އޭޑީކޭ ހޮސްޕިޓަލް ކައިރީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިއީ މިއަދު މާލޭގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ.

މީގެ ކުރިން މިއަދު މާލޭގައި ހުންނަ ޝީޝާގެ ޝޯރޫމްގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީހ. ސަނަތު ކިޔާ ގެއެއްގައި ކަމަށެވެ. އަދި އެގޭގައި ރޯވެފައި ވަނީ ގޭސްފުޅިން ލީކްވެފައި ހުއްޓާ އަލިފާން ރޯކޮށްގެން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، އެގޭގައި ރޯވި އަލިފާންގަނޑު ސިފައިން ދިއުމުގެ ކުރިން ނިއްވާލާފައިވާ ކަމަށެވެ.

އަދި ފަޔާ ޓީމުން އިތުރަށް ބަލަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހައްލު ބޭނުން

    ގޭސް ވިއްކާ މީހުންވެސް ދަބަރަށްގޮސް ހުސްވެފައި ހުންނަ ފުޅި ވިއްކާތަން ފެނޭ. ގޭސް ފުޅިތައް ރަނގަޅަށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ބޭނުންވޭ. ސަރުކާރުތަކުންވެސް މިކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ގަބޫލުކުރަން.