ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ތާއީދު ކުރުން ހުއްޓާލި ސަބަބަކީ ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ފާސްނުކުރުން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިސްލާމް ދީނާ ޚިލާފަށް މީހަކު އުޅޭ ކަމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާ ގޮތަށް އޮތް ބިލަށް ޖުޑިޝަރީ ކޮމިޓީން ބަދަލުތަކެއް ވެސް ގެނައެވެ. އެކަމަކު އިސްލާމީ ޝަޚްސިއްޔަތާ މެދު ސުވާލު އުފެއްދުން ކުށަކަށް އޮތުމުން އެމްޑީޕީގެ ބައެއް މެންބަރުންގެ ވެސް ކަންބޮޑުވުން އޮތެވެ. އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އަޣުލަބިއްޔަތުން ނިންމީ ބިލު އިތުރަށް ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމަށެވެ.
މި ގޮތަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އަޣުލަބިއްޔަތުން ފާސްކުރުމުން، ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.
ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލު ދިފާއުކޮށް ސަރުކާރުގެ އެއްވެސް ބޭފުޅަކު ވާޙަކަ ނުދައްކަވާތީ ނުރުހުން ފާޅުކުރައްވަމުން އެއް މެންބަރަކު ވަނީ ރައީސްގެ އިސްތިއުފާއަށް ވެސް ގޮވާލައްވައިފައެވެ.
އޭގެ ފަހުން އެމްޑީޕީގެ ވަޓްސް އެޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވެސް ވިދާޅުވީ، ސިޔާސީ ގޮތުން ރައީސް ސޯލިހްއާ އެކު ދެން އެކުގައި މަސައްކަތް ނުކުރެއްވޭނެ ކަމަށެވެ. ނަމަވެސް ކުޑައިރުއްސުރެން ފެށިގެން އެކުވެރިޔެއްގެ ގޮތުގައި ހުންނެވި ރައީސް ސޯލިހްއާ އޮންނަ އާއިލީ ގުޅުން އޮންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ އޮފީހުގެ ފަރާތުން މިއަދު ނެރުނު ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ސަރުކާރުން ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ނުފޫޒުން އެމްޑީޕީގެ އެންމެ އަަސާސީ ސިފަތައް ސަރުކާރުން ނައްތާލަމުންދާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގައި ގިނަ މަރުތަކެއް ހިނގާފައިވަނީ އެއީ މުސްލިމުން ނޫން ކަމުގައި ސިފަކޮށް ނަފުރަތު އުފައްދައިގެން އޭގެ "ލޭބަލް" އާންމުންގެ ތެރޭގައި އެޅުމަށް ފަހުގައެވެ.
ޖިހާދު ކުރުމުގެ ފަތުވާތައް ހަރުކަށި ފިކުރުގެ މީހުން ތަންފީޒު ކުރާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ދީނީ އިލްމުވެރިޔާ އަދި މަޖިލީހުގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަލީއާއި، ބްލޮގަރު ޔާމީން ރަޝީދުއާއި، ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރު ނަޝީދު ފާހަގަކުރެއްވިއެވެ.
އެންމެ ފަހުން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިނުމާ އެކު، ސަރުކާރަށް ފެނިގެން މިފަަދަ ލޭބަލްތައް އެޅުމަކީ ޖިނާއީ ކުށަކަށް ހަދަން ފޮނުވި ބިލަށް ފަހުން ސަރުކާރުން ތާއީދު ހުއްޓާލި ކަން ނަޝީދު ފާހަގަކުރެއްވިއެވެ.
"ނަފުރަތު އުފެއްދުން ހުއްޓަން ފޮނުވި ބިލު ފާސްނުކުރަން ސަރުކާރުން އުޅުމުން އަޅުގަނޑަށް ވަރަށް ދަތި މި ސަރުކާރަށް ތާއީދު ކުރަން،" ނަޝީދު ވިދާޅުވިއެވެ.
