ސިކުނޑީގެ އުނިކަން ހުންނަ ޕާކިސްތާނުގެ މީހަކު އިންޑިއާއިން ހައްޔަރުކޮށްގެން އުޅޭ ޚަބަރެއް އާއްމުވެއްޖެ އެވެ.

އިންޑިއާއިން ހައްޔަރުކޮށްގެން އުޅޭނީ ޕާކިސްތާނުގެ ކަޝްމީރު ފަޅިއަށް ނިސްބަތްވާ ތަބާރަކް ހުސެއިން ކިޔާ މީހެކެވެ.

އޭނާ ހައްޔަރުކުރީ އޮޮޅިގެން އިންޑިއާއިން ކޮންޓްރޯލްކުރާ ކަޝްމީރުގެ ސަރަހައްދަށް ވަދެ އުޅެނިކޮށެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ހުސެއިން އަކީ އިންޑިއާގެ ސިފައިންނަށް ހަމަލާ ދާން ވެގެން ޕާކިސްތާނުން އައި ޓެރަރިސްޓެކެވެ. އޭނާ އިންޑިއާއަށް ވަނީ އިންޑިއާ ސިފައިންނަށް ހަމަލާ ދޭން 30،000 ރުޕީސް ޕާކިސްތާނުން ހުށަހެޅުމުން ކަމަށް ވެސް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ.

ނަމަވެސް ދާދި ފަހުން މީސް މީޑިއާގައި ލީކުވި ވީޑިއޯތަކުން އެނގޭ ގޮތުގައި ހުސެއިން އަކީ ސިކުނޑީގެ އުނިކަން ހުންނަ މީހެކެވެ. ހުސެއިންގެ ރައްކަލަކަށް އޭނާ އައްސައިގެން ގެންގުޅޭތަން ވެސް ވީޑިއޯތަކުން ފެނެއެވެ.

އިންޑިއާ ސިފައިން މީގެ ކުރިން 2016 ވަނަ އަހަރުވެސް ހުސެއިން ހައްޔަރުކުރި އެވެ. އެއީ އެފަހަރުވެސް އޭނާއަށް އޮޅިގެން އެ ގައުމަށް ވަދެގެން ނެވެ. އިންޑިއާގެ ޖަލެއްގައި ދެ އަހަރަށް ވުރެ ގިނަ ދުވަހަށް ފަހު އޭނާގެ ސިކުނޑީގެ އުނިކަން ހުންނާތީ ފަހުން ޕާކިސްތާނާ ހުސެއިން ހަވާލު ވެސް ކުރި އެވެ.

މިފަހަރު ހުސެއިން ހައްޔަރު ކޮށްގެން މައްސަލަ އާއި ގުޅިގެން މިހާރު އިންޑިއާއަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ނަމަވެސް އަދި އޭނާ ބަންދުން ދޫކޮށްލަން އިންޑިއާ އިން ނިންމާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާ

    އިންޑިއާއަށް ބޮނޑެއް އަތުވިޔަސް އެންމެ އަވަހަށް ދޭނީ ޓެރަރިސްޓުގެ ލަގަބު

    14
  2. ނަން

    އިންޑިއާއަށް ބޮނޑެއް އަތުވިޔަސް އެންމެ އަވަހަށް ދޭނީ ޓެރަރިސްޓުގެ ލަގަބު