ކަޝްމީރުގައި އަލްހާ އީދު ދުވަހު އުލްހިޔާ ކަތިލުން އިންޑިއާގެ އިދާރާތަކުން މަނާކުރުމަށް ފަހު އަލުން ހުއްދަ ދިންކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޖަނަވާރުން ހިމާޔަތް ކުރުމުގެ ނަމުގައި އިންޑިއާގެ އިދާރާތަކުން ބުރާސްފަތި ދުވަހު ނެރުުނު ބަޔާނުގައި ބުނެފައިވަނީ ގެރިޔާ، ކަންބަޅި ބަކަރި، ބަކަރި އަދި ޖަމަލު ފަދަ ޖަނަވާރުތައް ކަތިލުން މަނާ ކަމަށާއި، އީދުގެ މުނާސަބަތުގައި ކުރާ މިފަދަ ކަންތައް ހުއްޓުވަން ޖެހޭ ކަމަށެވެ. ކަޝްމީރުގައި އުލްހިޔާ ކަތިލުން މަނާ ކުރުމާއި އެކު އެ ސަރަހައްދުގެ އިލްމުވެރިން ވަނީ ހިތާމަފާޅުކޮށް، އެކަމާއި ކަންބޮޑުވެ އަޑު އުފުލާފައެވެ. އިިލްމުވެރިން ވަނީ އީދަށް މިކަމަށް ލުއި ދިނުމަށް އިންޑިއާގެ އިދާރާތަކުގައި އެދިފައެވެ.

އިލްމުވެރިން ކަންބޮޑުވުން ފާޅުކުރަން ފެށުމާއި އެކު ހުކުރު ދުވަހު އިންޑިއާގެ އިދާރާތަކުން ވަނީ އުލްހިޔާ ކަތިލުން ހުއްދަ ކޮށްފައެވެ. އެ އިދާރާތަކުން ބުނީ ކޮންމެ އަަހަރަކުވެސް ޖަނަވާރުތައް ހިމާޔަތްކުރުމުގެ ގޮތުން އުލްހިޔާ ކަތިލުން ހުއްޓުވުމަށް އެދި ކަޝްމީރަށް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.

އީދާއި ގުޅިގެެން ޔޫނިއަން ޓެރިޓަރީ އަދި ޖައްމު އާއި ކަޝްމީރުގައި އުލްހިޔާ ކަތިލަމުންދާނެތީ، ގިނަ އަދަދެއްގެ ޖަނަވާރުން ގުރުބާންކުރާނެކަމަށް ލަފާކޮށް ޖަނަވާރު ބޯޑުން އެކަން ހުއްޓުވަން އެދުނު ކަމަށާއި، ޖަނަވާރުތައް ހިމާޔަތް ކުރުމުގެ ގޮތުން އުލްހިޔާ ކަތިލުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޖަނަވާރުތައް ހިމާޔަތްކުރުމަށް އެކުލަވާލައިފައިވާ ބޯޑުން އެދުނުކަމަށް އިންޑިއާގެ އިދާރާއަކުން ބުނެފައިވެއެވެ.

އާންމު ގޮތެއްގައި އިންޑިއާގައި ކަތިލުން މަނާ ކޮށްފައިވަނީ ގެރިއެވެ. މިހާރުވެސް ޔޫނިއަން ޓެރިޓަރީ އަދި ކަޝްމީރުގައި ގެރިމަސް ކެއުމާއި، ގެރި ކަތިލުން މަނާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލާދީނީ

    އިންޑިޔާ ނަމޫނާއަކަށް ބަލާ މިގައުމުންވެސް ކަނޑުމަސް ކެއުންއަދި މަނާކޮށްފާނެ. މިހާރުވެސް ވެލާ، މިޔަރު، ލަނޑާ ފަދަތަކެތީގެ މަސްކެއުމާ ހިފުންމަނާ. އަދި ލައްޓި ރާގޮނޑިވެސް މިލިސްޓުގަ ހިމަނާފާނެ