މި ކަންކަމާ ގުޅޭ ގޮތުން ރައީސް ސޯލިހް އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އެމްޑީޕީން އިދިކޮޅު ޕީޕީއެމްއާ އެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ވެސް ނަޝީދު ވަނީ ފާޅުކުރައްވައިފައެވެ. އެކަމަކު ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕް އެ ގޮތެއް ބޭނުމެއް ނުވެއެވެ.
ދޮގުނަހަދާ.؟ ކަލޭ ހީކުރީ ރައީސް ޔާމީން ބޮލަށް ޗިޕްޖެހިދާނެކަމަށް. ދެން މިހާރު އަނެއް މޮޅު ސްޓޯރީ ޖައްސާނެކަމެއްނެތް.މިހާރު ތިހުރީ ހަމަ ރަނގަޅަށް ބާކީވެފަ. އިބޫ ހިންދިރުވާލާ ހަމަނޭވާލާން ރެޑީވީމަ ޖޭވަނީ.
ނަފްރަތުގެ ބިލަކީ އަންނި އަށް ސަލާމަތް ވެވެން އޮތް ހަމަ އެކަނި ގޮތް.އެހެން ރަސޫލަކާއި އެހެން ކަލާނގެ އެއް ހޯދަން އުޅުނީމަ ތިއޮތީ ލަނޑު ލިބި ބާކީވެފައި.
ނަފުރަތުގެބިލަށް ރައްޔިތުންނަފުރަތު !!
ރައީސް ނަޝީދު ސަރުކާރަށް ތާއީދު ކުރުން ހުއްޓާލި ކަމަށް މަމެން ގަބޫލެއް ނުކުރާނަމޭ ސީދާ ރައީސް ނަޝީދު ޖެހޭނީ ބަޔާނެއް ނެރެން ސޮއި ކޮށްފައި ތިމަންނާ ރައީސް އިބޫގެ ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންގޮސްފީމޭ އެމްޑީޕީގެ އެއްވެސް ތާއީދެއް މިސަރުކާރަށް ނެތް ކަމަށާއި އަދި އެމްޑީޕީން ރައީސް އިބޫ ވެސް ވަކި ކޮށްފި ކަމަށާއި އަދި އެމްޑީޕީގެ ނަމުގައި ކެބިނެޓް މެމްބަރުންގެ ގޮތުގައި ތިބި ހުރިހާ މީހުން އިސްތިއުފާ ވެސް ދެއްވުމަށް ރައީސް ނަޝީދު ޖެހޭނެ އެދި ބަޔާނެއް ނެރެން އެއިރުން މަމެން ތިޔާ ކަން ގަބޫލުކުރާނީ އަދި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ސަރުކާރުގެ ކުންފުނި ތަކުގެ ބޯރޑަށް އައްޔަން ކޮށްފައިވާ މެމްބަރުން ވެސް ޖެހޭނެއޭ އިސްތިއުފާ ދޭން...
މަށެއް ހިޔެއް ނުކުރަމޭ ދުޥަހަކުެސް ތި ދެމީހުން ކޯޅިގަންނާނެ ކަމަކަށް ވަރަށް ދެރަ
މަޖިލީހުން ނިންމާ ކޯލިސްން ހަދާއިރު ދެފަރާތުން އެއްބަސްވާން ނުޖެހޭނެ ކަމަށް، އެއްބަޔަކު ކޯލިސަން ހަދަން ބޭނުންވީމަ ހެދޭނެކަމަށް
އެހެންވީމަ ތީހާދަ ވަރުގަދަ ޕްލޭނަކާ ގުޅިފަވާ ބިލެކޭ!
ސަރުކާރަށް ތާއީދުކުރުން ހުއްޓާލީ ނަފްރަތުގެ ބިލު ފާސްނުކޮށްގެން ކަމަށް ނަޝީދު ބުނާނަމަ އެއި ބުހުތާން ދޮގު. ސަރުކާރަށް ތާއީދުކުރުން ހުއްޓާލިނަމަ ހުއްޓާލީ މިޑް ޓާމް އިލެކްޝަނެއް ބާއްވާ ނަޝީދާ ވެރިކަން ހަވާލުކުރަން އިބޫ އެއްބަސް ނުވުމުން. އެއްވެސް ފަރާތަކުން ނަޝީދަށް އަލިމަގެއް ނުފެނި ހަތަރު އުދަރެސް ފެނުޖެހެމުން އެދަނީ.
