފައި ވަނީ ބުޑިޝްޓުންގެ ބުދު ފައްޅިއެއްްގައި ބޭނުންކޮށްފައިވާ ތަކެއްޗެވެ. މިިތަކެތި ހޯދާފައި ވަނީ ނިލަންދޫ ދުވަސްވީ ހުކުރު މިސްކިތުގެ ކައިރިންނެވެ. މިހާރު ފެނިފައިވާ ތަކެތި ވަނީ ކައުންސިލާ ހަވާލުކޮށްފައެވެ.

މި ތަކެއްޗަކީ ކުރީގެ ފައްޅިއެއްގެ ބިންގާ ދަށުގައި ވަޅުލާފައިިވާ ތަކެތި ކަމަށް ވެއެވެ. މިތަކެތި ފެނުނު ޒުވާނާ ވަނީީ މިތަކެތިި ފެނުމާއެކު އެކަންް ހެރިޓޭޖް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައެވެ. އެކަމަށް މިނިސްޓަރ ޔުމްނާ މައުމޫން ވަނީީ އޭނާއަށް ޝުކުރު ވެސް އަދާކޮށްފައެވެ. މިނިސްޓަރ ވިދާޅުވެފައި ވަނީ ހޯދިފައިވާ ތަކެއްޗަކީ ބުދު ދީނުގެ މީހުން ބޭނުްކޮށްފައިވާ ތަކެތި ކަމަށް ބެލެވޭ ކަމަށެވެ.

ނިލަންދޫ އިންް ފެނުނު ބުދުދީނުގެ އާސާރީ ތަކެތި - ފޮޓޯ: ސޮބީހާ

ހޯދިފައިވާ ތަކެތީގެ ތެރޭގައި ހިމެެނެނީ ލޮޓަސް މަލުގެ. ތަސްވީރެެއް ކުރަހާފައިވާ ހިރިގަލާ ސަންގެއް ކުރަހާފައިވާ ހިރިގަލެކެވެ. އަދި މީގެ އިތުރުން ވެލައެއް ކުރަހާފައިވާ ގަލެއްވެސް އެތަކެތީގެ ތެރޭގައި ހިމެނެއެވެ.

2017 ވަނަ އަހަރުގެ ތެރޭގައިވެސް ނިލަންދޫ އިން ވަނީ ތާރީީހީ ބައެއް އެއްޗިހި ހޯދާފައެވެ. ރާއްޖޭގެ ތާރީހް ދިރާސާކުރާ ފަރާތްތަަތަކުން ފޮތްތަކުގައިި ލިއެފައިވާ މައުލޫމާތަށް ބަލާއިރު، މުޅި ރާއްޖެއިންވެސް އެންްމެ ފަހުން އިސްލާމްް ވެފައި ވަނީ ފ.ނިލަންދޫ އެވެ. އެރަށުގައި ބުދު ދީނަށް ވަރުގަދައަށް އޭރު އަޅުކަން ކުރެވުނު ކަމަށާއި، މުޅިި ރާއްޖޭގެ އެެންމެ ބޮޑު ބުދުދީނުގެ ބުދުފައްޅިވެސް އޭރު ހުރީ ނިލަންދޫގައި ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައާދަންބެ

    އޮޅުންބޮޅުން ވެފައިވާ ދިވެހި ތާރީޚަށް ލިބުނު އިތުރު ކުރިއެރުމެއް ތިއީ. މިގޮތަށް ފެންނަ ތަކެތި ދިރާސާކޮށް ތާރީޚުގެ ހަގީގީ ސަފުހާތަކެއް ލިޔެވިގެން ދިއުމަކީ މުސްތަގުބަލުގެ ޖީލުތަކަށް ވަރަށް މުހިއްމު ކަމެއް.

  2. ދިވެހި ދިދަ

    ވެލާ އަރާތޯ ހަދާފަ އޮތް އެއްޗެއް