އިސްލާމީ ދައުލަތުގެ އުސޫލުތައް ދިވެހި ދައުލަތުގެ އަށަ ގެނުމަށް ޓަކައި ގާނޫނު ހަދާ މަޖިލީސް ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގައި އިސްލާމީ ޝަރީއަތުގެ އެޑްވައިޒަރެއް ހުންނަވަން ވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމް ދީނާ ޚިލާފަށް އުޅޭ ކަމުގެ ތުހުމަތު މީހަކުގެ މައްޗަށް ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހިސާބުން އިސްލާމީ ޝަރީއަތުގެ ކަންކަން މަޖިލީހުގައި ބޮއްސުން ލައިގެންދާ ކަމުގެ އަޑުތައް އަނެއްކާ ވެސް ގަދަވިއެވެ.
ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލަށް އިލްމުވެރިންނާއި އާންމު ރައްޔިތުންގެ ބޮޑެތި ފާޑުކިއުންތައް ވެސް ވަނީ އަމާޒުވެފައެވެ.
މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލާން ތައުލީމީ ގޮތުން އަދި ތަޖުރިބާގެ ގޮތުން ވެސް ވަކި ޚާއްސަ ޝަރުތުތަކެއް ނޯވެއެވެ. ޑިމޮކްރަސީއަށް އަމަލު ކުރާ ގައުމުތަކުގައި އާންމުކޮށް އޭގެ އުސޫލެއް ވެސް ނޯވެއެވެ.
އޭގެ ބަދަލުގައި އޮންނާނީ ތައުލީމީ ތަޖުރިބާ ހުރި މުވައްޒަފުން ރަނގަޅު މުސާރަތަކުގައި މަޖިލީހަށް އައްޔަން ކުރުމެވެ. ގާނޫނީ އޮނިގަނޑުތައް އެކުލަވާލާނީ މަޖިލީހެއްގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންނެވެ. އޭގެ ތެރޭގައި ގާނޫނީ ދާއިރާގެ ބޭފުޅުން ވެސް ހިމެނޭއެވެ.
ރާއްޖޭގެ މަޖިލީހުގައި ވެސް އަމަލު ކުރަނީ ގާތްގަނޑަކަށް މި އުސޫލުންނެވެ. ގާނޫނީ ލަފާ ދިނުމަށް ޚާއްސަ އެޑްވައިޒަރަކު ވެސް ހުންނަވައެވެ. އެއީ ކައުންސިލަ ޖެނެރަލްއެވެ. އަމީންއާންމު ނޫނީ ސެކްރެޓަރީ ޖެނެރަލްއަކާއި ސާޖެންޓް އޮފް އާމްސް ވެސް ހުރެއެވެ.
ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 އިސްލާމީ ލީޑަރުންގެ ލިސްޓުގައި ހިމެނޭ ޝަހީމް ވެސް ގެންދަވަނީ ވޭތުވެދިޔަ މާޒީގައި ވެދިޔަ ގޮތެއް އަދި އަމަލު ކުރި ގޮތެއްގެ ވާހަކަ ބާއްވާފައި އިސްލާމީ ކަންކަން ހަރުދަނާ ކުރެވޭނެ ގޮތްތަކެއްގެ ޚިޔާލުގެ ވާހަކަ ދައްކަވަމުންނެވެ.
މި ގޮތުން ފުރަތަމަ ކަމަކަށް އިސްލާމީ ކަންކަމަށް ވަކި ޚާއްސަ މިނިވަން މުއައްސަސާއެއް އޮތުމުގެ ޚިޔާލު ފޭސްބުކަށް ޝަހީމް ދޫކޮށްލެއްވިއެވެ. އެއީ މިހާރު ވެސް ގާނޫނީ ޝަޚްސެއްގެ ގޮތުގައި އެކުލަވާލާފައި އޮންނަ އެކުލެވުމެއް އޮންނަ މުއައްސަސާއެއްގެ ގޮތުގައި އޮންނަން އޭނާ ތާއީދު ކުރައްވައެވެ.
މި ޚިޔާލުތަކުގެ ތަފްސީލްތައް "ވަގުތު" އާ ޚިއްސާ ކުރައްވަމުން ޝަހީމް ވަނީ ރައްޔިތުންގެ މަޖިލީހުގައި ވެސް އިސްލާމީ ޝަރީއަތުގެ ކަންކަން ސާފުކޮށް ލަފާ ދޭނެ އަދި އިރުޝާދު ދެއްވާނެ ކޮމިޓީއެއް އޮންނަން ޖެހޭ ކަން ފާހަގަކުރައްވައިފައެވެ.