ބޭކާރު ބާކީ ބޭގަރާރު .. ނަފުރަތުން ނަފުރަތު .. އިންޑިއާގެ ބޮޑު ވަޒީރުކަން ތިމަންނައަށްދޭށޭ މޯދީކައިރީގަބުނޭ !!އެއިރުން މަލިކުގެ މުދިންކަންދީފާނެ ތޯއްޗެ ؟؟؟
ތިޔަ ބިލަކީވެސް ނަޝީދުމެން ފާސް ކުރި ބިލެއް ދެން ކޮން މޮޅު ސްާޓޯރީއެއް ޖައްސާކައް.
ނަފްރަތުގެ ބިލް އެއީ ފާސް ކުރަން ޖެހޭނެ ބިލެއް ނޫނޭ ގާނޫނު އަސާސީ ބުނާ ގޮތުން ރާއްޖޭގައި ހުންނަ ހުރިހާ ގާނޫނު ތައް ހަދަންވާނީ އިސްލާމް ދީނުގެ އަސްލާއި އެއްގޮތަށޭ އެކަން އެގޮތަށް އޮންނައިރު ނަފްރަތުގެ ބިލް ގެ ގިނަ މާއްދާ ތައް ގާނޫނު އަސާސީ އާއި ޚިލާފު ކަމަށް ގިނަ ވަކީލުން ބުނަމުންދާއިރު މިފަދަ ކަންކަމަށް ރިއާޔަތް ނުކޮށް ގާނޫނު އަސާސީގެ ރޫހާއި ޚިލާފަށް ތިޔާ ނަފްރަތުގެ ބިލް ފާސް ކޮށްގެން ނުވާނެއޭ ތިޔާ ބިލް އަނބުރާ ފޮނުވާލަން މަމެންނަށް ފެންނަނީ ފޮނުވާލާ ފޮނުވާލާ...
ނަފްރަތުގެ ބިލު ފާސްކުރަން އެމްޑީޕީގެ ލީޑަޝިޕް ނުދެކޭ ނަމަ ސަރުކާރަށް ތާއިދުކުރަން އުނދަގޫ ކަމަށް ރައީސް ނަޝީދު ވިދާޅުވާނަމަ ދެން އެމްޑީޕީ ރައީސް އިބޫ އަށް ހަވާލު ކުރައްވާފައި ރައީސް ނަޝީދު ވަކިން ސިޔާސީ ޕާރޓީ އެއް ހަދަން އުޅުން އެއީ ސިޔާސީ ގޮތުން މިހާރު އެންމެ ބުއްދިވެރި ކަމަކީ ރާއްޖޭގައި ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރަން ޕީޕީއެމް އަދި ޕީއެންސީ އެއް ތާއީދެއް ނުކުރާނެ ދެން ޔަގީނުން ވެސް ރައީސް އިބޫ ތާއީދެއް ނުކުރާނެއޭ ޖޭޕީ ތާއީދެއް ނުކުރާނެއޭ އެހެން ކަމުން އޭގައި އެންމެ ރަނގަޅު ގޮތަކީ ރައީސް ނަޝީދު ވަކިން ސިޔާސީ ޕާރޓީ އެއް އަލުން ހަދައިގެން އެޕާރޓީން ނެރޭ ރިޔާސީ ކެންޑިޑޭޓަކީ އެއީ ރައީސް ނަޝީދު ކަމަށް ހެދުމުންނޭ ރައީސް އިބޫ އަށް ވޯޓް ލިބޭނީ ރައީސް ވަހީދަށް ލިބުނު އަދަދަށް ވުރެން ވެސް މަދުންނޭ...
