މާލޭގައި ހުންނަ ޝީޝާގެ ޝޯރޫމްގައި އަލިފާން ރޯވެއްޖެއެވެ.

އަލިފާން ރޯވެފައި ވަނީ ގަލޮޅު ނިރޮޅުމަގުގައި ހުންނަ ޝީޝާ އިން ސައިކަލް އިންސްޓޯލްމެންޓަށް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާ އޮފީހެއްގައެވެ. "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.

ރޯވި އަލިފާން ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލާފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެ ހާދިސާގައި ރޯވެފައި ވަނީ ޝޯ ރޫމްގެ ކަރަންޓު ބޯޑެއްގައި ކަމަށެވެ. އެ ކަރަންޓު ބޯޑުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައި ވަނީ ޝޯރޫމްގެ މުވައްޒަފުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިހާދިސާ ހިނގާފައި ވަނީ މިއަދު 12 ޖަހާކަން ހާއިރުއެވެ.

އަލިފާނުގެ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.