ޝަހީމް ވިދާޅުވީ، ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގައި އިސްލާމީ ޝަރީއަތާ ވަރަށް ގުޅުން ހުރި ކަންކަން ހިމެނިފައި އޮތް އިރު، ޖުޑިޝަރީ ކޮމިޓީގައި ބިލު ދިރާސާކޮށް ނިންމައި އެކުލަވާލި ރިޕޯޓް އޮތީ ކުރިން އޮތް ހާލަތަށް ވުރެ ވެސް ގޯސްކޮށް ކަމަށެވެ.
އެއް ކަމަކަށް ޝަހީމް ވެސް ފާހަގަކުރެއްވީ ދީނީ އިލްމުވެރިންނާއި އިސްލާމިކް މިނިސްޓަރު ވެސް ސީދާ މަޖިލީހަށް ހާޒިރުކޮށްގެން މި ބިލަށް ޚިޔާލު ނުހޯދުމުން ދިމާވި މައްސަލައެއް ކަން ކަމެވެ.
އިތުރު ކަމަކަށް ޝަހީމް ފާހަގަކުރައްވަނީ މަޖިލީހުގައި ވެސް މިފަދަ ޚާއްސަ ގުނަވަނެއް އޮތުމުގެ މުހިއްމު ކަން ވެސް އޮތް ކަމުގައެވެ. އިސްލާމީ ޝަރީއަތާ ޚިލާފަށް އެއްވެސް ގާނޫނެއް އެކުލަވާލެވިދާނެ ކަމުގެ ހިރާސް ނެތިގެންދާނީ ކޮމިޓީއެއް ނޫނީ ޚާއްސަ އެޑްވައިޒަރެއް ހުރެގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"އިސްލާމީ ޝަރީއަތާ ޚިލާފަށް އެއްވެސް ގާނޫނެއް ނުހެދޭ ކަން ނޫނީ އެކުލަވާ ނުލެވޭ ކަން ކަށަވަރު ކުރާން ޖެހޭނެ. ކައުންސިލަ ޖެނެރަލްއެއް ހުރޭ ދެއްތޯ މަޖިލީހުގަ މިހާރު ވެސް، މި ކަމަށް ވެސް އެޑްވައިޒަރަކު ހުންނަން އެބަ ޖެހޭ،" ޝަހީމް ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމިކް މިނިސްޓްރީ އުފެއްދިއިރު ޝަހީމަކީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ. ފަހުން ކުރީގެ ރައީސް މުހައްމަދު ވަހީދުއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފައިވެއެވެ.
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މުޝްރިފް މުސާޢިދު ކަމާއި، ވިލާކޮލެޖްގެ ފެކަލްޓީއޮފް ޝަރީޢާގެ (ފައުންޑިން) ޑީންކަމާއި، އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ކަމާއި، ޗާންސެލަރުގެ މަގާމު ވެސް ޝަހީމް ފުރުއްވިއެވެ.
އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރު ކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަން ވެސް ޝަހީމް ކުރައްވާފައިވެއެވެ.
ބައިނަލްއަޤުވާމީ ތަޢުލީމީ އަދި އިސްލާމީ އެކި އެކި މުއައްސަސާތަކުގެ ތައުސީސީ މެމްބަރުކަމާއި، ރާއްޖޭގެ ފިޤުހު އެކަޑަމީއާއި މަނިޓަރީ އޮތޯރިޓީގެ ޝަރީޢާ ބޯޑުގެ މެންބަރުކަން ވެސް ޝަހީމް ކުރެއްވެވިއެވެ.
ވަރަށް ފުރިހަމަ ވާހަކައެއް ތިވިދާޅުވީ.
ދީނީއި ރުޝާދުދިނުމަށް މުހަންމަދު ނަޝީދު އެހު ރީހޮވާފަ ..
ނުޖެހޭ ހުންނާކަށް. ކަލޭމެންގެ އަންބޮޑި ބޮޑުކު ރަން ދައްކާ ވާހަކަތީ
ވޯޓުން މަޖިލީހަށް ނުހޮވުނީމަ ތިއުޅެނީ ގާނޫނުން އެތަނަށް ފާވެގަންނަން. ކަލޭމެން މަޖިލީހަށް ރައްޔިތުން ނުހޮވީ ސަބަބަކާހު ރެކަން އެނގެންވެއްޖެ
ވަރައް ތާއީދު ތިކަމައް.