ނަފްރަތުގެ ބިލު ފާސްވާންޖެހޭ އެބަ. އިބޫ އަށް ވޯޓެއް ނުލިބޭނެ އެހެންނޫނީ
މަމެން ޕިންކީން ޔަގީނުން ވެސް ތަމެން ތިޔާ ހުށައަޅައިގެން އުޅޭ ނަފްރަތުގެ ބިލަށް ތާއީދެއް ނުކުރާނަމޭ އިސްލާމް ދީނަށް ނަފްރަތު ކުރާ މީހުންނަށް ހިތްވަރު ދޭ ބިލެއް މަމެންނަށް ނުކުރޭނެއޭ ފާސް ކުރަން މަމެން ބިރުގަނެއޭ ތިޔާ ކަން ކުރަން ދެން ތަމެން މަމެން ގޯއްޗަށް އަންނަން އުޅެގަ ސަޔާއި ތެލުލި ބަނބުކެޔޮ ކާން ދެން އެހެން ތިބޭއިރު ޕިންކީ ފޯރމް ފުރާ ގޮތް ވެސް ދަސްކުރެވިދާނެ ނޫންތޭ އައިޑީ ގެންނާތި އިނގޭތޭ އެއިރުން ހުޅުމާލޭން ގޯއްޗެއް ވެސް ލިބޭނީ އިނގޭތޭ..
ނަސީބެއް ތިބިލެއް ފާހެއްނު ވަނެ. ވަރަށް ޔަގީން
މިހާފާޅުކަންބޮޑުކޮށް މީނަގެ ބޭނުންތައް ކިޔާދެމުންދާއިރުވެސް މީނަގެ ސަޕޯޓަރުން އަދިމިވާހަކަތައް ބަދަލުކޮއް ވާހަކަދައްކާނެ.
ދެން ސަރުކާރަށް ދާއިތުކުރުން ހުއްޓާލީމާ އާންމު ރައްޔިތުންގެ ސަޕޯޓް ނަޝީދުއަށް ވަރަށް ލިބޭނެ، މޮޔަނުގޮވާ
ލާދީނީ ކަލޭގެ ފިލި ފިނޑި ޣައްދާރު ޚާއިނު
ނަފްރަތުގެ ބިލަށް އެމްޑީޕީގެ ވަރަށް ގިނަ އެމްޕީން ވެސް ތާއީދު ނުކުރޭ ޖޭޕީ ތާއީދު ނުކުރޭ އެމްއާރުއެމް ތާއީދު ނުކުރޭ ދެން އަދާލަތު ތާއީދު ނުކުރޭ ނުކުރާނަމަ ސަރުކާރަށް އެބިލަށް ތާއީދު ކުރުން އެވާނީ މުސްތަހީލް ކަމަކަށް ނަފްރަތު ބިލް މިވަގުތު ފާސް ނުކުރި ނަމަވެސް ހުރި ގާނޫނު ތަކުން ރައީސް ނަޝީދަށް ދިން ހަމަލާގެ އިންސާފަށް ވާސިލް ވެވޭނެ ކަން އެއީ ޔަގީންވެ ކަށަވަރުވާ ކަމެކޭ ތިޔާ ގޮތަށް ރިޔާސީ ކަމިޝަނަށް ވެސް ގާނޫނެއް ހެދި އެއިން ކެއްކުނު ޑޮންޑޮނެއް ނެތް ދޯ..
ސަރުކާރުން ވެސް އެބަޖެހޭ ދޯ ރައީސް ނަޝީދުގެ ހަމަލާ ތަކަށް ކޮންމެވެސް ވަރެއްގެ ރައްދެއް ދޭން އެނޫން ނަމަ ސަރުކާރަށް ކުރާ ތާއީދު ދުވަހުން ދުވަހަށް ދާނީ ދަށަށޭ ރައްޔިތުންގެ ތާއީދާއި ޕާރޓީގެ ތާއީދު ގެއްލޭނީ ސަރުކާރުން ހިމޭނުން އޮންނަނަމަ ސަރުކާރުން ކެބިނެޓް މެމްބަރުންގެ ޓީމެއް ނަގައިގެން ނަމަވެސް އެބަޖެހޭ މިޙާރު ސަރުކާރު ވެއްޓިފައިވާ އަނދަވަޅުން ސަރުކާރު ނަގަން މިކަމަށް އޮތީ ސިޔާސީ ހައްލެއް އެނޫނީ އަވަސް އިންތިޚާބެއް ބާއްވަން ސަރުކާރުން ބާއްވަންވީއޭ...
