އަވައްޓެރި އިންޑިޔާގެ ކަޝްމީރުގެ ޒުވާނެއް ލިޔުނު ކީރިތި ގުރްއާނެއް ރެކޯޑެއް ހަދައިފިއެވެ.

މުސްތަފާ އިބްނު ޖަމީލް ނަމަކަށް ކިޔާ މި ޒުވާނާ ގުރުއާން ލިޔެފައި ވަނީ 500 މީޓަރުގެ ކަރުދާހެއްގައެވެ. ކަރުދާހުގައި ލިޔެފައި އޮޅާފައިވާ މި ޤުރުއާން އެއްކޮށް ލިޔެ ނިންމުމަށް އޭނާ އަށް ހަތް މަސް ދުވަސް ހޭދަވިއެވެ. މި ތަފާތު ކާމިޔާބީގެ ސަބަބުން މި ޒުވާނާ ލިޔުނު ގުރުއާނަށް ވަނީ އެންމެ ދިގު ފޮތުގެ ރެކޯޑު ލިބިފައެވެ.

މުސްތަފާ އިބްނި ޖަމީލް ބުނި ގޮތުގައި ގުރުއާން އެއްކޮށް ގަނޑުގައި ލިޔުމަށް އޭނާއަށް ހަތް މަސް ދުވަސް ހޭދަވިއިރު ގުރުއާން ލިޔުމަށް 14.5 އިންޗީގެ ފުޅާމިނާއި ދިގުމިނުގައި 500 މީޓަރު ހުންނަ ގަނޑަކާއި ހާއްސަ ގަލަންތަކެއް ބޭނުންކޮށްފައިވެއެވެ.

މި ގުރުއާން ލިޔެފައި ވަނީ 85 ޖީއެސްޕީ ކަރުދާހުގައި އެވެ.

އޭނާގެ މަސައްކަތަކީ ބައިނަލްއަގުވާމީ މައިދާނުގައި ހުނަރުވެރި މީހުން ދެނެގަނެ އެ މީހުން ޕްރޮމޯޓް ކުރުމާ ގުޅުން ހުރި ޖަމިއްޔާއެއް ކަމަށްވާ ލިންކޮން ބުކް އޮފް ރެކޯޑްސްގައި ރަޖިސްޓްރީކޮށްފައިވާ މަސައްކަތެކެވެ.

އުތުރު ކަޝްމީރުގެ ބަންދިޕޯރާ ޑިސްޓްރިކްޓްގެ ގުރޭޒް ވާދީއަށް ނިސްބަތްވާ މުސްތަފާ ބުނީ އޭނާ އަބަދުވެސް ގުރުއާން އަތުން ލިޔުމަށް ބޭނުންވާ ކަމަށާއި މިއީ ވަރަށް ކުރީއްސުރެ އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

ލިންކޮން ބުކް އޮފް ރެކޯޑްސްގެ ރަސްމީ ވެބްސައިޓްގައި "ޖަމީލް އަހްމަދް ލޮންގެ ދަރިކަލުން މުސްތަފާ އިބްނި ޖަމީލް، 500 މީޓަރު ހުދު ކުލައިގެ ކަރުދާހެއްގައި ކީރިތި ޤުރުއާން ލިޔެގެން އާ ރެކޯޑެއް ގާއިމް ކުރި" މިގޮތަށް ލިޔެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕޮގުބާ

    ތީ އިސްރާފް ކުރުން

    3
    25
  2. ގުރުއާން

    ބޭކާރު ކަމެއް ތިކުރީ ލޮލް

    1
    10
  3. އަހްމަދު

    ތިޔަ އަމަލަކީ ކީރިތި ޤުރްއާނަށް އިހާނާތްތެރިކޮށް ހިތުމާއި އެފޮތުގެ ގަދަރު ނަގާލުން.

    3
    8
  4. މުޙައްމަދު123

    އިންޑިއާގެ ކަޝްމީރެއް ނޯންނާނެ

    9
    2