ރަނގަޅު ކަމެއް އެހެނަސް އެމީހަކީ ދީން ރަނގަޅަށް ދަންނަމީހަކަށް ވާންޖެހޭ. ފިލާވަޅުގެ އެއްބައި ދަސްކޮށްގެން އަގައޮތީތީ ވާހަކަ ދައްކަމުން ދުވާ މީހަކު ކަމުގައި ވެގެން ނުވާނެ.
ކަލޯ ރައްޔިތުންގެ ތާއީދު އާ އެކު މަޖްލީހަށް އިންތިހާބު ވެވަޑައިގެން ދިވެހިންގެ ހައްގު ގައި ބަސް ބުނަން ނުކުން ނަން ވީނު. މަމެން ވޯޓް ގޯނިން އޮއްސާ ކަލޯ މަޖްލީހުގައި ރެދަލި ކު ރާނޫ
ހަމަ އެހެންމެ ބޮން އަކުވާ ފެނުގެ މީ ރު ވާހަކަ ދައްކާނެ މީހަކުވެސް ހުންނަން ޖެހޭ
ވަރަށް ބޮޑު ތެދުފުޅެއް. އެފަދަ ބޭފުޅެއްހުންނަވަންވީތާ ކިތަންމެދުވަހެއް. މިހާރަކަށް އައިސް ތެދުވާހަކަ އެއް ނުވަތަރަގަޅު ޚިޔާލެއް ޢިލްމީ ބޭފުޅަކު ހާމަ ކޮށްލެއްވިޔަސް ބައެއްމީހުންގެ އަޚްލާޤީ ފެންވަރު ރަގަޅަށް އެގިގެންދެއެވެ. ހިތަށްއަރާހާ އެއްޗެއް ތެދެއް ދޮގެއް ބެލުމެއްނެތި މީހުންނަށް މަލާމާތްކޮށް ފުރައްސާރަކޮށް ހެދުމަކީއެކަންކުރާބަޔަކު ވަރަށް ހިތްހަމަ ޖެހޭކަމެއްކަން ފާހަގަކުރެވޭ.
ޑރ ޝަހީމު ޑރ މުޙައްމަދު ރަޝީދު އިބްރާހީމްގެ ދައުރަކީ އިސްލާމީ ވަންތަ ކަމާއެކު އިސްލާމީ ޚިޔާލު ރާއްޖޭގަ ހިންގެވި ރަންދައުރު. މިހާރުގެ މިނިސްޓަރަކީ ފިނޑި އެއް.ދީލާލާ ބޭފުޅެއް.ގާނޫނުން މަތި ކުރި އަމާނާތް އަދާ ކުރުމަށްވެސް ނުކުޅެދޭ ބޭފުޅެއް.އެހެންވީމާ ތިފަދަ މޮޅު ޚިޔާލުވެސް ބަލައި ނުގަންނާނެ.
ޑރ. ޝަހީމް ތި ވިދާޅުވީވަރަށް ބޮޑު ތެދުފުޅެއް. ޢެކަމަކު މިހާރު ބައެއްމީހުންގެ ގޮތަކީ ދީނީ ޢިލްމް ވެރިއެއް ނުވަތަ ހެޔޮލަފާ ދުވަސްވީ ތަޖުރިބާކާރު ބޭފުޅަކުވިޔަސް ދެއްވާ ނަސޭހަތެއް ޤަބޫލު ކުރުމަކީ ވަރަށް ދެރަވަރު ކަމެއް ކަމަށް. ޢަޑުއަހާ ޤަބޫލު ކުރުމުގެ ބަދަލުގަ ހިތަށް އެރިހާ ދޮގު ވާހަކަތައް ފަތުރާ އެބޭފުޅެއްގެ މައިން ބަފައިންނާ ޢާއިލާ އާއިބެހިއަބުރު ކަތިލުމަށް ޝޯޝަލް މީޑިޔާގެ ހުރިހާ ވަސީލަތެއް ބޭނުންކޮށް މިބާވަތުގެ ކަންކަން ކުރުން. މިހާރު މިއީ މީގެ ދުވަސް ތަކެއް