އާނނނ. ދެން ތިތާ މަގުގެ އެއްފަރާތެއްގަ ކޮންމެވެސް އެހެން ކަމެއް ފެށޭތޯ ބަލާ. މި ގައުމަށް ނޭރިއްޔާ ރަގަޅީ.
ރައީސް ނަޝީދަށް އޮތް އެންމެ ރަނގަޅު ޗޮއިސް އަކީ ސީދާ ސަރުކާރާއި ވަކިވީ ކަން އިއުލާން ކުރުމަށް ފަހު ރައީސް ނަޝީދަށް ތާއީދު ކުރާ މަޖްލީހުގެ މެމްބަރުންނާއި ގުޅިގެން ބަލަންވީ ރާއްޖެ އަށް ބަރުލަމާނީ ނިޒާމެއް ގެނެވޭތޯ އެކަމުގައި ފެއިލް ވެއްޖެނަމަ ދެން ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނީއޭ އެއްވެސް ޕާރޓީ އަކާއި އެކު ކޯލިޝަން ނަހަދާ ބަލަންވީ މިޕްރޮސެސް ހިންގޭތޯ އެއިރުން ރައީސް ނަޝީދަކީ ދެވަނަ ގަޓް ރައީސް ކަމަށް ރާއްޖޭގެ ރައްޔިތުން ދެކޭނެއޭ ރައީސް ޔާމީން ކޯލިޝަން ނަހަދާ އެއްވެސް ޕާރޓީ އަކާއި އެކު ރައީސް މައުމޫނު ހެއްދެވީ އެއިރު ކޯލިޝަން ނެހެދި ނަމަވެސް މަމެން ޕިންކީން ނަށް ވެރިކަން ލިބޭނެ ކަން އެއީ ޔަގީން ކަމެކޭ...
އައްނިގެ ކެމްޕައެިން ތެރޭގައި ބޭނުންވާހަކައެއް ދައްކައި ޒުވާނުން އޭނާބޭނުންވާ ގޮތަކަށް އަނބުރާލަން ހުށަހެޅި ބިލެއް.
ތިބިލް ފާސްނުކުރީތީ ރައީސް އިބޫގެ ފެކްޝަނަށް ޝުކުރުދަންނަވަން
ކަލޯ ދާދި އަވަހަށް ކަލޯ ގެ މަޖިލިސް ރައީސް ކަން ވެސް ހިގައިދާނެ އިންޝާﷲ
ނަފްރަތުގެ ބިލަކީ އެއީ ސަރުކާރުން ހުށައެޅި ބިލެއް ދެން އެ ބިލް ފާސްކުރިއަސް އަދި ނުކުރިއަސް އެއީ އެމްޑީޕީ ހާސް ވާން ޖެހޭނެ ކަމެއް ނޫނޭ ސަބަބަކީ އެއީ އެމްޑީޕީން ޑްރާފްޓް ކޮށްގެން މަޖްލީހަށް ހުށައަޅާފައިވާ ބިލަކަށް ނުވާތީއޭ މީގައި ނަފްރަތުގެ ބިލް އެއީ ދައްކާ ބަހަނާ އެއް ކަމަށް ބެލެވެނީ ހަގީގަތަކީ ރައީސް އިބޫ ޖެހޭނީ ވިދާޅުވާން ތިމަން މަނިކުފާނު ދެން އަންނަ ރިޔާސީ ދައުރަށް ކުރިމަތި ނުލައްވާނޭ ކަމަށް އެއިރުން ރައީސް ނަޝީދު ނޫޅުއްވާނެ ބަރުލަމާނީ ނިޒާމެއް ރާއްޖެ އަށް ގެންނަން ވެސް...
ނަފްރަތުގެ ބިލު ފާސްކުރަން އެމްޑީޕީގެ ލީޑަޝިޕް ނުދެކޭ ނަމަ ސަރުކާރަށް ތާއިދުކުރަން އުނދަގޫ ކަމަށްވާނަމަ ރައީސް ނަޝީދު އެބަޖެހޭ ބޯލްޑް ޑިސިޝަން އެއް މޭކް ކުރަން އެގޮތުން އެމްޑީޕީން އެބަޖެހޭ ރަސްމީ ސިފައިގައި ސަރުކާރަށް ތާއީދު ނުކުރާނޭ ކަމަށް އެމްޑީޕީގެ ގައުމީ މަޖްލީހުން ފާސް ކުރަން އެއަށް ފަހު ދެން ޕީޕީއެމްގެ ރައީސް މިނިވަން ކޮށްގެން ޕީޕީއެމްގެ ރައީސް މަޖްލީހުގެ މެމްބަރު ކަމަށް ގެނެސްގެން ރާއްޖެ އަށް ބަރުލަމާނީ ނިޒާމެއް ގެނެވޭތޯ ބެލުން އެއީއޭ ދެން އޮތް ހަމަ އެކަނި ޗޮއިސް އަކީ..
އަސްލު 2018 ގައި ވެރިކަމަށް އައި އިރު ނަޝީދުގެ ބޭނުންކޮށްފައި މިހާރު ކޯޅޭޝަންގެ ބައިވެރިން ނަޝީދު އަށް ފެނު ކެއްކި ބޮލީގެ އިއްޒަތް ދިނުމަކީ އެެއްވެސް އިންސާފެއްނޫން.
ސަރުކާރަށް އޮތް ތާއީދު ފާޅު ކަން ބޮޑު ގޮތެއް ގައި ރައީސް ނަޝީދު އަނބުރާ ގެންދަންވީއޭ އެއިރުން ދެން ސަރުކާރަށް ސަރުކާރުގެ އިސްކޮޅުގައި ކޮއްޅަށް ހުރެގެން ސަރުކާރަށް ހިނގައި ގަނެވޭނެއޭ އެއަށް ފަހު ރައީސް ނަޝީދު ބައްލަވަންވީ މިނިވަން ވެފައި ހުރުމާއި އެކު ފުރަތަމަ އެމްޑީޕީ ތެރޭގައި އޮތް ފެކްޝަންސް ތައް ރޫޅާލާ އެމްޑީޕީން ވަކިވެގެން ދާ ބަޔަކު ވަކި ކޮށްލާ ޕާރޓީގެ މަތީ ފަށަލަ އޯވަރހޯލް ކުރުމަށް ފަހު ދެން އަންނަ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކެންޑިޑޭޓެއް ނެރުމޭ އެެއީއޭ ދެން ރައީސް ނަޝީދު ކުރައްވަންވީ ކަމަކީ މައިދާން ސާފުކުރަންވީއޭ...
ނަފްރަތުގެ ބިލްގެ ސްކްރީން ކަހާލުމުން ދެން ފެންނަ ސްކްރީން އަކީ އެއީ ބަރުލަމާނީ ސްކްރީން އެ ސްކްރީން ބެލުމަށް ޓަކައި ނަފްރަތުގެ ބިލް ސްކްރީން ގެ ވާހަކަ ދައްކާ އެސްކްރީން ގޯސް ކަމަށް އެންމެން ބުނުމުން ދެން އެ ސްކްރީން ކަހާ އެއްލާލާ ދެން ބަލަންވީ ބަރުލަމާނީ ސްކްރީން ބަރުލަމާނީ އަކަށް ރާއްޖޭގެ ވެރިކަން ބަދަލު ކުރަން ރައީސް ނަޝީދު ބޭނުން ނަމަ ރާއްޖޭގެ ސިޔާސީ ލޭންޑްސްކޭޕަށް ވަރަށް ބޮޑު ބަދަލެއް ގެންނަން އެބަޖެހެއޭ އެގޮތުން އެބަޖެހޭ ސަރުކާރު ހިންގުން މަޖްލީހަށ
ނަޝީދަކީ ދެދުވަހު ދެގޮތަށް ވާހަކަ ދައްކާ މީހަކަށްވީމާ އޭނާ ދައްކާ އެއްވެސް ވާހަކައެއް އަހަރުމެން ޤަބޫލެއް ނުކުރާނޫއެވެ.
ރައީސް ނަޝީދުގެ ކިބައިގައި ހުރި ގަޓެއް މަމެން ބަލާނަން މިފަހަރު މަމެން ޕިންކީންގެ ވެރިކަމުގައި ފިނިފެންމާ ލޯންޗް ކޮޅުގައި ގޮއްވާލި މައްސަލައިގައި މަމެން ޕިންކީން މަޖްލީހުގެ ދޮރާށީގައި ޓަކި ވެސް ޖެހީ މަމެން ބޭނުން ގޮތަށް ކުރަންވާ ކަންކަން ކޮށްފައޭ ރައީސް ނަޝީދުގެ ގަޓެއް ހުރި ނަމަ މަމެން ބަލާނަމޭ މިފަހަރު ލެޓްސް ޑޫ އިޓް މޭން...
ރާއްޖޭގެ ސިޔާސީ މައިދާނުގެ ހާލަތު މިހާރު އޮތް ގޮތުން ރައީސް ނަޝީދަށް އެއްގޮތަކަށް ވެސް ސިޔާސީ ގޮތުން އެއްބާރު ލުން ނުލިބޭނެއޭ ދެން ޖޭޕީން ވެސް އަދި ސަރުކާރުގެ ތެރޭން ވެސް އަދާލަތަކީ އެއީ ޕާރޓީ އެއް ނޫނޭ އެއީ ހަތަރު މީހުންގެ ޕާރޓީ އެކޭ ބިލީވް މީ އެމެންނަށް 500 ވޯޓް ވެސް ރިޔާސީ އިންތިޚާބެއްގައި ނުލިބޭނެއޭ ރައީސް ނަޝީދު މިހާރު ތިޔާ ހުންނެވީ ލޮސްޓް ވެފައޭ ފައިޓް ޓިލް ޔޫއާރ ސީން މިކަން ކުރަން ޖެހޭނީ މުޅި ލޭންޑްސްކޭޕް ކޮށާލާ މަގުތައް ހަދާ އަލިކުރަންވީއޭ މިކަން ކުރަންވީއޭ ރައީސް ނަޝީދު...
މިވެރިކަމުގައި ރައްޔިތުންނަށް ޖަވާބުދާރީވާ ކެބިނެޓެއް އޮތް ކަމަށް ރައްޔިތުންނަށް ނުފެނެއޭ ރާއްޖެ މިއަދު އަދި ޓީވީ އެހެން ޕްރޮގްރާމް ތަކުގައި ވެސް ވާހަކަ ދައްކާނީ ކެބިނެޓް މިިނިސްޓަރުންގެ ބަދަލުގައި ސިވިލް ސާރވެންޓުންނޭ މަޖްލީހުގެ ކޮމެޓީ ތަކުންނޭ މިސަރުކާރު ހިންގާދެނީ ކަން މިހެން ހުރުމުން މިކަމާއި މެދު ފުންކޮށް ވިސްނާ ސަރުކާރުގެ ޑެއިލީ އޮޕަރޭޝަންސް މަޖްލީހުގެ ކޮމެޓީ ތަކުގެ އަތް މައްޗަށް ނަގަންވީއޭ އެއިރުން ދެން ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް ފްލެޓްސް ތަކާއި ބިން ތައް މާލެ ސަރަހައްދުން ރައްޔިތުންނަށް ދޭނީ މަޖްލީހުގެ ކޮމެޓީންނޭ...
ޜަނގަޅީ ތިބޭފުޅާ ސަރުކާރަށް ތާއީދު ނުކުރިއްޔާ. ކުރިން ގާޒީ މިހާރު ނަފްރަތުގެ ބިލް. ގޮތްދޫނުކޮށް ހުރެބަލަ . ވަޒީފާ ގަނޑުވެސް ގެއްލޭނީ.